Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެރިކްސަން ހޯދަން މަސައްކަތްކުރުން

އެރިކްސަން ހޯދަން ބްރެންޓްފޯޑުން މަސައްކަތްކުރަނީ

ބްރެންޓްފޯޑުން ހުށަހަޅާފައިވަނީ ހަ މަސް ދުވަހުގެ އެއްބަސްވުމެއް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ޖެނުއަރީ 2022 | ހޯމަ 21:27
ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

އިންޓަ މިލާނަށް މީގެ ކުރިން ކުޅުނު ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޯދަން އިނގިރޭސި ކުލަބު ބްރެންޓްފޯޑުން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އުމުރުން 29 އަހަރުގެ އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. އެއާއެކު ދަނޑު މަތީގައި އެތައް އިރެއް ވަންދެން އެރިކްސަނަށް ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ.

އެ އޮޕަރޭޝަނަކީ އެރިކްސަނުގެ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) އެއް ލެއްވުމަށް ކުރި އޮޕަރޭޝަނެކެވެ. އެކަމަކު އައިސީޑީ ލައްވައިގެން ހުރެ އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދި ނަމަވެސް، މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެ އިންޓައިން ވަނީ ބުނެފައެވެ.

އެހެންކަމުން ހުރިހާ ބައެއްގެ މަޝްވަރާގެ މަތިން އެރިކްސަންގެ އެއްބަސްވުން އިންޓައިން މިހާރު ވަނީ އުވާލާފައެވެ. އަދި މީގެ ދެ މަހެއްހާ ދުވަސްކުރިން އެރިކްސަން ވަނީ ޕްރޮފެޝަަނަލް ފުޓްބޯޅައިން ކުރިއަށްދާން ނިންމައި، އައިސީޑީ ލައްވައިގެން ފަރިތަކުރަން ފަށާފައެވެ. އެގޮތުން މީގެ ކުރިން އޭނާ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ޒުވާން އުމުރު އޭނާ އެންމެ ފުރަތަމަ ކުޅުނު ކުލަބު ކަމަށްވާ ޑެންމާކުގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ) އިންނެވެ.

އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބްރެންޓްފޯޑުން މިހާރު ވަނީ އެރިކްސަނަށް ހަ މަސް ދުވަހުގެ އެއްބަސްވުމެއް ހުށަހަޅާފައެވެ. އަދި ހަ މަސް ދުވަހުގެ ތެރޭގައި އެރިކްސަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެނަމަ، އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އެރިކްސަން ހޯދަން ބްރެންޓްފޯޑުން މަސައްކަތްކުރަމުން އަންނައިރު، އޭނާ ވިދާލާފައިވަނީ އިނގިރޭސި ކުލަބު ޓޮޓެންހަމް ހޮޓްސްޕާއިންނެވެ. ޓޮޓެންހަމް ދޫކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 16.9 މިލިޔަން ޕައުންޑަށް އެރިކްސަން އިންޓައަށް ބަދަލުވި ނަމަވެސް، އެ ޓީމުގައި އެރިކްސަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

ކްރިސްޓިއަން އެރިކްސަން

އިތުރަށް ކިޔާލަން

08 އެޕްރީލު 2023

ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް

08 އެޕްރީލު 2023
ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް
08 ނޮވެމްބަރު 2022

އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!

08 ނޮވެމްބަރު 2022
އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!
16 ޖުލައި 2022

ހިލޭ ޓްރާންސްފާއެއްގައި އެރިކްސަން ޔުނައިޓެޑަށް ބަދަލުވެއްޖެ

16 ޖުލައި 2022
ހިލޭ ޓްރާންސްފާއެއްގައި އެރިކްސަން ޔުނައިޓެޑަށް ބަދަލުވެއްޖެ
16 ޖުލައި 2022

މެންޗެސްޓަރ ޔުނައިޓެޑްއަކީ ކެރިއަރު ކުރިއަށްގެންދަން އެންމެ ރަނގަޅުތަން- އެރިކްސަން

16 ޖުލައި 2022
މެންޗެސްޓަރ ޔުނައިޓެޑްއަކީ ކެރިއަރު ކުރިއަށްގެންދަން އެންމެ ރަނގަޅުތަން- އެރިކްސަން
04 ޖުލައި 2022

އެރިކްސަން ޔުނައިޓެޑަށް

04 ޖުލައި 2022
އެރިކްސަން ޔުނައިޓެޑަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު