Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑަކީ ވިސާއެއްގެ ގޮތުގައި ދޫކުރާ ކާޑެކެވެ. މި ކާޑަށް އެދޭ ފަރާތްތަކުން ފުރަތަމަ ކަމެއްގެ ގޮތުން 15،00 އެމެރިކާ ޑޮލަރުގެ ނޮން ރިފަންޑަބަލް ޕްރޮސެސިން ފީއެއް ދައްކަން ޖެހޭ. މި ފައިސާ އަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫން.

ޓްރަމްޕް ގޯލްޑް ކާޑަށް 15،000 ޑޮލަރުގެ ޕްރޮސެސިންގ ފީއާއި 1 މިލިއަން ޑޮލަރުގެ ހަދިޔާއެއް ދައްކަން ޖެހެއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ޑިސެމްބަރު 2025 | ބުރާސްފަތި 06:15
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގޯލްޑް ކާޑާ އެކު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ގޯލްޑް ކާޑާ އެކު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގޯލްޑް ކާޑާއި، ޓްރަމްޕް ކޯޕަރޭޓް ގޯލްޑް ކާޑު ތައާރަފު ކޮށްފި އެވެ.

އެމެރިކާގެ ސަރުކާރުން ބުދަ ދުވަހު ވަނީ މި ދެ ކާޑުގެ އިތުރުން، ޓްރަމްޕް ޕްލެޓިނަމް ކާޑެއް ވެސް އިއުލާން ކޮށްފަ އެވެ. ނަމަވެސް، އަދި އެ ކާޑު އާންމުކޮށް ނެރެފައި ނުވެ އެވެ.

ޓްރަމްޕްގެ ގޯލްޑް ކާޑަކީ ވިސާއެއްގެ ގޮތުގައި ދޫކުރާ ކާޑެކެވެ. މި ކާޑަށް އެދޭ ފަރާތްތަކުން ފުރަތަމަ ކަމެއްގެ ގޮތުން 15،00 އެމެރިކާ ޑޮލަރުގެ ނޮން ރިފަންޑަބަލް ޕްރޮސެސިން ފީއެއް ދައްކަން ޖެހެ އެވެ. މި ފައިސާ އަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.

އެޕްލިކޭޝަން ބަލައި ރިވިއު ކުރުމުގެ މަސައްކަތް ނިމުމުން، ކާޑަށް އެދޭ ފަރާތުން އެމެރިކާ އަށް "ވަރަށް ބޮޑު ފައިދާ ކުރާނެ" ކަމުގެ ހެކީގެ ގޮތުގައި އެއް މިލިއަން އެމެރިކާ ޑޮލަރުގެ ހަދިޔާއެއް ދައްކަން ޖެހޭ ކަމަށް ވަނީ ބުނެފަ އެވެ،

ޓްރަމްޕްކާޑު.ގޮވް ވެބްސައިޓުގައި ބުނާ ގޮތުން، ސްޓޭޓް ޑިޕާޓްމަންޓް އަށް އިތުރު ކުޑަ ފީ ތަކެއް ވެސް ދައްކަން ޖެހިދާނެ އެވެ. ނަމަވެސް، މި ފީތަކާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަ ކޮށްފައި ނުވެ އެވެ.

މީގެ އިތުރުން، ޓްރަމްޕް ކޯޕަރޭޓް ގޯލްޑް ކާޑަކީ ކުންފުނި ތަކަށް ލިބެން ހުންނަ ކާޑެކެވެ. މި ކާޑަށް ވެސް ކޮންމެ މުވައްޒަފަކު 15،000 އެމެރިކާގެ ޑޮލަރުގެ ޕްރޮސެސިން ފީއެއް ދައްކަން ޖެހޭނެ އެވެެ. ކުންފުނި ތަކަށް، އެއް ފަހަރާ އެތައް މުވައްޒަފުންނަށް ވެސް މި ކާޑަށް އެޕްލައި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ނަމަވެސް ވެޓިން އާއި ރިވުއު ނިމުމުން، ކޮންމެ އެޕްލިކަންޓަކަށް ދެ މިލިއަން އެމެރިކާ ޑޮލަރުގެ ހަދިޔާއެއް ދައްކަން ޖެހެ އެވެ.

ސަރުކާރުގެ ވެބްސައިޓުގައި ބުނާ ގޮތުން، ޓްރަމްޕް ކޯޕަރޭޓް ގޯލްޑް ކާޑުގެ ފައިދާ އަކީ ކޯޕަރޭޓް ސްޕޮންސަރުންނަށް އެއް މުވައްޒަފަކަށް ދޭ ސްޕޮންސާޝިޕް ހުއްޓާލައި، ކުރީގެ އެޕްލިކޭޝަންއާ ގުޅިފައިވާ ހަދިޔާގެ ކޮންޓްރިބިއުޝަން އައު އެއް މުވައްޒަފަކަށް ސްޕޮންސާ ކުރުމުގެ އަސާސްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށެވެ. އެގޮތުން އިތުރު ދެ މިލިއަން ޑޮލަރު ދެއްކުމެއް ނެތި އެކަން ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި ކާޑަށް އަހަރީ އެއް އިންސައްތައިގެ މެއިންޓެނެންސް ފީއެއް އަދި، ފަސް އިންސައްތައިގެ ޓްރާންސްފާ ފީއެއް ވެސް ނެގުމަށް ހިމަނާފައިވެ އެވެ. ޓްރާންސްފާ ފީގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް ހޯމް ލޭންޑް ސެކިއުރިޓީ އިން ހަދާ އައު ބެކްގްރައުންޑް ޗެކްގެ ޚަރަދު ހިމެނެ އެވެ.

މި ކާޑަށް އެދި ހުށަހަޅާ ފަރާތްތަކަކީ ޤާނޫނީ ގޮތުން ޕާމަނަންޓް ރެސިޑެންޓް ސްޓޭޓަސް އަަށް ޝަރުތު ހަމަވާ ފަރާތްތަކަށް ވާން ޖެހޭނެ އެވެ. އަދި އެމެރިކާ އަށް އެތެރެވެވޭ ފަރާތްތަކަށް ވާން ޖެހޭއިރު، ވިސާ ލިބެން ހުންނަ ފަރާތްތަކަށް ވެސް ވާން ޖެހޭނެ އެވެ. ވިސާ ލިބުމުގައި ބައެއް ޤައުމު ތަކުގެ

ފީ ތަކާއި، އެޕްލިކޭޝަންތައް ލިބުމަށް ފަހު، މުޅި ޕްރޮސެސް ނިންމާލަން ހަފުތާއެއްގެ މުއްދަތު ނަގާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. އެއާއެކު، އިތުރު ބައެއް ލިޔެ ކިޔުންތައް ވެސް ހުށަހަޅަން ޖެހިދާނެ ކަމަށް ބުނެފައިވެ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އެމެރިކާސްޓޭޓް ޑިޕާޓްމަންޓްޑޮނަލްޑް ޓްރަމްޕް

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު