Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް 2022

އެރިކްސަން ޑެންމާކާ އެކު ވޯލްޑް ކަޕަށް، ސްކޮޑްގައި ހިމެނޭ!

ޑެންމާކްގެ ފުރަތަމަ މެޗު މިމަހު 22 ގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 ނޮވެމްބަރު 2022 | އަންގާރަ 03:24
ޤަތަރު ވޯލްޑް ކަޕަށް ނެގި ޑެންމާކް ސްކޮޑް

ޤަތަރު ވޯލްޑް ކަޕަށް ނެގި ޑެންމާކް ސްކޮޑް

2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ހިތުގެ މައްސަލައެއް ކުރިމަތިވެ, ކުޅުމާ ވަކިވާން ޖެހުނު މިޑްފީލްޑަރ ކްރިސްޓިއަން އެރިކްސަން ޤަތަރު ވޯލްޑް ކަޕް ސްކޮޑްގައި ހިމަނައިފިއެވެ.

ފިންލޭންޑާ ދެކޮޅަށް ކުޅެނިކޮށް ހާޓް އެޓޭކެއް ޖެހި ހިތް ހުއްޓިގެން ހަ މަސްދުވަހަށްވުރެ ގިނަ ދުވަހު ކުޅުމާއި ދުރުގައި ހުރުމަށްފަހު މިހާރު އޭނާ ކުޅެމުން އަންނަނީ މެންޗެސްޓަރ ޔުނައިޓެޑަށެވެ. އެނބުރި އައިސް ބްރެންޓްފޯޑްގައި ދެއްކި މޮޅު ކުޅުމާ އެކު ޔުނައިޓެޑުން ލިބުނު ހުށަހެޅުމުން އެ ކްލަބަށް ބަދަލުވެ ފުރަތަމަ އެގާރައިގައި އޭނާ އަންނަނީ ކުޅެމުންނެވެ. އެރިކްސަން ކުޅެމުން އަންނަނީ އައިސީޑީ, ޑިވައިސްއެއް ލައްވައިގެންނެވެ. ވޯލްޑް ކަޕަށް ދާ 21 ކުޅުންތެރިންގެ ސްކޮޑްގައި 30 އަހަރުގެ އެރިކްސަން ވަނީ ހިމަނާފައެވެ. އެކަމަކު ފައިނަލް ސްކޮޑް ފީފާ އަށް ފޮނުވަން ޖެހެނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ޑެންމާކްގެ ކޯޗު ކެޝްޕާ ހުލްމަންޑް ބުނީ 26 ކުޅުންތެރިންގެ ސްކޮޑް ފައިނަލް ކުރާނީ ޔޫރަޕްގައި އަދި ކުރިއަށް ހުރި ކްލަބް މެޗުތަކަށް ފަހުކަމަށެވެ. ފަސް ކުޅުންތެރިންގެ ޖާގަ އަށް 12 ވަރަކަށް ކުޅުންތެރިން ވާދަކުރާކަމަށް އޭނާ ބުންޏެވެ.

ޑެންމާކްގެ ފުރަތަމަ މެޗުގައި މިމަހުގެ 22 ވަނަ ދުވަހު ވާދަކުރަން ޖެހޭނީ ޓިއުނީޝިޔާއާއެވެ.

ޤަތަރު ފީފާ ވޯލްޑް ކަޕް 2022ކްރިސްޓިއަން އެރިކްސަންޑެންމާކް

އިތުރަށް ކިޔާލަން

30 އޯގަސްޓު 2025

އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ

30 އޯގަސްޓު 2025
އިސްރާއީލްއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅު އެޅުމުގެ އުންމީދު ކުޑަވެއްޖެ
19 ނޮވެމްބަރު 2024

ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި

19 ނޮވެމްބަރު 2024
ޑެންމާކުން ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފި
13 އޮކްޓޯބަރު 2024

ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް

13 އޮކްޓޯބަރު 2024
ޑެންމާކު ބަލިކޮށް، ސްޕެއިން އެއް ވަނަ އަށް
26 ޖޫން 2024

ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް

26 ޖޫން 2024
ގްރޫޕްގެ ދެ ވަނަ ހޯދައި ޑެންމާކު ގަދަ 16 ވަނަ ބުރަށް
08 ޖޫން 2024

ޑެންމާކްގެ ބޮޑުވަޒީރަށް ހަމަލާ ދީފި

08 ޖޫން 2024
ޑެންމާކްގެ ބޮޑުވަޒީރަށް ހަމަލާ ދީފި
22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
08 ޑިސެމްބަރު 2023

ކީރިތި ޤުރުއާނަށް އިހާނެތި ކުރުން ހުއްޓުވާ ގާނޫނެއް ޑެންމާކްގެ މަޖިލީހުން ފާސް ކޮށްފި

08 ޑިސެމްބަރު 2023
ކީރިތި ޤުރުއާނަށް އިހާނެތި ކުރުން ހުއްޓުވާ ގާނޫނެއް ޑެންމާކްގެ މަޖިލީހުން ފާސް ކޮށްފި
08 އެޕްރީލު 2023

ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް

08 އެޕްރީލު 2023
ކަސެމީރޯ އާއި އެރިކްސަން އާއެކު ޔުނައިޓެޑަށް އިތުރު ހިތްވަރެއް ލިބޭނެ: ޓެން ހާގް
27 މާރިޗު 2023

ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި

27 މާރިޗު 2023
ފަހަތުން އަރައި ކަޒަކިސްތާނުން ޑެންމާކު ބަލިކޮށްފި
20 ޑިސެމްބަރު 2022

36 އަހަރަށްފަހު ވޯލްޑް ކަޕްގެ ޗެމްޕިއަން ތަށި އާޖެންޓީނާގެ ފަސްގަނޑަށް

20 ޑިސެމްބަރު 2022
36 އަހަރަށްފަހު ވޯލްޑް ކަޕްގެ ޗެމްޕިއަން ތަށި އާޖެންޓީނާގެ ފަސްގަނޑަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު