Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ޤައުމީ ކޯޗު މޮރިއޭރޯ އަށް ދިހަ މަސް ދުވަހުގެ މުސާރަ ނުދޭ ކަމުގެ ތުހުމަތު!

މޮރިއޭރޯގެ އިތުރުން ބައެއް އެހެން ޓެކްނިކަލް މުވައްޒަފުންނަށް ވެސް މުސާރަ ނުދޭ ކަމުގެ މައުލޫމާތު ވަނީ ލިބިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖޫން 2023 | ހޯމަ 16:15
ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ފްރެންސެސްކޯ މޮރިއޭރޯ

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ކޯޗު ފްރެންސެސްކޯ މޮރިއޭރޯ

ޤައުމީ ފިރިހެން ފުޓުބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުސާރަ ނުދޭ ކަމުގެ ތަހުމުތު ކުރެއްވިއްޖެ އެވެ.

އެފްއޭއެމުން މޮރިއޭރޯ އަށް މުސާރަ ނުދޭ ވާހަކަތައް ދެކެވުނީ އިންޑިއާގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ރާއްޖެ އިން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއެކު އެވެ. އެފްއޭއެމުން އެ އިދާރާގެ މުވައްޒަފުންނަށް ވެސް މުސާރަ ނުދޭ ވާހަކަތައް ދޭތެރެއިން ފެންމަތިވެ އެވެ. ރާއްޖެ އެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން މޮރިއޭރޯ އަށް މުސާރަ ނުދޭތާ 10 މަސް ދުވަސް ވެއްޖެ އެވެ. މޮރިއޭރޯގެ އިތުރުން ބައެއް އެހެން ޓެކްނިކަލް މުވައްޒަފުންނަށް ވެސް މުސާރަ ނުދޭ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އެކަން އެ އިދާރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.

މިކަމާ ގުޅިގެން ރާއްޖެ އެމްވީ އިން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޙުސެއިން ޖަވާޒް (ޖަވާ)އާ ސުވާލު ކުރުމުން ވިދާޅުވީ، އެއީ ދޮގު ވާހަތަކެއް ކަމަށެވެ. އަދި އެކަން ޔަގީން ކުރުމަށް ޤައުމީ ކޯޗު މޮރިއޭރޯއާ ސުވާލު ކުރުމަށް ވެސް ޖަވާ ވަނީ އެދިފަ އެވެ. ނަމަވެސް މިވަގުތު މޮރިއޭރޯ މީޑިއާތަކާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ބަަލިވި މެޗަށްފަހު ވެސް މޮރިއޭރޯ ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ދެކޮޅު ހަދައިފަ އެވެ. އެ ޕްރެސްގައި މޮރިއޭރޯ ވަނީ އޭނާގެ ސްޓޭޓްމަންޓު ދިނުމަށްފަހު ޕްރެސް ދޫކޮށް ގޮސްފަ އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑު ކިޔަމުންނެވެ.

މިފަހުން ވެސް އެފްއޭއެމްގެ މާލީ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ފްރެންސެސްކޯ މޮރިއޭރޯ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
27 އޮކްޓޯބަރު 2025

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން
25 އޮކްޓޯބަރު 2025

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން
25 އޮކްޓޯބަރު 2025

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި
23 އޮކްޓޯބަރު 2025

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު