Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެރިކްސަންގެ ކުރިމަގު

ހިލޭ ޓްރާންސްފާއެއްގައި އެރިކްސަން ޔުނައިޓެޑަށް ބަދަލުވެއްޖެ

އެރިކްސަން ޔުނައިޓެޑަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖުލައި 2022 | ހޮނިހިރު 03:46
ކްރިސްޓިއަން އެރިކްސަން

ކްރިސްޓިއަން އެރިކްސަން

ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

އޭނާ ޔުނައިޓެޑަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގައެވެ. އެ ޓީމާ އޭނާ ގުޅުނީ އެންމެ ފަހުން ކުޅުނު ކުލަބް ބްރެންޓްފޯޑް އާއިއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުންނެވެ.

އެރިކްސަން ޔުނައިޓެޑަށް ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ޓީމުގައި މަޑުކުރާނެއެވެ. މީގެ ކުރިން އެރިކްސަން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފުޓުބޯޅަ ކުޅުމާއި ދުރުގައި ހުރެފައެވެ. އެއީ އެންމެ ފަހުން އޮތް ޔޫރޯ މުބާރާތުގައި ޑެންމާކު ކުޅުނު ފުރަތަމަ މެޗުގައި ހިތް ހުއްޓިގެން ދަނޑުން ބާލަން ޖެހިގެންނެވެ.

ޔުނައިޓެޑަށް ބަދަލުވުމަށްފަހު އެރިކްސަން ބުނީ، ޔުނައިޓެޑުގައި ކުޅެން ފަށަން އޭނާ ކެތް މަދުވެފައި ހުރި ކަމަށާއި، އެ ޓީމަކީ ޚާއްސަ ޓީމެއް ކަމަށެވެ. މީގެ އިތުރުން އެރިކްސަން ބުނީ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގަކީ މޮޅު ކޯޗެއް ކަމަށެވެ. އަދި ޓެން ހާގާ ވާހަކަ ދެއްކިކަން ފާހަގަކޮށް އެރިކްސަން ބުނީ ކުރިމަގުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަން ބޭނުންވާކަމަށެވެ.

އެރިކްސަން އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ އަޔެކްސް އިން 2010 ވަނަ އަހަރުއެވެ. އެ ޓީމަށް ތިން އަހަރު ކުޅެދިނުމަށްފަހު، 2013 ވަނަ އަހަރު އޭނާ ބަދަލުވީ ޓޮޓެންހަމް އަށެވެ. ޓޮޓެންހަމްއަށް 305 މެޗު ކުޅެދީ، 69 ލަނޑު ޖަހައިދިނުމަށްފަހު 2019 ވަނަ އަހަރު އޭނާ ބަދަލުވީ އިންޓަރ މިލާން އަށެވެ. އިންޓަރ މިލާނުގައި ދެ އަހަރު ހޭދަކުރުމަށްފަހު އެންމެ ފަހުން ކުޅުނު ބްރެންޓްފޯޑަށް ބަދަލުވީ 2022 ވަނަ އަހަރުއެވެ.

އެރިކްސަން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ޑެންމާކުގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އެގޮތުން މިހާތަށް ޤައުމީ ޓީމަށް ކުޅެދިން 115 މެޗުގައި އޭނާ ވަނީ 38 ލަނޑު ޖަހާފައެވެ.

ކްރިސްޓިއަން އެރިކްސަންމެންޗެސްޓަރ ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު