Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމު އެކުލަވާލުން

ގައުމީ ޓީމު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން: މޮރިއޭރޯ

މޮރިއޭރޯ އަންނަނީ ޕްރެޒިޑެންޓްސް ކަޕާއި ޓީމުތަކުގެ ފަރިތަކުރުންތައް ބަލަމުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 17 ޖެނުއަރީ 2022 | ހޯމަ 09:55
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އައު ކޯޗު ފްރެންސެސްކޯ މޮރިއޭރޯ

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން އައު ކޯޗު ފްރެންސެސްކޯ މޮރިއޭރޯ

ގައުމީ ފުޓްބޯޅަ ޓީމު އެކުލަވާލުމުގެ މަސައްކަތުގައި މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕުގެ މެޗުތަކާއި ޓީމުތަކުގެ ފަރިތަކުރުންތައް ބަލައިގެން ކުރިއަށްގެންދާ ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ގައުމީ ޓީމުގެ ކޯޗުގެ މަގާމާ މޮރިއޭރޯ ހަވާލުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުން ފުރަތަމަ މުބާރާތަކީ ސްރީ ލަންކާގައި ނޮވެމްބަރު މަހު ބޭއްވި މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) އެވެ. އެކަމަކު އެ މުބާރާތުގެ ފައިނަލަށް ނުގޮސް ރާއްޖެ ކެޓިއިރު، އެ މުބާރާތުގައި ރާއްޖެ އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ރާއްޖޭން ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މޮރިއޭރޯ ބުނީ ގައުމީ ޓީމާއެކު އޭނާގެ ފުރަތަމަ މަސައްކަތް ކަމަށްވާ ފޯ ނޭޝަންސް ކަޕުގައި ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. އަދި އެ ފަހަރު ނަތީޖާ ނުނެރެވުނީ އޭނާއަށްވެސް އެކަށީގެންވާ ވަގުތު ނުލިބުމުން ކަމަށާއި، ވަގުތު މަދު ކަމުގައިވިޔަސް ރާއްޖޭގެ ފެންވަރަށް ބަލާއިރު، އެއަށްވުރެ ރަނގަޅު ނަތީޖާއެއް އެ މުބާރާތުގައި ނެރެވެން ޖެހޭނެ ކަމަށްވެސް ބުންޏެވެ. އެކަމަކު އޭރު އޮތް ސްކޮޑަކީ އެއްކޮށް އޭނާގެ ބައިވެރިވުމާއެކު ނެގުނު ސްކޮޑެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

މޮރިއޭރޯ ބުނީ މިހާރު ޓީމު ނަގާ އިސްމީހެއްގެ ހައިސިއްޔަތުން އޭނާ އަންނަނީ ޕްރެޒިޑެންޓްސް ކަޕުގެ މެޗުތަކާއި ޓީމުތަކުގެ ފަރިތަކުރުންތައް ބަލަމުން ކަމަށެވެ. އަދި ޕްރެޒިޑެންޓްސް ކަޕަކީ އިޓަލީގައި ކުރިއަށްދާ ކޮޕަ އިޓާލިއާ ފެންވަރުގެ މުބާރާތެއް ކަމަށްވެސް މޮރިއޭރޯ ބުންޏެވެ. މޮރިއޭރޯ ބުނީ ޕްރެޒިޑެންޓްސް ކަޕުގައި ޓީމުތަކަށް ގިނަ މެޗުތަކެއް ކުޅެން ލިބުމުން އޭނާއަށް ސްކޮޑް ނެގުމުގައި ފަސޭހަތަކެއް އެބަހުރި ކަމަށެވެ. އަދި ފެންވަރު ހުރި މޮޅު ގިނަ ކުޅުންތެރިންތަކެއް މި މުބާރާތުގައި ފެނިގެންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތާ ބެހޭ ގޮތުން މޮރިއޭރޯ ބުނީ ރާއްޖެއަކީ ފެންވަރު ރަނގަޅު ކުޅުންތެރިންތަކެއް ތިބި ގައުމެއް ކަމަށާއި، އެކަމަކު ވަސީލަތްތައް ހުރި ފެންވަރު މަތިކުރުމުގެ އިތުރުން ކުޅުންތެރިންގެ ވިސްނުން ފުޓްބޯޅައިގެ ތެރޭގައި ހަރުދަނާ ކުރެވޭނެ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.

މޮރިއޭރޯގެ އެދުމާ އެއްގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިދިޔަ ޑިސެމްބަރު މަހު ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ޕޯޗުގަލުގެ ކޯޗު ސިމާއޯ ކޮސްޓާ ހަމަޖައްސައިފައެވެ. މޮރިއޭރޯ އާއި ސިމާއޯ އަންނަނީ ޕްރެޒިޑެންޓްސް ކަޕުގެ މެޗުތައް ބެލުމުގެ އިތުުރުން މެޗުތަކުގައި ރަނގަޅަށް ކުޅޭ ކުޅުންތެރިންގެ މައުލޫމާތު އެއްކުރަމުންނެވެ. ގައުމީ ޓީމާއެކު މޮރިއޭރޯ އެއްބަސްވުން ހަދާފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުފްރެންސެސްކޯ މޮރިއޭރޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ގައުމީ ކޯޗު މޮރިއޭރޯއާއި މުވައްޒަފުންނަށް މުސާރަ ނުދެވޭކަމަށް އެފްއޭއެމުން އެއްބަސްވެއްޖެ!

ގައުމީ ކޯޗު މޮރިއޭރޯއާއި މުވައްޒަފުންނަށް މުސާރަ ނުދެވޭކަމަށް އެފްއޭއެމުން އެއްބަސްވެއްޖެ!

18 ޖުލައި 2023
ޤައުމީ ކޯޗު މޮރިއޭރޯ އަށް ދިހަ މަސް ދުވަހުގެ މުސާރަ ނުދޭ ކަމުގެ ތުހުމަތު!

ޤައުމީ ކޯޗު މޮރިއޭރޯ އަށް ދިހަ މަސް ދުވަހުގެ މުސާރަ ނުދޭ ކަމުގެ ތުހުމަތު!

26 ޖޫން 2023

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު