Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެރިކްސަން ބްރެންޓްފޯޑާ ގުޅުން

މެޑިކަލް ޓެސްޓުތަކުން ފާސްވެ އެރިކްސަން ބްރެންޓްފޯޑަށް

އެރިކްސަން ބްރެންޓްފޯޑާ ގުޅުނީ ޚާއްސަ މެޑިކަލް ޓެސްޓުތަކެއް ހެދުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 31 ޖެނުއަރީ 2022 | ހޯމަ 15:07
ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

އިނގިރޭސި ޕްރިމިއާ ލީގުން އެންގި ޚާއްސަ މެޑިކަލް ޓެސްޓުތަކުން ފާސްވެ ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ބްރެންޓްފޯޑަށް ސޮއިކޮށްފިއެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އުމުރުން 29 އަހަރުގެ އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. އެއާއެކު ދަނޑު މަތީގައި އެތައް އިރެއް ވަންދެން އެރިކްސަނަށް ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ.

އެ އޮޕަރޭޝަނަކީ އެރިކްސަނުގެ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ލެއްވުމަށް ކުރި އޮޕަރޭޝަނެކެވެ. އެކަމަކު އައިސީޑީ ލައްވައިގެން ހުރެ އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދި ނަމަވެސް، މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެ އިންޓަ މިލާނުން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ބައެއްގެ މަޝްވަރާގެ މަތިން އެރިކްސަންގެ އެއްބަސްވުން އިންޓައިން މީގެ ކުރިން ވަނީ އުވާލާފައެވެ.

އެކަމަކު މީގެ ކުރިން އެރިކްސަން ވަނީ ޕްރޮފެޝަަނަލް ފުޓްބޯޅައިން ކުރިއަށްދާން ނިންމައި، އައިސީޑީ ލައްވައިގެން ފަރިތަކުރަން ފަށާފައެވެ. އެގޮތުން މީގެ ކުރިން އޭނާ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ޒުވާން އުމުރު އޭނާ އެންމެ ފުރަތަމަ ކުޅުނު ކުލަބު ކަމަށްވާ ޑެންމާކުގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ) އިންނެވެ. އަދި މި ފަހުން އެރިކްސަން ވަނީ އޭނާ ސީނިއާ ކެރިއަރު ފެށި ކުލަބު ކަމަށްވާ އަޔަކްސްގެ ފަރިތަކުރުންތަކުގައިވެސް ބައިވެރިވެފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ބްރެންޓްފޯޑުން އެރިކްސަނުގެ ސޮއި ހޯދިއިރު، އޭނާ އެ ޓީމާ ގުޅިފައިވަނީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި މިއްދަތުގެ ތެރޭގައި އެރިކްސަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެނަމަ، އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ހަ މަސް ދުވަހުގެ މުއްދަތަކަށް އެރިކްސަން ބްރެންޓްފޯޑާ ގުޅުނުއިރު، އެ ޑީލް ނިމުނީ އެރިކްސަނަށް އިނގިރޭސި ޕްރިމިއާ ލީގުން އެންގި ޚާއްސަ މެޑިކަލް ޓެސްޓުތަކެއް ފުރިހަމަކުރުމަށްފަހުއެވެ.

މި ސީޒަނުގެ ނިޔަލަށް އެރިކްސަން ބްރެންޓްފޯޑާ ގުޅުނުއިރު، އޭނާ އެންމެ ފުރަތަމަ ވިދާލާފައިވަނީ އިނގިރޭސި ކުލަބު ޓޮޓެންހަމް ހޮޓްސްޕާއިންނެވެ. ޓޮޓެންހަމް ދޫކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 16.9 މިލިޔަން ޕައުންޑަށް އެރިކްސަން އިންޓައަށް ބަދަލުވި ނަމަވެސް، އެ ޓީމުގައި އެރިކްސަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ކްރިސްޓިއަން އެރިކްސަން

އިތުރަށް ކިޔާލަން

08 އެޕްރީލު 2023

ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް

08 އެޕްރީލު 2023
ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް
08 ނޮވެމްބަރު 2022

އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!

08 ނޮވެމްބަރު 2022
އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!
16 ޖުލައި 2022

ހިލޭ ޓްރާންސްފާއެއްގައި އެރިކްސަން ޔުނައިޓެޑަށް ބަދަލުވެއްޖެ

16 ޖުލައި 2022
ހިލޭ ޓްރާންސްފާއެއްގައި އެރިކްސަން ޔުނައިޓެޑަށް ބަދަލުވެއްޖެ
16 ޖުލައި 2022

މެންޗެސްޓަރ ޔުނައިޓެޑްއަކީ ކެރިއަރު ކުރިއަށްގެންދަން އެންމެ ރަނގަޅުތަން- އެރިކްސަން

16 ޖުލައި 2022
މެންޗެސްޓަރ ޔުނައިޓެޑްއަކީ ކެރިއަރު ކުރިއަށްގެންދަން އެންމެ ރަނގަޅުތަން- އެރިކްސަން
04 ޖުލައި 2022

އެރިކްސަން ޔުނައިޓެޑަށް

04 ޖުލައި 2022
އެރިކްސަން ޔުނައިޓެޑަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު