Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ގްލޯބަލް އެވޯޑްސް

މި އަހަރުގެ ގޯލްޑަން ގްލޯބްސް ގައި ރާއްޖެ!

މި އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑްސްގެ ހަދިޔާ ދަބަހުގައި ރާއްޖޭގެ އެންމެ މަޝްހޫރު ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހިމަނައިފި. ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15.4 މިލިއަން ރުފިޔާ) ގެ އަގުހުރި މި ގިފްޓް ބޭގް ދީފައި ވަނީ އެވޯޑް ހާސިލްކުރި ފަރާތްތަކަށް. "ދަ އަލްޓިމޭޓް ގިފްޓް ބޭގް" ގެ ނަމުން ނަންދީފައިވާ މި ހަދިޔާ ދަބަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ އަގުބޮޑު މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތު ހިމެނޭ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަންޒިލަކީ ދިވެހިރާއްޖެ.

އަލް - ހުރަވީ
އަލް - ހުރަވީ, ރާއްޖެ އެމްވީ | 12 ޖެނުއަރީ 2026 | ހޯމަ 08:46
2026 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސް ގިފްޓް ބޭގް - އެޓްލާސް ބެސްޕޯކްގެ ސިގްނެޗާ ޑަފަލް ބޭގް.

2026 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސް ގިފްޓް ބޭގް - އެޓްލާސް ބެސްޕޯކްގެ ސިގްނެޗާ ޑަފަލް ބޭގް. | ނިއު ޔޯކް ޓައިމްސް

މި އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑްސްގެ ހަދިޔާ ދަބަހުގައި ރާއްޖޭގެ އެންމެ މަޝްހޫރު ތިން ރިސޯޓެއްގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހިމަނައިފިއެވެ. ގާތްގަނޑަކަށް އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15.4 މިލިއަން ރުފިޔާ) ގެ އަގުހުރި މި ގިފްޓް ބޭގް ދީފައިވަނީ އެވޯޑް ހާސިލްކުރި ފަރާތްތަކަށާއި އެވޯޑް ހަވާލުކޮށްދިނުމަށް ސްޓޭޖަށް އެރި މަޝްހޫރު ފަންނާނުންނަށެވެ.

"ދަ އަލްޓިމޭޓް ގިފްޓް ބޭގް" ގެ ނަމުން ނަންދީފައިވާ މި ހަދިޔާ ދަބަހުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންމެ އަގުބޮޑު މަންޒިލްތަކަށް ދަތުރުކުރުމުގެ ފުރުސަތު ހިމެނެއެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަންޒިލަކީ ދިވެހިރާއްޖެ އެވެ.

މި ފަހަރުގެ ގިފްޓް ބޭގްގައި ރާއްޖޭގެ ތިން ރިސޯޓަކުން އަގުބޮޑު ޕެކޭޖްތަކެއް ވަނީ ހިމަނާފައެވެ. އެއީ:

  1. ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ: މި ރިސޯޓުގެ "ދަ ރެޒިޑެންސް" (ހަ ކޮޓަރީގެ ވިލާއެއް) ގައި ތިން ރޭ ހޭދަކޮށްލުމުގެ ފުރުސަތު. މިއީ ގާތްގަނޑަކަށް 80،000 ޑޮލަރު (1.2 މިލިއަން ރުފިޔާ) ގެ އަގުހުރި ދަތުރެކެވެ. މި ޕެކޭޖް އެވޯޑު ލިބުނު ފަސް މީހަކަށް ލިބިފައިވެއެވެ.
  2. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް: ދުނިޔޭގެ ފުރަތަމަ ކަނޑުއަޑީގެ ރެސިޑެންސް ކަމަށްވާ "ދަ މުރަކަ" ގައި ދެ ރޭ އަދި ރަންގަލި އޯޝަން ޕެވިލިއަންގައި ދެ ރޭ ހޭދަކޮށްލުމުގެ ފުރުސަތު. މި ޕެކޭޖުގެ އަގަކީ 70،000 ޑޮލަރު (1 މިލިއަން ރުފިޔާ) އެވެ. މި ޕެކޭޖް އެވޯޑު ލިބުނު ފަސް މީހަކަށް ލިބިފައިވެއެވެ.
  3. ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި: މި ރިސޯޓުގެ ގްރޭންޑް އޯވަރވޯޓަރ ވިލާއެއްގައި ތިން ރޭ ހޭދަކޮށްލުމުގެ ފުރުސަތު. މިއީ 26،000 ޑޮލަރު (400،000 ރުފިޔާ) ގެ އަގުހުރި ދަތުރެކެވެ. މި ޕެކޭޖް އެވޯޑު ލިބުނު ހަ މީހަކަށް ލިބިފައިވެއެވެ.

މި އަގުބޮޑު ހަދިޔާތައް ލިބޭ ފަރާތްތަކުގެ ތެރޭގައި ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން ހިމެނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަންނާނުންގެ މެދުގައި އިޝްތިހާރުވެ، މަގުބޫލުކަން އިތުރުވެގެންދާނެ ކަމެއްގެ ގޮތުގައި ބެލެވެ އެވެ.

Your browser does not support the video tag.

ގޯލްޑަން ގްލޯބްސްގެ ގިފްޓް ބޭގްގައި ރާއްޖޭގެ ދަތުރުތަކުގެ އިތުރުން ނިއުޒީލެންޑާއި، ތައިލެންޑް އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކުގެ ދަތުރުތަކާއި، އަގުބޮޑު ޖަވާހިރު ވެސް ހިމެނެއެވެ.

ރާއްޖޭގެ ރިސޯޓްތަކުން ހުށަހަޅާފައިވާ ޕެކޭޖްތަކަކީ މި ދަބަހުގައި ހިމެނޭ އެންމެ އަގުބޮޑު އަދި އެންމެ ޝަރަފުވެރި ހަދިޔާތަކުގެ ގޮތުގައި ހިމެނޭއިރު މިކަމުގައި ވިޒިޓް މޯލްޑިވްސް ގެ (ކުރީގެ އެމްއެމްޕީއާރސީ) އެއްވެސް ބައިވެރިވުމެއް ނެތްކަން ފާހަގަކުރެވެ އެވެ.

ވިޒިޓް މޯލްޑިވްސްގޯލްޑަން ގްލޯބް އެވޯޑްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަގުވެއްޓި، ނަން ކިލަނބުވަމުންދާތީ އެމްބެސެޑަރުކަމުން ޓޫ އޮފް އަސް ސަސްޕެންޑްކޮށްފި

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އަގުވެއްޓި، ނަން ކިލަނބުވަމުންދާތީ އެމްބެސެޑަރުކަމުން ޓޫ އޮފް އަސް ސަސްޕެންޑްކޮށްފި

04 ފެބުރުއަރީ 2026
އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

އދ. ދިގުރަށުގައި ފަތުރުވެރިންނަށް ޚާއްސަ ގޮނޑުދޮށަށް ނަޖިސް ބޭރުވާ މަންޒަރު ފެންނަ ވީޑިއޯ އަކަށް މިލިއަނުން ވިއުސް، އިދާރާތައް ހަނު!

30 ޖެނުއަރީ 2026
ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އިން ލިވަޕޫލް އަށް ކުރާ ޚަރަދު ސިއްރު!

ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އިން ލިވަޕޫލް އަށް ކުރާ ޚަރަދު ސިއްރު!

30 ޑިސެމްބަރު 2025
ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި

ކެޓްރީނާ އަށް ދަރިޔަކު ލިބިގެން މުއިއްޒު ސަރުކާރުން މަރުހަބާ ކިޔައިފި

09 ނޮވެމްބަރު 2025
ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި

ވިޒިޓް މޯލްޑިވްސްގެ ބޯޑަށް ސަބީހާ އަޙްމަދު ޢައްޔަންކުރައްވައިފި

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

4 ޖޫން
ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި
20251 އަހަރު ކުރިން
އިސްލާމް

ދީނުގެ ތެރެއަށް ގެންނަ އައު ކަންކަން ބަލައިނުގަތުމަށް އަރަފާތު ޚުތުބާ ގައި ގޮވާލައިފި

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ މަގާމުން އިސްތިއުފާ ދެއްވައިފި

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

ރޮނާލްޑޯގެ ޓީމު ރެލިގޭޓްވެއްޖެ

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!
20224 އަހަރު ކުރިން
ކޮލަމް

މީގެ 70 އަހަރުކުރިން އިނގިރޭސީންގެ ރަސްކަމުގެ ތަޚުތަށް ރާނީ، އިސްވެވަޑައިގަތުމުގެ މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުން!

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟
20215 އަހަރު ކުރިން
ރިޕޯޓު

ސަލާމަތްވާން ލިއުޝާ ވަރަށް މަސައްކަތްކުރި، އެންޑީއޭގެ ޒިންމާކޮބާ؟

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ފިރިމީހާ، ލިއަމްއާ އެކު ހިނގާފައި ދަނިކޮށް މައިލީ ސައިރަސް ގަޔަށް އަތްލާ ފުރައްސާރަކޮށްފި

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!
20188 އަހަރު ކުރިން
ރާއްޖެ

ނިހާން އިންޑިއާއަށް ވަޑައިގަތުމުން އެޤައުމަށް ނާރުވާ ބޭރުކޮށްލައިފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު