Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް

8 އެޕްރީލު 2023 | ހޮނިހިރު 06:22

ފާއިތުވި މެޗުތަކުގައި މިޑްފީލްޑު ހަމަހަމަކޮށް ބޭއްވުމަށް ގިނަ ކަންކަން ކުރަން ޖެހުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އެޕްރީލު 2023 | ހޮނިހިރު 06:22
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ކަސެމީރޯ އާއި ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން އެނބުރި ޓީމާ ގުޅުމާއެކު އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗަށް މި ދެ ކުޅުންތެރިން ފިޓުވާނެ އެވެ. އެރިކްސަން ހުރީ މިދިޔަ ޖަނަވަރީ މަހު ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ކަސެމީރޯ ހުރީ ހަތަރު މެޗުގެ ސަސްޕެންޝަނުގަ އެވެ. ނަމަވެސް މިހާރު އެރިކްސަން އަނިޔާ އިން ރަނގަޅުވެފައިވާއިރު، ކަސެމީރޯ ހުރީ ސަސްޕެންޝަނުން ސަލާމަތްވެފަ އެވެ. އެވަޓަން މެޗުގެ ކުރިން ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، ވަރަށް ސާފުކޮށް ފެންނަން އޮތް ގޮތުގައި އެ ދެ ކުޅުންތެރިންނަކީ ޔުނައިޓެޑަށް ވަރަށް އަގު ހުރި ދެ ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ ޓީމުގެ މިޑްފީލްޑުގެ މުހިންމުކަން ކޮންމެ މީހަކަށް ވެސް އިނގޭނެ ކަމަށާއި، ފާއިތުވި މެޗުތަކުގައި މިޑްފީލްޑު ހަމަހަމަކޮށް ބޭއްވުމަށް ގިނަ ކަންކަން ކުރަން ޖެހުނު ކަމަށެވެ. ޓެން ހާގް ފާހަގަ ކުރި ގޮތުގައި ކަސެމީރޯ އާއި އެެރިކްސަން ނެތި އެއީ ކުރަން ޖެހުނު އުނދަގޫ ކަމެކެވެ.

މީގެ އިތުރުން އޭނާ ބުނީ ޔުނައިޓެޑު އޮތީ އެންމެ ރަނގަޅު ހިސާބުގައި ކަމަށާއި، މިހާރު މަސައްކަތް ކުރަނީ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިފެހެއްޓުމަށް ކަމަށެވެ. މީގެ އިތުރުން ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ވާދަކުރަން އޮތްއިރު، އެފްއޭ ކަޕްގެ ސެމީ ފައިނަލް މެޗު އޮތްކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އޭނާ ބުނީ ކުރިއަށް ހުރި މުހިންމު މެޗުތަކާއެކު މުހިންމު ދެ ކުޅުންތެރިން ޓީމާ ގުޅުމުން ހިތްހަމަޖެހުން އޮތް ކަމަށާއި، ދެން ޖެހޭނީ ނަތީޖާ ނެރެން ކަމަށެވެ. އިތުރަށް ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މިހާތަނަށް އައިއިރު ޔުނައިޓެޑަށް ކަޕް ކާމިޔާބު ކުރެވިއްޖެ ކަމަށާއި، ދެން އޮތް ދެ މުބާރާތް ކާމިޔާބުކޮށް، ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ހަދަން ބޭނުންވާ ކަމަށެވެ. އެކަން ހާސިލް ކުރުމަށް ބަލާއިރު، ޔުނައިޓެޑުގައި އޮތީ ވަރަށް ރަނގަޅު ސްކޮޑެއް ކަމަށާއި، ޓީމާއެކު ރަނގަޅު ހިސާބަކަށް ދިޔުމަށް އޭނާ ބޭނުންވާ ކަމަށް ވެސް ޓެން ހާގް ބުންޏެވެ.

ޕްރިމިއާ ލީގުގައި އެވަޓަންގެ ދަނޑުގައި ޔުނައިޓެޑުން އެ ޓީމާ ދެކޮޅަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ހަވީރު އެވެ.

މެންޗެސްޓަރ ޔުނައިޓެޑްކްރިސްޓިއަން އެރިކްސަންކަސެމީރޯއެރިކް ޓެން ހާގް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
21 އޮކްޓޯބަރު 2025

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު
20 އޮކްޓޯބަރު 2025

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި
18 އޮކްޓޯބަރު 2025

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް
09 އޮކްޓޯބަރު 2025

އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް

09 އޮކްޓޯބަރު 2025
އޯވާ ނައިޓަކުން ކަންކަމެއް ނުވާނެ، އަމޯރިމް އަށް ތިން އަހަރު ލިބޭނެ: ރެޓްކްލިފް
28 ސެޕްޓެމްބަރު 2025

ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް

28 ސެޕްޓެމްބަރު 2025
ބްރެންޓްފޯޑް އަތުން ބަލިވެ، ޔުނައިޓެޑުގެ ޙާލަތު ދަށަށް
15 ސެޕްޓެމްބަރު 2025

ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި

15 ސެޕްޓެމްބަރު 2025
ހާލަންޑުގެ ދެ ލަނޑާ އެކު، ސިޓީ އިން ޔުނައިޓެޑު ބަލިކޮށްފި
31 އޯގަސްޓު 2025

ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް

31 އޯގަސްޓު 2025
ފަހު ވަގުތު ޔުނައިޓެޑު މޮޅުވެއްޖެ، އަމޯރިމް އަށް ކުޑަ ހަމަ ޖެހުމެއް
08 އޯގަސްޓު 2025

މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ

08 އޯގަސްޓު 2025
މެގުއާގެ އެއްްބަސްވުން އައު ކުރަން ޔުނައިޓެޑުން މަޝްވަރާ ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް