Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2 އޮފް އަސް ސަސްޕެންޑްކުރުން

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަގުވެއްޓި، ނަން ކިލަނބުވަމުންދާތީ އެމްބެސެޑަރުކަމުން ޓޫ އޮފް އަސް ސަސްޕެންޑްކޮށްފި

މި ނިންމުމާއެކު އެ ކުންފުނީގެ ނަމާއި ލޯގޯ ބޭނުންކުރުން މަނާކޮށްފައިވާއިރު، ބޭންޑުގެ ގިނަ މެންބަރުންތަކެއް ވަނީ ފައިސާގެ މުއާމަލާތްތަކުގެ މައްސަލައިގައި ބޭންޑުން ވަކިވެފައި. އެހެންކަމުން، ބޭންޑުގެ އަމަލުތަކުގެ ސަބަބުން ވިޒިޓް މޯލްޑިވްސްގެ އަގު ހިފެހެއްޓުމަށްޓަކައި އެމްބެސެޑަރޝިޕް ޕްރޮގްރާމް މިހާރު ވަނީ މެދުކަނޑާލާފަ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 11:25
ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް ރަސްމީކޮށް ހަވާލުކުރުން

ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑާޝިޕް ރަސްމީކޮށް ހަވާލުކުރުން | އެމްއެމްޕީއާރްސީ

ދިވެހި ބޭންޑު، ޓޫ އޮފް އަސްއަށް ކުރެވޭ އެކި ތުހުމަތުތަކާއި އެ ބޭންޑާ ބެހޭ ގޮތުން ދައުރުވަމުންދާ ނޭދެވޭ ވާހަކަތަކުގެ އަސަރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)އަށް ފޯރައި ކުންފުނީގެ އަގުވެއްޓި، ނަން ކިލަނބުވަމުންދާތީ އެ ކުންފުނިން ޓޫ އޮފް އަސްއާ އެކު ހަދާފައިވާ އެމްބެސެޑަރޝިޕް ޕްރޮގްރާމް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ވިޒިޓް މޯލްޑިވްސްގެ އެމްބެސެޑަރަކަށް ޓޫ އޮފް އަސް ހަމަޖެއްސީ މިދިޔަ އަހަރު ޖުލައިގަ އެވެ. އެނގިފައިވާ ގޮތުގައި އެ ބޭންޑުގެ އެމްބެސެޑަރޝިޕް ސަސްޕެންޑް ކުރީ މިދިޔަ މަހު އެވެ. ސަބަބެއް ކަމަށް އެނގިފައި ވަނީ ފައިސާގެ ކަންކަމުގައި އެ ބޭންޑާ މެދު ފެތުރެމުންދާ ވާހަކަތަކުގެ ނޭދެވޭ އަސަރު ވިޒިޓް މޯލްޑިވްސް އަށް ކުރާތީ އެވެ. 

އަދި އެ އެމްބެސެޑަރޝިޕް ބާތިލުކުރިކަން އަންގައި މިދިޔަ މަހު 22 ގައި ވީއެމްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ، ޓޫ އޮފް އަސްގެ ލަވަކިޔުންތެރިޔާ އަހްމަދު އަދުހަމްއަށް ސިޓީއެއް ފޮނުވާފައިވާކަން ވަނީ އެނގިފަ އެވެ. ދައުރު ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރުގައި ވާގޮތުން އެއާ އެކު ސިޓީ ފޮނުވި ތާރީހުން ފެށިގެން ކޮށްގެން ނުވާނެ ކަންކަން ވެސް ވީއެމްސީން ވަނީ ޓޫ އޮފް އަސްއަށް އަންގާފަ އެވެ. 

އެގޮތުން ވިޒިޓް މޯލްޑިވްސްގެ ނަމާއި ލޯގޯ އައި ބްރޭންޑިންގ އަދި އެއްވެސް އިންޓެލެކްޗުއަލް ޕްރޮޕަޓީއެއް ބޭނުން ނުކުރުން، ވީއެމްސީއާ ގުޅޭ މުއާމަލާތްތަކާއި ޕްރޮމޯޝަންތަކާއި އެ ނޫނަސް އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވުން އަދި ޓޫ އޮފް އަސް އަކީ ވިސިޓް މޯލްޑިވްސް ގެ އެމްބެސެޑަރު ކަމަށް ދައްކައިގެން ވެސް ނުވާނެ ކަމުގައި އެވެ. 

ފައިސާގެ ކަންކަން އޮޅުވާލާ ކަމުގެ ތުހުމަތުކޮށް އެ ބޭންޑުގެ ގިޓަރިސްޓު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ބޭންޑާ ދުރަށް ދިޔައި މިދިޔަ މަހު އެވެ. ލީޑު ވޯކަލިސްޓް މުހައްމަދު ނަސޫހު ބިން ނަސްރުއްދީން އާއި އަހުމަދު ޖަޝީމް އާއި މުހައްމަދު ހިޝާމް ވަނީ މިދިޔަ އަހަރުގެ މެދު ތެރޭގައި ބޭންޑުން ވަކިވެފަ އެވެ. މިހާރު "2 އޮފް އަސް" ބޭންޑުގައި ތިބީ އަދުހަމްގެ އިތުރުން އަބްދުﷲ ޝަމްރޫހް އެވެ.

ޖަޝީމް، ހިސާމް އަދި ނަސޫހު ވެސް ބޭންޑުން ވަކިވެ ނެރުނު ބަޔާނުގައި ވަނީ ފައިސާގެ މުއާމަލާތްތަކުގެ ވާނުވާ ނޭނގުމާއި ބޭންޑުގެ މެމްބަރުންނަށް ބަރާބަރަށް ފައިސާ ނުދޭ ކަމުގެ ތުހުމަތެވެ.

2 އޮފް އަސްވިޒިޓް މޯލްޑިވްސްއަހްމަދު އަދުހަމްއިބްރާހިމް ޝިއުރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

30 ޖެނުއަރީ 2026
މި އަހަރުގެ ގޯލްޑަން ގްލޯބްސް ގައި ރާއްޖެ!

މި އަހަރުގެ ގޯލްޑަން ގްލޯބްސް ގައި ރާއްޖެ!

12 ޖެނުއަރީ 2026
ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އިން ލިވަޕޫލް އަށް ކުރާ ޚަރަދު ސިއްރު!

ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އިން ލިވަޕޫލް އަށް ކުރާ ޚަރަދު ސިއްރު!

30 ޑިސެމްބަރު 2025
ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި

ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި

09 ނޮވެމްބަރު 2025
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު