Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖެފްރީ އެޕްސްޓީން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެމެރިކާ ގެ ހައުސް އޯވަސައިޓް ކޮމިޓީން ޖެފްރީ އެޕްސްޓީން އާ ބާރުގަދަ މީހުންނާ އޮތް ގުޅުން ދައްކުވައިދޭ 100 އަށްވުރެ ގިނަ ފޮޓޯ ރިލީޒް ކޮށްފިއެވެ. ފޮޓޯތަކުގައި ރައީސް ޓްރަމްޕް، ކުރީގެ ރައީސް ކްލިންޓަން، ބިލް ގޭޓްސް އަދި ކުރީގެ ޕްރިންސް އެންޑްރޫ ހިމެނޭއިރު، ވައިޓް ހައުސް އިން މިއީ ޑިމޮކްރެޓުންގެ ހޯކްސް އެއް ކަމަށް ބުނެފައިވާއިރު، މި ފޮޓޯތަކަކީ 95،000 އަށްވުރެ ގިނަ ފޮޓޯތަކުގެ ތެރެއިން ބައެއް ކަމަށް ބުނެފައިވޭ.

ރާއްޖެ އެމްވީ | 13 ޑިސެމްބަރު 2025 | ހޮނިހިރު 09:37
ހުކުރު ދުވަހު އާންމުކުރި ތަސްވީރުތަކުގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭ

ހުކުރު ދުވަހު އާންމުކުރި ތަސްވީރުތަކުގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކުގެ ތެރޭގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިމެނޭ

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ މެންބަރުން ޖެފްރީ އެޕްސްޓީން އާ ގުޅުން ހުރި ދެ އާ ބެޗެއްގެ ފޮޓޯތައް ރިލީޒްކޮށްފި އެވެ.

މި އައު ފޮޓޯ ތަކާ އެކު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ސާބިތުވި އެޕްސްޓީން އާއި ބާރުގަދަ މީހުންނާ އޮތް ގުޅުމުގެ ތަފްސީލްތައް އިތުރަށް ވަނީ ހާމަވެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ކުރީގެ ޕްރިންސް އެންޑްރޫ އަދި ކުރީގެ ޓްރަމްޕްގެ މުޝީރު ސްޓީވް ބެނަން  ފޮޓޯތަކުގައި ފެންނަ މަޝްހޫރު ފަރާތްތަކުގެ ތެރޭގައި ހިމެނެ އެވެ. 

ހައުސް އޯވަސައިޓް ކޮމިޓީގެ މެންބަރުން ހުކުރު ދުވަހު ރިލީޒްކުރި 100 އެއްހާ ފޮޓޯ އަކީ އަމުރެއް ނެރެގެން ހޯދި 95،000 އަށްވުރެ ގިނަ ފޮޓޯތަކުގެ ތެރެއިން ބައެއް ކަމަށް ޑިމޮކްރެޓުން ބުނެފައިވެއެވެ.

އަނެއްކޮޅުން ގާނޫނު ހަދާ މަޖިލީހުން ފާސް ކުރި ބިލަކާ ގުޅިގެން ޖަސްޓިސް ޑިޕާޓްމަންޓުން އެޕްސްޓީން އާ ގުޅުންހުރި ހުރިހާ ލިޔުންތައް އާންމު ކުރުމަށް ދީފައިވާ ސުންގަޑި އަންނަ ހަފްތާ އަށް ހަމަވާނެ އެވެ.

ގާނޫނު ހަދާ މެންބަރުން ހުކުރު ދުވަހު ރިލީޒްކުރި ފުރަތަމަ ބެޗުގެ ފޮޓޯތަކުގައި އެޕްސްޓީން ގިނަ މަޝްހޫރު ފަރާތްތަކަކާ އެކު ފެންނަކަން ފާހަގަ ކުރެވޭއިރު، އޭގެ ތެރެއިން އަދި އެއްވެސް ފަރާތަކުން އަދި ފޮޓޯ ތަކާ ބެހޭ ގޮތުން ކޮމެންޓެއް ނުކުރެ އެވެ. އޭގެ ތެރެއިން ގިނަ ފަރާތަކަކުން އެޕްސްޓީން އާ ގުޅިގެން އެއްވެސް ކުށެއް ކޮށްފައިނުވާ ކަމަށް މީގެ ކުރިން ބުނެފައިވެ އެވެ.

ހުކުރު ދުވަހު ރިލީޒްކުރި ފޮޓޯތަކުގެ ތެރެއިން ތިން ފޮޓޯއެއްގައި އެމެރިކާގެ ރައީސް ޓްރަމްޕް ފެނިފައިވެ އެވެ. އެއް ފޮޓޯއެއްގައި މޫނު ނުފެންނަ ގޮތައް ހުރި އަންހެނަކާ އެކު ހުއްޓައި ހުރި މަންޒަރު ފެނިފައިވެ އެވެ.

އަނެއް ފޮޓޯއެއް ގައި ޓްރަމްޕް އެޕްސްޓީން އާ އެކު 1997 ވަނަ އަހަރު ނިއު ޔޯކްގައި ބޭއްވި ވިކްޓޯރިއާސް ސީކްރެޓް ޕާޓީއެއް ގައި މޮޑެލް އިންގްރިޑް ސެއިންހޭވް އާ ވާހަކަދައްކަން ހުރި މަންޒަރު ފެނިފައިވެއެވެ - މިއީ ކުރިންވެސް އާންމުވެފައިވާ ފޮޓޯއެކެވެ.

ތިން ވަނަ ފޮޓޯއެއް ގައި ޓްރަމްޕް ގިނަ އަންހެނުންތަކަކާ އެކު ހިނިތުންވެ ހުރި މަންޒަރު ފެނިފައިވާއިރު، އެ އަންހެނުންގެ މޫނުތައް ވެސް ވަނީ ފޮރުވާފަ އެވެ.

އިތުރު ފޮޓޯއެއް ގައި "ޓްރަމްޕް ކޮންޑަމް" ލިޔެފައިވާ ރަތް ޕެކެޓްތަކެއްގައި ރައީސް ގެ ފޮޓޯ ޖަހާފައި ހުއްޓާ ފެނެ އެވެ.

ވައިޓް ހައުސް އިން މިއީ، "ޑިމޮކްރެޓުންގެ ހޯކްސް" އެއް ކަމަށާއި މިއީ ރައީސް "ތަކުރާރުކޮށް ދޮގުކޮށްފައިވާ" ކަމެއް ކަމަށް ބުނެފައިވެ އެވެ. ޓްރަމްޕް އެތައް ފަހަރަކު ވިދާޅުވެފައި ވަނީ އެޕްސްޓީން ގެ މައްސަލަ އަކީ އޭނާގެ ވެރިކަމުގެ ކާމިޔާބީތަކުގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލުމަށް އޭނާ އާ ދެކޮޅު ފަރާތްތަކުން ރާވާފައިވާ ރޭވުމ

"ޓްރަމްޕް ކޮންޑަމް" ލިޔެފައިވާ ނިޝާން ޖެހި ރަތް ކުލައިގެ ޕެކެޓްތަކެއްގައި ޓްރަމްޕްގެ ތަސްވީރު ކުރަހާފައި
"ޓްރަމްޕް ކޮންޑަމް" ލިޔެފައިވާ ނިޝާން ޖެހި ރަތް ކުލައިގެ ޕެކެޓްތަކެއްގައި ޓްރަމްޕްގެ ތަސްވީރު ކުރަހާފައި

ހުކުރު ދުވަހުގެ ފައިލްތަކުގައި އެޕްސްޓީން ގެ ޕްރައިވެޓް ފޮޓޯތައް ވެސް ހިމެނޭއިރު، އޭގެ ތެރޭގައި އޭނާ ބާތުޓަބެއް ގައި އޮތް ފޮޓޯ އެއް ހިމެނެއެވެ. އަދި އެ ފޮޓޯތަކުގައި އޭނާ އެހެން ގިނަ މަޝްހޫރު މީހުންނާ އެކު ހުރި މަންޒަރުތައް ވެސް ފެނިފައިވާ އިރު، އޭގެ ތެރޭގައި ކުރީގެ ރައީސް ބިލް ކްލިންޓަން އަދި ޓެކްނޮލޮޖީ ބިލިއަނަރ ބިލް ގޭޓްސް ހިމެނެއެވެ.

ކްލިންޓަން ވަނީ އެޕްސްޓީން އާ ގުޅިގެން އެއްވެސް ކުށެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 2019 ވަނަ އަހަރު ކްލިންޓަން ގެ ތަރުޖަމާނަކު ބުނެފައިވަނީ އެޕްސްޓީން ގެ "ނުބައި ކުށްތަކާ ބެހޭ ގޮތުން އޭނާ އަށް އެއްވެސް އެއްޗެއް ނޭނގޭ" ކަމަށެވެ.

މަސްދަރު: ބީބީސީ

ޖެފްރީ އެޕްސްޓީންރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާޖިންސީ ގޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

ސަނީ އުމަރުގެ ވާހަކަ: ރައްޔިތުންނަށް ކަންބޮޑުވުމާއި ބިރުވެރިކަން ގެނުވާ އެތައް ވާހަކަ އެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު