Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ޓްރަމްޕްގެ މި ވާހަކަފުޅު ސިފަ ކުރައްވާފައި ވަނީ، އިޤްތިޞާދީ އެޖެންޑާ އާއި، އެޖެންޑާގެ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތުގެ ގޮތުގައި. ނަމަވެސް، ޓްރަމްޕްގެ ވާހަކަފުޅުގެ ބޮޑު ބައެއް ހޭދަ ކުރައްވާފައި ވަނީ ކުރީގެ ރައީސް ބައިޑަން، އަދި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ފާޑު ވިދާޅުވުމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2025 | ހުކުރު 08:55
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޤައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަނީ

އެމެރިކާ އާއި އެ ޤައުމުގެ ރައްޔިތުންނަށް އިޤްތިޞާދީ ގޮތުން "ބޫމް"އެއް އަންނާނެ ކަމަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގެ ކުރީގެ ރައީސް ޖޯ ބައިޑަން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޤައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އިޤްތިޞާދީ ބޫމްއެއް އެ ޤައުމަށް އަންނާނެ ކަމަށެވެ. އަދި މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެހާ ދަތި ތަކަކީ، ކުރީގެ ރައީސް ބައިޑަންގެ ވެރިކަމުގައި ކުރިމަތި ކޮށްފައިވާ ޙާލަތެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އެއާ އެކު ޓްރަމްޕް ވިދާޅުވީ، މީގެ އެގާރަ މަަސް ދުވަސް ކުރިން އޭނާ ހަވާލުވީ ބޮޑު "ހަޑި ގަނޑެއްގެ" ތެރޭގައި އޮތް ޤައުމަކާ ކަމަށާއި، ނަމަވެސް މިހާރު އެ ހަޑިތައް ސާފު ކޮށްފައިވާ ކަމަށެވެ. މިއީ ޓްރަމްޕްގެ ރިޔާސީ ދެ ވަނަ ދައުރުގެ ފުރަތަމަ އަހަރު ނިމެން ކައިރިވެފައި ވަނިކޮށް އޭނާ ދެއްކެވި ވާހަކަ އެކެވެ. 

ޓްރަމްޕްގެ ވާހަކަފުޅުގައި އޭނާ ވިދާޅުވީ ކާބޯ ތަަކެތީގެ އަގުތައް އަދި ގޭހުގެ އަގުތައް ވަރަށް ބާރަށް ދަށަށް ދާން ފަށާފައިވާ ކަމަށާއި، އެކަން މުޅިން އަދި ނުނިމޭ ކަމަށެވެ. އެހެން ނަމަވެސް، މިހާރު ވެސް އެކަމުގައި ވަރަށް ބޮޑު ކުރިއެރުން ތަކެއް ފެންނަމުން އަންނަ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެމެރިކާގައި ތަކެތީގެ އަގު ބޮޑުވުމާއި، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޙާލަތު ގޯސްވެފައި ވުމުގެ ސަބަބުން، އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވަނީ ނުތަނަވަސްކަން ބޮޑުވެފަ އެވެ. 

މީގެ އިތުރުން ޓްރަމްޕް ވަނީ ހައިރާން ކުރުވަނިވި ނިންމުމެއް ވެސް އިއުލާން ކުރައްބައިފަ އެވެ. އެގޮތުން ޓްރަމްޕް ވިދާޅުވީ ކްރިސްމަސްގެ ކުރިން، އެމެރިކާގެ 1.45 ސިފައިންނަށް ވޯރިއާ ޑިވިޑެންޓްގެ ގޮތުގައި 1776 އެމެރިކާ ޑޮލަރުގެ ބޯނަސް ޗެކެއް ދެއްވާނެ ކަމަށެވެ. މި ފައިސާ އަކީ އެމެރިކާ އިން ތައާރަފު ކޮށްފައިވާ ޓެރިފް އިން ލިބޭ އާމްދަނީ އިން ޚަރަދު ކުރާ ފައިސާ ކަމަށް ހާމަ ކޮށްފައިވެ އެވެ. 

އެމެރިކާގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، ކުރިއަށް އޮތް 2026 ވަނަ އަހަރު، މުޅި ދުނިޔެ ނުދެކޭ ފަދަ އިޤްތިޞާދީ ކުރިއެރުމެއް އެމެރިކާ އަށް ލިބޭނެ ކަމަށެވެ. ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، އަންނަ އަހަރަކީ އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ފީފާ ވަރލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ އަހަރެވެ. 

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ޓްރަމްޕްގެ މި ވާހަކަފުޅު ސިފަ ކުރައްވާފައި ވަނީ، އިޤްތިޞާދީ އެޖެންޑާ އާއި، އެޖެންޑާގެ ކަންކަން ހިއްސާ ކުރުމުގެ ފުރުސަތުގެ ގޮތުގަ އެވެ. ނަމަވެސް، ޓްރަމްޕްގެ ވާހަކަފުޅުގެ ބޮޑު ބައެއް ހޭދަ ކުރައްވާފައި ވަނީ ކުރީގެ ރައީސް ބައިޑަން، އަދި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ފާޑު ވިދާޅުވުމަށެވެ. ޓްރަމްޕް ވިދާޅުވީ ވަކި ބަޔަކު އެމެރިކާގެ ވަޒީފާ ތަކުން ވައްކަން ކޮށްފައިވާ ކަމަށެވެ. 

ޑިމޮކްރަޓިކް ޕާޓީގެ ސެނެޓަރު ޗަކް ޝުމާ ވިދާޅުވެފައި ވަނީ، ޓްރަމްޕްގެ ވާހަކަ އިން ސިފަ ވެގެން ދިޔައީ، އޭނާ އުޅުއްވަނީ އެހެން ޚިޔާލެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން އެމެރިކާގެ ރައްޔިތުން ކޮންމެ ދުވަހަކު ތަހަންމަލު ކުރަމުން އަންނަ ދަތިކަން، ރައީސް ޓްރަމްޕް އަށް އިޙުސާސް ނުކުރެވޭ ކަމަށް ޝުމާ ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ހަގީގަތަކީ ތަކެތީގެ އަގުތައް އުފުލެމުން އައުން ކަމަށާއި، މަސައްކަތް ނެތި ތިބެން ޖެހޭ ތިބުން ވެސް އިތުރުވެފައިވާ ކަމަށެވެ. 

އެމެރިކާގައި ނަގަމުން އަންނަ ޕޯލް ތަކުން ދައްކާ ގޮތުގައި ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވަނީ ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލައިގަ އެވެ. މާހިރުން ބުނާ ގޮތުގައި މިއީ، ވިޔަފާރި ކުރާ ޤައުމުތަކާ ދެކޮޅަށް ރައީސް ޓްރަމްޕް އަޅުއްވާފައިވާ ޓެރިފް ތަކުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަ އެކެވެ. ބުދަ އާންމު ކޮށްފައިވާ ޕީބީއެސް ނިއުސްގެ ސާވޭ އިން ދައްކާ ގޮތުގައި، ޓްރަމްޕްގެ އިޤްތިޞާދީ ފިޔަވަޅުތަކާ މެދު އެމެރިކާގެ 57 އިންސައްތަ ރައްޔިތުން ނުރުހެ އެވެ. 

މީގެ އިތުރުން ޔޫވޮގްް އިން އަންގާރަ ދުވަހު އާންމު ކޮށްފައިވާ ސާވޭ އަކުން ދައްކާ ގޮތުގައި، ޓްރަމްޕްގެ ދައުރުގައި އެމެރިކާގެ އިޤްތިޞާދު ގޯސްވަމުން އަންނަ ކަމަށް 52 އިންސައްތަ ރައްޔިތުން ޤަބޫލު ކުރެ އެވެ. މިއީ އަންނަ އަހަރު އޮންނަ މިޑް ޓަރމް އިންތިޚާބަށް ބަލާއިރު، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީ އަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމަކަށް ވާނެ ކަމަށް މާހިރުން ލަފާ ކޮށްފައިވެ އެވެ.

މަސްދަރު: އޭއެފްޕީ

ރައީސް ޑޮނަލްޑް ޓްރަމްޕްޖޯ ބައިޑަންއެމެރިކާޗަކް ޝުމާޑިމޮކްރެޓިކް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި

ސީރިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އެމެރިކާގެ ކޮންގްރެސް އިން ދާއިމީ ގޮތެއްގައި އުވާލަން ނިންމައިފި

18 ޑިސެމްބަރު 2025
ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

ޗައިނާ އިން ވެނެޒުއެލާ އަށް ތާއީދު ކުރާކަން ހާމަކޮށް އެމެރިކާގެ "ބުލީ ކުރުން" ކުށްވެރިކޮށްފި

18 ޑިސެމްބަރު 2025
ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

ވެނެޒުއޭލާ އިން ވަނީ އެމެރިކާގެ ތެލާއި، ބިމާއި ވަސީލަތްތައް ވަގަށް ނަގާފައި، އަނބުރާ އެތަކެތި ލިބެންދެން އަސްކަރީ ހަރަކާތްތައް ކުރިއަށް ދާނެ: ޓްރަމްޕް

18 ޑިސެމްބަރު 2025
ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

ޔުކްރެއިންގެ ރައްކާތެރިކަން ޔަޤީން ކުރަން ޖެހޭ: ފްރާންސް

17 ޑިސެމްބަރު 2025
އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

އިނގިރޭސިވިލާތާ އެކު ސޮއި ކޮށްފައި އޮތް ޓެކްނޮލޮޖީގެ އެއްބަސްވުން އެމެރިކާ އިން ވަގުތީ ގޮތުން ހުއްޓާލައިފި

17 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު