Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގައި ހަރަކާތްތެރިވާ ގޭންގްތައް

ގޭންގްތައް އޮޕަރޭޓް ކުރާ އެއްބަޔަކީ ސިޔާސީ މީހުންނެވެ.

ބޮޑުންގެ ގޮތުގައި ގިނަ ފަހަރު ހައްޔަރު ކުރަނީ ކޮންމެވެސް ގޭންގަކާއި ގުޅުމެއް އޮންނަ މީހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2022 | ބުދަ 10:31
ގޭންގު މާރާމާރީތައް އިންތިހާއަށް އިތުރުވެގެން ގޮސް އެކަން ހުއްޓުވުމަށް މުޅި ދައުލަތްވެސް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ނުކުޅެދިފައި އޮތް ދުވަސްތަކެއް ދިވެހިން ވަނީ ދެކެފައި

ގޭންގު މާރާމާރީތައް އިންތިހާއަށް އިތުރުވެގެން ގޮސް އެކަން ހުއްޓުވުމަށް މުޅި ދައުލަތްވެސް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ނުކުޅެދިފައި އޮތް ދުވަސްތަކެއް ދިވެހިން ވަނީ ދެކެފައި

ކޮންމެ ވެރިކަމަކާއި ދިމާކޮށް އާންމުކޮށް އިވޭ އެއް ވާހަކައެއް އަބަދުވެސް އޮވެއެވެ. އެއީ ރާއްޖޭގައި އެކި ނަން ނަމުގައި ގޭންގްތައް ޙަރަކާތްތެރިވާ ކަމަށާއި، އެ ގޭންގްތައް ކޮންޓްރޯލްކޮށް ރާއްޖޭގައި ގޭންގް ކުށްތައް މަދުކުރާނެ ވާހަކައެވެ. ނަމަވެސް ކޮންމެ ވެރިކަމެއްވެސް ހަނދުބަލާތަނުން އެ ވާހަކަތައް ބޮޑުނަގުލަށްވެ ނިމިގެންދާތަން އަބަދުވެސް ފެނެއެވެ. ނަމަވެސް ގޭންގްތަކާއި ގުޅޭގޮތުން މިއަދު ފޮރުވެން ނެތް އެއް ހަގީގަތެއް އެބައޮތެވެ. އެއީ ގޭންގްތައް އުފައްދަނީ، ނުވަތަ ގޭންގްތަކަށް އެ ބާރު ލިއްބައިދެނީ ރާއްޖޭގެ ސިޔާސީ ފަރާތްތައްކަމެވެ.

ކުށުގެ ވެއްޓާއި ކުށުގެ މާހައުލުގެ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަވެސް އެކަމުގެ އިނގިލި އަމާޒުވެގެންދާނީ ގޭންގްތަކަށެވެ. ނަމަވެސް ހަގީގަތަކީ އެ ވިދާޅުވާ ގޭންގްތަކުގެ ބޭނުންވެސް އެންމެ ބޮޑަށް ހިފަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ކަމެވެ. ބައެއް ފަހަރު ވެރިކަމަށް އައުމަށެވެ. ބައެއް ފަހަރު ވެރިކަމާއި ދެކޮޅު ޙަރަކާތްތަކަށެވެ. ބައެއް ފަހަރު ވެރިކަމުގައި ތިބެގެންވެސް އެކި ބޭނުންތަކުގައި ގޭންގްތައް ބޭނުންކުރާކަން މިއީ މިއަދު ފެންނަން އޮތް ހަގީގަތެކެވެ.

ގޭންގު މާރާމާރީތައް އިންތިހާއަށް އިތުރުވެގެން ގޮސް އެކަން ހުއްޓުވުމަށް މުޅި ދައުލަތްވެސް އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ނުކުޅެދިފައި އޮތް ދުވަސްތަކެއް ދިވެހިން ވަނީ ދެކެފައެވެ. މާރާމާރީއަކަށް ފަހު، މާރާމާރީއެއް، މަރަކަށް ފަހު މަރެއް، ވަޅިއަކަށް ފަހު ވަޅިއެއް ހަރާއިރު، މުޅި ދައުލަތް ހިމޭނުން އޮތް ޒަމާނެއްވެސް ދިވެހިން ވަނީ ދެކެފައެވެ. މި ކަންކަން ނުހުއްޓުވޭ ސަބަބުތަކަށް ބަލާއިރު، ފުރަތަމަ ވެރިކަމަށް އަންނަނީވެސް އެފަދަ ކޮންމެވެސް ގްރޫޕުތަކެއް ނުވަތަ ގޭންގްތަކާއި ބައިއަތު ހިފައި، އެމީހުންގެ "ދަށުވެގެން"ނެވެ.

2017 ގައި ހިނގި ކަމެކެވެ. ސޯޅަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެ، ފައިގައި ޓެގް އަޅުވައިދިނުމަށް ފުލުހުން، ހޯމް މިނިސްޓްރީގައި އެކަމަށް ޚާއްސަކޮށް އުފައްދާފައިވާ ކޮމެޓީގައި އެދުނު ނަމަވެސް، އޭގެ ތެރެއިން ބައެއް މީހުންގެ ފައިގައި ޓެގް އެޅުވުމަށް ކޮމިޓީ މެމްބަރު ފާޅުގައި ދެކޮޅު ހެއްދެވިއެވެ. އެފަދަ ޒުވާނުންގެ ފައިގައި ޓެގް އަޅުވައިފިނަމަ ސަރުކާރު ހޫނު ފެނަށް ވެއްޓޭނެ ކަމަށް މެމްބަރުން ވިދާޅުވުމުން، ގޭންގް ތަކުގެ ދަށުވާ މިންވަރު ފެނޭ ނޫންތޯއެވެ؟ މި ދެންނެވި ކޮމިޓީގައި ތިއްބެވި ސަރުކާރުގެ އިސް ވެރިންނަކީ ގޭންގްތަކާއި ގާތް ގުޅުމެއް އަބަދުވެސް ބާއްވަވާ، އެ މަންޒަރުތައް އެތައް އާންމުންނަކަށް ފެނި، އެންމެން ދަންނަ ވަޒީރުންނެވެ.

2012 އިން ފެށިގެން 2018 އާ ދެމެދުގައި ހިނގާ ދިޔަ މުއްދަތަކީ ރާއްޖޭގައި ގޭންގް މާރާމާރީތައް އިތުރުވެ، އެފަދަ މައްސަލަތަކުގައި އެންމެ ގިނަ އަދަދެއްގެ މީހުންގެ ފުރާނަ ގޮސްފައިވާ އަހަރުތަކެވެ. އެ ވާހަކަތައް ގެނެސްދެމުން ދިޔަ މީޑިއާތަކުގެ އޮފީސްތަކަށް ތަފާތު އެކި އިންޒާރުތައް ލިބުނު ވާހަކަތަކަކީ އާ ވާހަކަތަކަކަށް ނުވާނެއެވެ. ބައެއް މީޑިއާތަކުގެ އޮފީސްތަކަށް ގޭންގުތަކައި ޙަރަކާތްތެރިވާ މީހުން ވަދެ، ތަފާތު އެކި އިންޒާރުތައް ދެމުން ގެންދިޔައިރުވެސް، ސަރުކާރުގެ ކަމާބެހޭ އިދާރާތައް ދަތް ނެތް ސިންގާއަކަށް ވެފައި އޮތް މަންޒަރުވެސް ވަނީ ފެނިފައެވެ.

ދެން އޮތީ ގޭންގް ކުށްތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ވާހަކައެވެ. އެފަދަ ކުށްތަކުގައި ހެކިބަސް ދޭ މީހުންނަށް ވާ ގޮތުގެ ވާހަކައެވެ. ހެކިބަސް ދިނުމަށްފަހު ފުލުސް އޮފީހުން ނުކުމެގެން އަންނައިރު، ހެކިވެރިޔާގެ އިނގިލީގެ ނިޝާން ޖެހި އޮރިޖިނަލް ބަޔާން ހިފައިގެން އައިސް އެމީހާއަށް އިންޒާރުދީ ހެދި ވާހަކަތަކަކީވެސް އާ ވާހަަކަތަކެއް ނޫނެވެ. އޭރު އިނގިލީގެ ނިޝާން ޖެހި ތަނުގެ ފާހަގައިގެ ތެތްކަން ކަރުދާހުން ނުކެނޑެއެވެ. ގޭންގްތަކަށް މިފަދަ ބާރުތަކެއް ލިބޭނީ ގައިމު ކޮންމެސް ބަޔަކު އެ ބާރުތައް ދިނީމަ ނޫންތޯއެވެ؟ ނިޒާމުގެ އެތެރެއިންނާއި ބޭރުން އެމީހުންނަށް އަތްގާތް ކޮށްދޭން ބަޔަކު ތިބީމަ ނޫންތޯއެވެ؟

މިއީ އިއްޔެގެ ނުވަތަ އޭގެ ކުރީ ދުވަހެއްގެ ވާހަކައެއް ނޫނެވެ. މިއަދުވެސް ހަމަ މިފަދަ ކަންކަން ދަނީ ތަކުރާރުވަމުންނެވެ. ދާދި ފަހުން 300 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލުމަށް ބޭއްވި ރަސްމިއްޔާތެއްގައި ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅަކުން އެކަމަށް ބާރު ލިބިދެއެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަތައް އަތުފަތުނުކިޔާވަރަށް އިތުރުވަމުންދާއިރު، ފާހަގަކުރެވޭ ވަކިވަކި ސިޔާސީ ފަރާތްތައް މަސްތުވާތަކެތީގެ ވިޔަފާރީގައި ފުޅާ ދާއިރާއެއްގައި އެބަ އުޅޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމީހުންގެ ފަރާތުން ނުފޫޒުތައް ކުރިމަތިވާކަން ފާހަގަކުރައްވައި އިމްރާން ވަނީ އެކި މުއައްސަސާތަކަށާއި މިނިސްޓަރަށް ވެސް ނުފޫޒު ކުރިމަތިވާ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، އެ ފަރާތްތަކަކީ ކޮބައިކަން ހާމަކުރައްވަން މިނިސްޓަރ ވަނީ އުޒުރުވެރިވެވަޑައިގެންފައެވެ. ނުވިތާކަށް އެމީހުންނާ ހަމައަށް ވާސިލްވުމަށް މަސައްކަތް ކުރަމުން އަންނަ މުއަސަސާތަކަށް ވެސް ގިނަ ގޮންޖެހުންތައް ކުރިމަތި ކުރުވާ ކަމަށާއި، ނޫސްވެރިއަކު ތަހުގީގީ ނަޒަރަކުން އެ ވާހަކަތައް ގެންނަން މަސައްކަތް ކުރާނަމަ އެކަމަށްވެސް ހުރަސްއަޅާ ބަޔަކު އެބަތިބި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ޙާލަތު އޮތް ގޮތެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ބޮޑުންގެ ގޮތުގައި ގިނަ ފަހަރު ހައްޔަރު ކުރަނީ ކޮންމެވެސް ގޭންގަކާއި ގުޅުމެއް އޮންނަ މީހެކެވެ. ނަމަވެސް ޖެހިގެން އިން ދޮރުން އޭނާ ނުކުމެގެން ދަނީ ޤާނޫނުގެ ކޮންމެވެސް ވަޅުގަނޑެއް، ފަސްގަނޑެއް، ދައްކާފައެވެ. އެކަމުގެ އަޑީގައި މި ތިބެނީ ސިޔާސީ ފަރާތްތަކެއްކަން ރާއްޖޭގެ ދާޚިލީވަޒީރު ވިދާޅުވުމުން، ގޭންގުތަކުގެ މައްސަލަތައް ހައްލު ނުކުރެވޭ ސަބަބު ވަރަށް ސާފެވެ.

ހަގީހަތަކީ ގޭންގް ކުށްތައް މަދު ކުރުމަށް ފުރަތަމަ ދައުލަތުގެ މުއައްސަސާތަކާއި އެ މުއައްސަސާތައް ހިންގަން ތިބޭ ސިޔާސީ ފަރާތްތައް ތާހިރުވާން ޖެހޭ ކަމެވެ. އޮޕޮޒިޝަންގައި އޮންނައިރު ސަރުކާރާ ދެކޮޅަށް ގޭންގްތައް މަގުތަކަށް ނެރެނީ ކުޑަ ފައިސާކޮޅެއް ދީގެންނެވެ. އަނެއް ދުވަހު ވެރިކަމަށް އައުމުން އޮންނަނީ އެއްކަލަ ގޭންގްތަކުގެ މީހުންނަށްވެސް ބަލާލަންޖެހިފައެވެ.

ކްރިމިނަލް ކޯޓްމޯލްޑިވްސް ޕޮލިސް ސަރވިސްމަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

911 އަށް ގުޅުމުން 5 ސިކުންތުން ފޯނު ނަގާ ކަމަށް ބުނެ ފުލުހުން ހެދީ ދޮގެއް!

23 ޑިސެމްބަރު 2025
ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

ގަވާއިދާއި ޚިލާފަށް އެތެރެކޮށްފައި ވަނިކޮށް އަތުލައިގަތް ދުންފަތު ގެ ބާވަތްތަކު ގެ މަގުމަތީ އަގު ހަތް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު!

23 ޑިސެމްބަރު 2025
ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

ކުށްކުރާ މާހައުލުތަކުން ކުޑަކުދިން ފެންނަ ނިސްބަތް ދަނީ އިތުރުވަމުން، ބެލެނިވެރިން ހާއްސަ ސަމާލު ކަމެއް ދޭން ޖެހޭ: ކޮމިޝަނަރ އޮފް ޕޮލިސް

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު