Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު

އައު އަހަރު އެކި ގައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔުން ފޯރިޔާއެކު ކުރިއަށް

1 ޖެނުއަރީ 2022 | ހޮނިހިރު 11:13

ރަންޔޫބީލް އަހަރުގައި ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 1 ޖެނުއަރީ 2022 | ހޮނިހިރު 11:13
އެކި ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިންނަށް މަރުޙަބާ ކިއުމުގެ ތެރެއިން ރަޝިއާގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަނީި

އެކި ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިންނަށް މަރުޙަބާ ކިއުމުގެ ތެރެއިން ރަޝިއާގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔަނީި | ޓޫރިޒަމް މިނިސްޓްރީ

އެކި ގައުމުތަކުން ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރާ ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔުން ފޯރިޔާއެކު ކުރިއަށް ގެންގޮސްފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލް އަހަރުގައި ފުރަތަމަ ފަތުރުވެރިއަކަށް ރާއްޖެ އައިސްފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ ޖޯޖީނާ ކެނިންގ އެވެ. ޖޯޖީނާ އޭނާގެ ބައިވެރިޔާއާއެކު ރާއްޖެ އައިސްފައިވަނީ ގަލްފް އެއަރ ފްލައިޓް (ޖީއެފް144) ގައި ހޮނިހިރު ދުވަހުގެ ހެނދުނު 06:10 ހާއިރުއެވެ. މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރުކަމަށް އެމްއެމްޕީއާރްސީން މައުލޫމާތު ދެއެވެ.

Advertisement - newsAdvertisement

ޖޯޖީނާއަށް މަރުހަބާ ކިއުމަށް ޚާއްސަ ހަފްލާއެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، ޓޫރިޒަމް މިނިސްޓްރީއާއި، އެމްއެމްޕީއާރްސީއާއި، އިމިގްރޭޝަން އަދި އެއަރޕޯޓްސް ކޮމްޕެނީގެ އިސްވެރިން އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

އެއަށްފަހު، އެކި ގައުމުތަކުން ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިއުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އިޓަލީ، ޖަރމަނީ، ރަޝިއާ، ސްޕެއިން، އިންޑިއާ، ފްރާންސް، ސައުދީ، ޔޫކްރެއިން އަދި އެމެރިކާ ފަދަ ގައުމުތަކުން ރާއްޖެއަށް އައި ފުރަތަމަ ފަތުރުވެރިންނަށް މަރުހަބާ ކިއުން ކުރިއަށް ގެންގޮސްފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ވާ ތައްޔާރީތަކުގެ ތެރެއިން، ފަތުރުވެރިކަމުގެ ރަންޔޫބީލް، ރަން އަހަރުގެ ގޮތުގައި ބްރޭންޑްކޮށް، ޕްރޮމޯޓް ކުރުމަށް ރަންޔޫބީލް އަހަރަށް ޚާއްސަކޮށްގެން ލޯގޯއާއި ސްޓޭމްޕްވެސް ވަނީ ތައްޔާރުކޮށްފައެވެ.

ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފެށިފައިވާއިރު، ޓޫރިޒަމް މިނިސްޓަރ ޑރ.މައުސޫމް ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ މުހިންމު ހިއްސާދާރުންނަކީ އެސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށާއި ސިނާއަތުގެ ރަންޔޫބީލް ފާހަގަކުރާއިރު، މުވައްޒަފުންގެ ހިނުތުންވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން 2022 ވަނަ އަހަރު ފަތުރުވެރިކަމުގެ ރަން އަހަރުގެ ގޮތުގައި ފާހަގަކުރާއިރު، ރަން އަހަރަކަށް ވެގެންދާނީ ސިނާއަތުގެ މުވައްޒަފުންނަށް ހިނިތުންވުން ލިބިގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްވިޒިޓް މޯލްޑިވްސްޓުއަރިޒަމް އެމްވީ

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2026

މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ނުފުއްދަވައި، އަނެއްކާވެސް އިތުރު ތާރީޚެއް!

22 ސެޕްޓެމްބަރު 2026
މާމަޑުއްވަރީ ހިތާދޫއާ ހަވާލުކުރުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ނުފުއްދަވައި، އަނެއްކާވެސް އިތުރު ތާރީޚެއް!
16 ސެޕްޓެމްބަރު 2026

ހަލާލު ކާނާއާ މެދު ސުވާލާއި ޝައްކު އުފައްދައިގެން ހަލާލު ފަތުރުވެރިކަން އިސްތިހާރެއް ނުކުރެވޭނެ!

16 ސެޕްޓެމްބަރު 2026
ހަލާލު ކާނާއާ މެދު ސުވާލާއި ޝައްކު އުފައްދައިގެން ހަލާލު ފަތުރުވެރިކަން އިސްތިހާރެއް ނުކުރެވޭނެ!
15 ސެޕްޓެމްބަރު 2026

ހަލާލު ޓޫރިޒަމްގެ ހަގީގީ މާނަ ވިޒިޓް މޯލްޑިވްސްގެ އެމްޑީ ސޭންޑްވިޗެއްގެ މިސާލުން ދެއްކެވި ގޮތް

15 ސެޕްޓެމްބަރު 2026
ހަލާލު ޓޫރިޒަމްގެ ހަގީގީ މާނަ ވިޒިޓް މޯލްޑިވްސްގެ އެމްޑީ ސޭންޑްވިޗެއްގެ މިސާލުން ދެއްކެވި ގޮތް
06 ސެޕްޓެމްބަރު 2026

ރާއްޖެ އިސްތިހާރު ކުރުމުގެ އެމްބެސެޑަރަކަށް އަނެއްކާ ވެސް ފަބްރީޒިއޯ ރޮމާނޯ

06 ސެޕްޓެމްބަރު 2026
ރާއްޖެ އިސްތިހާރު ކުރުމުގެ އެމްބެސެޑަރަކަށް އަނެއްކާ ވެސް ފަބްރީޒިއޯ ރޮމާނޯ
27 އޯގަސްޓު 2026

ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު އައްޔަނުކޮށްފި، އޭނާއަކީ މި ސަރުކާރުން އެ މަޤާމަށް އައްޔަނުކުރި 3 ވަނަ އެމްޑީ

27 އޯގަސްޓު 2026
ވިޒިޓް މޯލްޑިވްސްގެ އެމްޑީއަކަށް ޔާސިރު އައްޔަނުކޮށްފި، އޭނާއަކީ މި ސަރުކާރުން އެ މަޤާމަށް އައްޔަނުކުރި 3 ވަނަ އެމްޑީ
18 ޖޫން 2026

ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި

18 ޖޫން 2026
ދައުލަތުގެ ކުންފުނިތަކަށް ރިސޯޓު ތަރައްޤީކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި
09 ފެބުރުއަރީ 2026

ރިސޯޓު ތަރައްގީ ކުރަން 13 ފަޅު، ހަލާލު ޓޫރިޒަމަށް 3 ތަނެއް ހުޅުވާލައިފި

09 ފެބުރުއަރީ 2026
ރިސޯޓު ތަރައްގީ ކުރަން 13 ފަޅު، ހަލާލު ޓޫރިޒަމަށް 3 ތަނެއް ހުޅުވާލައިފި
04 ފެބުރުއަރީ 2026

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަގުވެއްޓި، ނަން ކިލަނބުވަމުންދާތީ އެމްބެސެޑަރުކަމުން ޓޫ އޮފް އަސް ސަސްޕެންޑްކޮށްފި

04 ފެބުރުއަރީ 2026
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަގުވެއްޓި، ނަން ކިލަނބުވަމުންދާތީ އެމްބެސެޑަރުކަމުން ޓޫ އޮފް އަސް ސަސްޕެންޑްކޮށްފި
30 ޖެނުއަރީ 2026

އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

30 ޖެނުއަރީ 2026
އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!
12 ޖެނުއަރީ 2026

މި އަހަރުގެ ގޯލްޑަން ގްލޯބްސް ގައި ރާއްޖެ!

12 ޖެނުއަރީ 2026
މި އަހަރުގެ ގޯލްޑަން ގްލޯބްސް ގައި ރާއްޖެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް