Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެރިކްސަން ފަރިތަކުރުންތަކަށް ނުކުތުން

އެރިކްސަން އަޔަކްސްގެ ފަރިތަކުރުންތަކަށް

26 ޖެނުއަރީ 2022 | ބުދަ 15:07

އެރިކްސަންގެ އެއްބަސްވުން އިންޓައިން ވަނީ އުވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 26 ޖެނުއަރީ 2022 | ބުދަ 15:07
އަޔަކްސްގެ ފަރިތަކުރުންތަކުގެ ތެރެއިން ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

އަޔަކްސްގެ ފަރިތަކުރުންތަކުގެ ތެރެއިން ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

ކުލަބަކާ ގުޅެންދެން ފިޓްނަސް ރަނގަޅު ފެންވަރެއްގައި ބެހެއްޓުމުގެ ބޭނުމުގައި ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އޭނާގެ ކުރީގެ ޓީމު އަޔަކްސްގެ ފަރިތަކުރުންތަކަށް ނުކުމެއްޖެއެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އުމުރުން 29 އަހަރުގެ އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. އެއާއެކު ދަނޑު މަތީގައި އެތައް އިރެއް ވަންދެން އެރިކްސަނަށް ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ. އެ އޮޕަރޭޝަނަކީ އެރިކްސަނުގެ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ލެއްވުމަށް ކުރި އޮޕަރޭޝަނެކެވެ.

އެކަމަކު އައިސީޑީ ލައްވައިގެން ހުރެ އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދި ނަމަވެސް، މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެ އިންޓައިން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ބައެއްގެ މަޝްވަރާގެ މަތިން އެރިކްސަންގެ އެއްބަސްވުން އިންޓައިން މިހާރު ވަނީ އުވާލާފައެވެ.

ޕްރޮފެޝަަނަލް ފުޓްބޯޅައިން ކުރިއަށްދާން ނިންމައި އެރިކްސަން މީގެ ކުރިން ވަނީ ޒުވާން އުމުރު އޭނާ އެންމެ ފުރަތަމަ ކުޅުނު ކުލަބު ކަމަށްވާ ޑެންމާކުގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ) ގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އަދި ދާދި ފަހުން އެރިކްސަން ވަނީ އޭނާ ސީނިއާ ކެރިއަރު ފެށި ކުލަބު ކަމަށްވާ އަޔަކްސްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ.

ޕްރޮފެޝަަނަލް ފުޓްބޯޅައިން ކުރިއަށްދާން އެރިކްސަން ނިންމާފައިވާއިރު، އަޔަކްސްއާ ގުޅެން އޭނާ ބޭނުންވާ ކަމަށް މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެކަމަކު އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އެރިކްސަން ހޯދަން އިނގިރޭސި ކުލަބު ބްރެންޓްފޯޑުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ބްރެންޓްފޯޑުން އެރިކްސަނަށް ހަ މަސް ދުވަހުގެ އެއްބަސްވުމެއް ހުށަހަޅާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އެރިކްސަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެނަމަ، އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެރިކްސަން ހޯދަން ބްރެންޓްފޯޑުން މަސައްކަތްކުރަމުން އަންނައިރު، އޭނާ ވިދާލާފައިވަނީ އިނގިރޭސި ކުލަބު ޓޮޓެންހަމް ހޮޓްސްޕާއިންނެވެ. ޓޮޓެންހަމް ދޫކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 16.9 މިލިޔަން ޕައުންޑަށް އެރިކްސަން އިންޓައަށް ބަދަލުވި ނަމަވެސް، އެ ޓީމުގައި އެރިކްސަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ކްރިސްޓިއަން އެރިކްސަން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

08 އެޕްރީލު 2023

ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް

08 އެޕްރީލު 2023
ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް
08 ނޮވެމްބަރު 2022

އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!

08 ނޮވެމްބަރު 2022
އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!
16 ޖުލައި 2022

ހިލޭ ޓްރާންސްފާއެއްގައި އެރިކްސަން ޔުނައިޓެޑަށް ބަދަލުވެއްޖެ

16 ޖުލައި 2022
ހިލޭ ޓްރާންސްފާއެއްގައި އެރިކްސަން ޔުނައިޓެޑަށް ބަދަލުވެއްޖެ
16 ޖުލައި 2022

މެންޗެސްޓަރ ޔުނައިޓެޑްއަކީ ކެރިއަރު ކުރިއަށްގެންދަން އެންމެ ރަނގަޅުތަން- އެރިކްސަން

16 ޖުލައި 2022
މެންޗެސްޓަރ ޔުނައިޓެޑްއަކީ ކެރިއަރު ކުރިއަށްގެންދަން އެންމެ ރަނގަޅުތަން- އެރިކްސަން
04 ޖުލައި 2022

އެރިކްސަން ޔުނައިޓެޑަށް

04 ޖުލައި 2022
އެރިކްސަން ޔުނައިޓެޑަށް
13 ޖޫން 2022

ކުލަބުގައި މަޑުކުރުމަށް އެދި ބްރެންޓްފޯޑުގެ ހުށައެޅުމެއް އެރިކްސަންއަށް

13 ޖޫން 2022
ކުލަބުގައި މަޑުކުރުމަށް އެދި ބްރެންޓްފޯޑުގެ ހުށައެޅުމެއް އެރިކްސަންއަށް
02 އެޕްރީލު 2022

ބްރެންޓްފޯޑްގެ ކޯޗު ބޭނުންވަނީ އެރިކްސަން ކްލަބްގައި ބަހައްޓަން!

02 އެޕްރީލު 2022
ބްރެންޓްފޯޑްގެ ކޯޗު ބޭނުންވަނީ އެރިކްސަން ކްލަބްގައި ބަހައްޓަން!
27 މާރިޗު 2022

ޑެންމާކް ބަލި، އެކަމަކު އެރިކްސަންގެ އެނބުރި އައުން އުފާވެރި!

27 މާރިޗު 2022
ޑެންމާކް ބަލި، އެކަމަކު އެރިކްސަންގެ އެނބުރި އައުން އުފާވެރި!
31 ޖެނުއަރީ 2022

މެޑިކަލް ޓެސްޓުތަކުން ފާސްވެ އެރިކްސަން ބްރެންޓްފޯޑަށް

31 ޖެނުއަރީ 2022
މެޑިކަލް ޓެސްޓުތަކުން ފާސްވެ އެރިކްސަން ބްރެންޓްފޯޑަށް
17 ޖެނުއަރީ 2022

އެރިކްސަން ހޯދަން ބްރެންޓްފޯޑުން މަސައްކަތްކުރަނީ

17 ޖެނުއަރީ 2022
އެރިކްސަން ހޯދަން ބްރެންޓްފޯޑުން މަސައްކަތްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް