Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ގައުމީ ކޯޗު މޮރިއޭރޯއާއި މުވައްޒަފުންނަށް މުސާރަ ނުދެވޭކަމަށް އެފްއޭއެމުން އެއްބަސްވެއްޖެ!

ބައެއް މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަތަރު މަސްދުވަހަށްވުރެ ގިނަވެއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖުލައި 2023 | އަންގާރަ 13:11
ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މޮރިއޭރޯ

ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މޮރިއޭރޯ

ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯއާއި އިދާރާގެ މުވައްޒަފުންނަށް މުސާރަ ނުދެވި ހުންނާނެ ކަމަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ މުސާރައިގެ މައްސަލައަކީ އަބަދުމެ ފެންމަތިވަމުން އަންނަ މައްސަލައެކެވެ. ގައުމީ ކޯޗު މޮރިއޭރޯއަށް އެފްއޭއެމުން މުސާރަ ނުދީ އޮތްކަން ފެންމަތިވީ ދާދި ފަހުން އިންޑިއާގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތެރެއިންނެވެ. ނަމަވެސް އެކަމާ ގުޅިގެން އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ)އަށް ސުވާލު ދެންވުމުން އޭރު ވިދާޅުވީ އެއީ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރަށް ކަންކަން ސާފުކުރަން ބޭނުންވާނަމަ، ސީދާ ކޯޗާ ސުވާލު ކުރުމަށްވެސް ޖަވާ ވަނީ އެދިވަޑައިގެންފައެވެ. އޭގެ ފަހުން ވެސް މުސާރައިގެ ސުވާލުތައް އެފްއޭއެމަށް ކުރުމުން ވަނީ ޖަވާބު ދޭން ދެކޮޅު ހަދާފައެވެ.

އަންގާރަ ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް ބޭއްވެވި ނޫސްވެެރިންގެ ބައްދަލުވުމުގައި ބައްސާމް ވިދާޅުވީ ގައުމީ ކޯޗު މޮރިއޭރޯއަށް ނުދެވޭ މުސާރަ ހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކޯޗުގެ މުސާރައަކީ ސްޕޮންސަރެއްގެ ދަށުން ހަމަޖެހިގެން އައި ކަމެއް ކަމަށެވެ. އެހެންކަމުން ފުރަތަމަ ތިން މަސް ދުވަހު ސްޕޮންސަރުންގެ ފަރާތުން އެ ފައިސާ ލިބުނު ނަމަވެސް، އޭގެ ފަހުން އެކަން ހުއްޓިފައި އޮތް ކަމަށެވެ. އެހާލަތުގައި އެފްއޭއެމަށް ވެސް ވަރަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި، ސަބަބަކީ އެކަމަށް ސްޕޮންސަރެއް ހަމަޖެހުމާއެކު އެ ޚަރަދު އެފްއޭއެމްގެ ބަޖެޓުން ނުކުރަން ނިންމާފައި އޮތުމުން ކަމަށެވެ. އެކަމުގެ ތެރެއިން ކުރިމަތިވި "ތާށިކަމުގެ ތެރެއިން" ކޯޗަށް މުސާރަ ނުދެވުނު ނަމަވެސް، ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާއެކު ކޯޗު ދިޔައިރު، މުސާރަައިގެ ބޮޑު ބައި ދީފައި ވާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ. ގާތްގަނޑަކަށް ކޯޗަށް މުސާރަ ނުދެވި ފަހެއް ނުވަތަ ހަ މަސް ދުވަސް ވެފައިވާނެ ކަމަށާއި، ނަމަވެސް ކޯޗާއެކު ބާއްވާ ބައްދަލުވުމަށް ދިޔުމުގެ ކުރިން އެކަން ހަމަޖައްސަން މަސައްކަތްކުރާނެ ކަމުގައިވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ހުރިހާ ކަމަކަށް މެދުވެރިވި ސަބަބަކީ އެފްއޭއެމަށް މާލީ ގޮތުން ދިމާވި މައްސަލަތައްކަން ފާހަގަކުރައްވައި ބައްސާމް ވިދާޅުވީ، މުވައްޒަފުންނަށް މުސާރަ ނުދެވިވެސް އޮންނާނެ ކަމަށެވެ. ބައެއް މުވައްޒަފުންނަށް މުސާރަ ނުދެވޭތާ ހަތަރު މަސްދުވަހަށްވުރެ ގިނަވެފައި ވާނެކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މުސާރައިގެ މައްސަލަ އެއްކޮށް ނިންމާނެ ކަމަށެވެ.

މީގެ އިތުރުން މުވައްޒަފުންގެ ޕެންޝަން ފައިސާއަށް ދިމާވެފައިވާ މައްސަލަ ވެސް ބައްސާމް ވަނީ ސާފުކޮށް ދެއްވާފައެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން އެ މައްސަލަ ކުރިމަތިވި ކަމަށާއި، ނަމަވެސް އެއީ އިދާރީ މައްސަލައެއްގެ ތެރެއިން ދިމާވި ކަމެއް ކަމަށް އޭނަ ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އައިއިރު، 2021 ވަނަ އަހަރާ ހަމައަށް ޕެންޝަނަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކޮށްފައިވާނެކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި އެ ތާރީޚުގެ ފަހުން އެ އޮތް މުއްދަތަށްވާ ފައިސާވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދައްކަމުން ދާނެކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ފްރެންސެސްކޯ މޮރިއޭރޯބައްސާމް އަދީލް ޖަލީލް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
05 ނޮވެމްބަރު 2025

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު