Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2 ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު

2 ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ހުކުރު ދުވަހު ފަށަނީ

11 ޖެނުއަރީ 2022 | އަންގާރަ 18:23

ރައީސް ވިދާޅުވީ ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ މަތިކޮމަންޑޫއާއި ކޮމަންޑޫ ގުޅުވާލުންކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ޖެނުއަރީ 2022 | އަންގާރަ 18:23
މަތިކޮމަންޑޫ

މަތިކޮމަންޑޫ

ށ. ކޮމަންޑޫއާއި، ޖެހިގެން އޮތް މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ހުކުރު ދުވަހު ފަށާގޮތަށް ނިންމައިފިއެވެ.

އެކަމާގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވިދާޅުވީ އެމަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަކަމަށެވެ.

Advertisement - newsAdvertisement

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ރަސްމީކޮށް ތައާރަފްކުރުމަށް ކޮމަންޑޫގައި މިދިޔަ ހަފްތާގެ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ކޮމަންޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އޮތް ހައްލަކީ މަތި ކޮމަންޑޫއާއި ކޮމަންޑޫ ގުޅުވާލުންކަމަށެވެ. އެއީ ސަރުކާރުން ވެފައިވާ ވައުދެއްކަމަށާއި ލަސްތަކެއް ނުވެ އެމަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަސައްކަތް ފަށާ ވާހަކަ ބުނުމުން، އެއީ ކެމްޕެއިނާ ދިމާކޮށް ދައްކާ ވާހަކައެއްކަމަށް ބަޔަކު ބުންޏަސް އެމަސައްކަތް ފަށައިގެން ކުރިޔަށް ގެންދާނެކަމަށެވެ. އެކަމުގެ ޕްލޭން މިހާރު ވަނީ ހަދައި ނިމިފައިކަމަށް ރައީސް ވިދާޅުވިއެވެ. ކުރިޔަށް އޮތް ހަފުތާތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދެކޮމަންޑޫ ގުޅާލުމުގެ ޕްލޭނަށް އާންމުންގެ ޚިޔާލު ހޯދުމަށް ކޮމަންޑޫ ކައުންސިލުން ވަނީ ހުޅުވާލާފައެވެ. އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސިނާން ވިދާޅުވީ، ދެކޮމަންޑޫ ގުޅާލުމަކީ ވަރަށް ކުރިއްސުރެވެސް ދައްކަމުންދާ ވާހަކައެއްކަމަށާއި ކުރީގެ ސަރުކާރުތަކުންވެސް ދެކޮމަންޑޫ ގުޅާލުމުގެ ވައުދުތައް ވެފައިވާކަމަށް ސިނާން ވިދާޅުވިއެވެ. އެހެންކަމުން ފުރިހަމަވާން އުޅެނީ ވަރަށް ކުރިއްސުރެ ރައްޔިތުން ދެކެމުން އައި ހުވަފެނެއްކަމަށް ސިނާން ވިދާޅުވިއެވެ.

ދެކޮމަންޑޫ ގުޅާލުމުގެ މަޝްރޫއުގައި ފުރަތަމަ ކުރާނީ ބިން ހިއްކުމުގެ މަސައްކަތެވެ. އެއަށްފަހު ބުރިޖަކުން ދެ ރަށް ގުޅާލުމަށް ވަނީ ހަމަޖައްސާފައެވެ.

ށ.ކޮމަންޑޫ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
29 އެޕްރީލު 2024

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ
26 ޖޫން 2023

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް
28 ފެބުރުއަރީ 2023

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި
10 ޖެނުއަރީ 2023

3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

10 ޖެނުއަރީ 2023
3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ
10 ޖުލައި 2022

އަކީޑް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ބާރަނައާއި ކަޅުއޮށްފުންމިއަށް

10 ޖުލައި 2022
އަކީޑް ފުޓްސަލް ފިއެސްޓާގެ ޗެމްޕިއަންކަން ބާރަނައާއި ކަޅުއޮށްފުންމިއަށް
07 ޖުލައި 2022

ކޮމަންޑޫ އަކީޑް ކިޑްސް ފިއެސްޓާގެ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ޔަގީންވެއްޖެ

07 ޖުލައި 2022
ކޮމަންޑޫ އަކީޑް ކިޑްސް ފިއެސްޓާގެ ފައިނަލްގައި ވާދަކުރާނެ ޓީމްތައް ޔަގީންވެއްޖެ
04 ޖުލައި 2022

ދެ މުބާރާތް ހިމެނޭ ކިޑްސް ފިއެސްޓާއެއް ކޮމަންޑޫގައި ފަށައިފި

04 ޖުލައި 2022
ދެ މުބާރާތް ހިމެނޭ ކިޑްސް ފިއެސްޓާއެއް ކޮމަންޑޫގައި ފަށައިފި
01 އެޕްރީލު 2022

ކޮމަންޑޫގެ އިހުތިސާސް ތެރޭގައި މަތިކޮމަންޑޫ ހިމަނައިފި

01 އެޕްރީލު 2022
ކޮމަންޑޫގެ އިހުތިސާސް ތެރޭގައި މަތިކޮމަންޑޫ ހިމަނައިފި
21 ފެބުރުއަރީ 2022

ފެނަކަ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކަށް އޭސީ ހަދިޔާކޮށްފި

21 ފެބުރުއަރީ 2022
ފެނަކަ ސީއެސްއާރުގެ ދަށުން ކޮމަންޑޫގެ މިސްކިތްތަކަށް އޭސީ ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް