Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރަށު ޚިޔާނާތުގެ މައްސަލަ

އާރަށު ހިޔާނަތުގެ ދައުވާ އިއްވައިފި، ޖަަވާބުދާރީވުން ދެން އޮންނަ އަޑުއެހުމެއްގައި

ޑރ ޖަމީލް ވަނީ 4 ނުކުތާއެއް ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2022 | ބުރާސްފަތި 07:11
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް- މި އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީނުގެ މައްޗަށް ކުރާ 2 ދައުވާ އިއްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް- މި އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީނުގެ މައްޗަށް ކުރާ 2 ދައުވާ އިއްވާފައި

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒް ބޭނުންކޮށް ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފާއިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައާއި ގުޅިގެން ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމު އަޑުއެހުމަށް ހާޒިރުވެފައެއް ނުވެއެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ކޯޓަށް ވަނީ އަންގާފައެވެ.

Advertisement - newsAdvertisement

މި އަޑުއެހުން ފެށުމާއެކު ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ ޖަމީލް ވަނީ 4 ނުކުތާއެއް ޝަރީއަތުގެ ސަމާލުކަމަށް ގެނެސްފައެވެ.

ޝަރީއަތް ލައިވް ކުރުމާބެހޭ ގޮތުން އެންމެ ފަހުން ބޭއްވިއަޑުއެހުމުގައިރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ހުށައެޅުމެއް ހުށައަޅުއްވާފައެވެ. އެކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުގެ ސްޓޭންޑަކީ ކޮރަޕްޝަންގެ ހުރިހާ މައްސަލައެއްގެ ޝަރީއަތްވެސް ލައިވްކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ.

އޭގެ އިތުރުން، މަހުލޫފުގެ ޝަރީއަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކޯޓުން ނިންމާފައިވާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ދިފާއުން ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ނެގިނުކުތާގައިދައުލަތުން ބުނީ، ދައުލަތުން އެކަމުގައި ދެކޭ ގޮތަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުގެ ދަށުން ހުރިހާ މައްސަލައެއްވެސް ކޮވިޑުގެ ޙާލަތުގައި މެދުކެނޑުމެއް ނެތި ކުރިއަށް ގެންދެވެންޖެހޭނެކަން ކަމަށެވެ. އަދި ޔޫސުފް ނައީމާއި ރައީސް ޔާމީނުގެ މައްސަލަ އެއްކޮށް ކުރިއަށް ގެންދަން ބޭނުންވާކަަމަށް ދިފާއުން ނެގި ނުކުތާގައި ދައުލަތުންވެސް ދެކެނީ އެގޮތަށެވެ. އެގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އިބްތިދާއީ މަރުޙަލާ ވަކިން ގެންދިޔަނަމަވެސް، މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ދައުލަތުން ބޭނުންވަނީ އެކުއެކީގައި ކަމަށެވެ.

ދިފާއުން ފާހަގަކުރި ކަންކަމަށް ޝަރީއަތުންވެސް ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން ޝަރީއަތް ލައިވް ނުކުރެވެނީ މިވަގުތު ކޯޓުގެ އިދާރީ އިންތިޒާމުތައް ހުރި ގޮތުގެ ސަބަބުން އެކަމުގައި ދަތިތަކެއް ހުރުމުންކަމަށް ގާޒީ އަހުމަދު ޝަކީލް ވިދާޅުވިއެވެ. ނަމަވެސް އެ އިންތިޒާމުތައް ހަމަޖެހުނުހާ އަވަހަށް މައްސަލަ ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތްކަންވެސް ގާޒީ ވިދާޅުވިއެވެ.

މަހުލޫފުގެ މައްސަލައާ ގުޅިގެން ގާޒީގެސްޓޭންޑްސާފެވެ. އެގޮތުން މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިނުވާނެކަމަށް ގާޒީ ވިދާޅުވެއެވެ.

އޭގެ އިތުރުން، ޝަރީއަތުގެ އަމާޒު ހުރި ގޮތާއި ދޭތެރޭގައި ކަންބޮޑުވެލައްވާކަން ފާހަގަކޮށް ދިފާއުން ނެގި ނުކުތާއަށްވެސް ގާޒީ ވަނީ ޖަވާބުދެއްވާފައެވެ. އެގޮތުން ކުރިއަށް އޮތް ރޯދަ މަހަށް ހަނދުބަލާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުންނަވާނީ ޖަލުގައި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައިވާކަން ފާހަގަ ކުރައްވައި ޔާމީންގެ ވަކީލުން ވަނީ އެއީ ޝަރީއަތަށް ނުފޫޒު ފޯރުވުންކަމަށް ވިދާޅުވެފައެވެ. އަދި އެއީ ކޯޓުގެ ޙުރުމަތް ކެނޑުންކަމަށް ވަކީލުން ވަނީ ސިފަ ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ގާޒީ ވިދާޅުވީ، ހުރިހާ މައްސަލައެއްވެސް ކޯޓުން ކުރިއަށް ގެންދާނީ ވަކި ފަރާތަކަށް ނުޖެހި، ހަމަހަމަކަމާއެކު ކަމަށެވެ. އަދި ކޯޓުން މައްސަލަތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތެއްގެ ބިރަކަށް، ނުފޫޒަކަށް ނުބައްލަވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އޭގެ އިތުރުން، މި މައްސަލައިގެ އިބްތިދާއީ މަރުޙަލާއާއި ޝަރީއަތުގެ މަރުޙަލާވެސް ކުރިއަށް ގެންދަން ބޭނުންވަނީ އެކުއެކީގައިކަން ގާޒީވެސް ފާހަގަ ކުރެއްވިއެވެ. ނަމަވެސް ޔޫސުފް ނައީމް ޕޮޒިޓިވްވެފައިވާތީ އޭނާއަށް ދައުވާ އިއްވުމަށް ވަކި އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ.

މި އަޑުއެހުމުގައި ދައުލަތުން ވަނީ ޔާމީނުގެ މައްޗަށް ކުރާ 2 ދައުވާ އިއްވާފައެވެ. ނަމަވެސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ ބައެއް މެމްބަރުން ކޮވިޑުގެ ސަބަބުން އަޑުއެހުމުގައި ބައިވެރިނުވެވޭ ކަމާއި، ދައުވާއަށް ޖަވާބުދާރީވުމަށް ވަގުތު ބޭނުންވާކަން ފާހަގަކޮށްފައިވާތީ ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދަވާފައެއް ނުވެއެވެ. އަދި ވަކީލުންގެ ޓީމު އެއްކޮށް ނެތުމުގެ ސަބަބުން ދައުވާ ސާފުނުވާކަމަށް ރައީސް ޔާމީނުވެސް ވިދާޅުވެފައިވާތީ ގާޒީވެސް ނިންމެވީ މައްސަލައަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދެއްވާނެ ކަމަށެވެ.

ދެން އޮންނަ އަޑުއެހުމުގައި ދައުވާ ސާފު ކުރުމާއި، ޖަވާބުދާރީވުން އޮންނާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވަނީ މި މައްސަލަ ކުރިއަށްދާނެ ގޮތުގެތާވަލެއްވެސްދެފަރާތަށް ހިއްސާ ކުރައްވާފައެވެ.

ކްރިމިނަލް ކޯޓްރައީސް ޔާމީން

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

ކޭޕާކް މައްސަލަ: މަންޑޭގެ މައްޗަށް 94 ދައުވާ، ޖައިޝާންގެ މައްޗަށް 89 ދައުވާ ސާބިތު ވެއްޖެ

27 ޑިސެމްބަރު 2025
ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

ޖަމާއަތް ހަދައިގެން ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ޒުވާނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

27 ޑިސެމްބަރު 2025
ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

ވިޔަފާރިއެއް ހުއްދަ ނެތި ކުރަމުން ދިޔަ ބިދޭސީއެއް ހައްޔަރު ކުރުމުން އޭނާ ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ކަމުގައި ނުވާތީ ކޯޓުން އެމީހާ މިނިވަން ކޮށްފި

27 ޑިސެމްބަރު 2025
ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

ފުލުހުންގެ ބަންދު ގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް މަންޑޭ ހޯދަނީ

26 ޑިސެމްބަރު 2025
ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު