Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަރަބިއްޔާ ސްކޫލުގެ މައްސަލަ

އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދެރަ ގޮތެއް ނުވާނެ، އެސްކޫލް އުވާލާކަށް ނޫޅެން: އެޑިޔުކޭޝަން މިނިސްޓަރު

ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ޗޮއިސްއެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ޑިސެމްބަރު 2021 | އާދީއްތަ 17:59
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީޑިއާތަކަށް މައުލޫމާތުދެއްވަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީޑިއާތަކަށް މައުލޫމާތުދެއްވަނީ

އަރަބިއްޔާ ސްކޫލު ދަރިވަރުންނަށް ދެރަ ގޮތެއް ނުވާނެ ކަމަށާއި، އެ ސްކޫލް އުވާނުލާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. މި ނިންމުމާއެކު ގިނަ އަދަދެއްގެ ބެލެނިވެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި މިހަހުގެ 17 ވީ ހުކުރު ދުވަހުގެ ހަވީރު ބެލެނިވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމަށްފަހު، ކޮންމެ ދުވަހެއްގެ ހަވީރު އަރަބިއްޔާ ސްކޫލު ދޮށަށް އެއްވެ ދަނީ މުޒާހަރާ ކުރަމުންނެވެ.

Advertisement - newsAdvertisement

މައްސަލަ ގޯސްވެފައިވަނިކޮށް، އާދިއްތަ ދުވަހު މިނިސްޓަރު ވަނީ އަރަބިއްޔާ ސްކޫލަށް ވަޑައިގެން އަރަބިއްޔާގެ ޕޭރެންޓް ޓީޗަރސް އެސޯސިއޭޝަން (ޕީޓީއޭ)އާއެކު ބައްދަލުވުމެއް ބާއްވަވާފައެވެ.

މިބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށް ނިންމާފައިވާ ނިންމުން ބަދަލުނުކުރާ ކަމަށާއި، އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ދެރަ ގޮތެއް ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މާލެއިން އަރަބިއްޔާއަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ހަފުތާގެ ތެރޭގައި އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ބެލެނިވެރިން "ސޭވް އަރަބިއްޔާ"ގެ ނަމުގައި ކެމްޕެއިންއެއް ކުރިއަށް ގެންދާތީ އެކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލު އުވާލުމަށް މަސައްކަތް ނުކުރައްވާކަމަށެވެ.

އިއްޒުއްދީން ސްކޫލަށް އަރަބިއްޔާ ދަރިވަރުން ނުފޮނުވާނެ ކަމަށް ބެލެނިވެރިން ބުނާބުނުމަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ، ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ބެލެނިވެރިންނަށް އޮތް ޗޮއިސްއެއް ނޫން ކަމަށެވެ. އަދި އިއްޒުއްދީން ސްކޫލުގައި އަރަބިއްޔާގެ ދަރިވަރުން ކިޔަވަމުންދާނީ ވަކިން ކަމަށާއި، އެއްކޮށް ނުލާނެ ކަމަށެވެ. އެއް އިމާރާތެއް ވަކިން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ބުނެފައިވަނީ، އިއްޒުއްދީން ސްކޫލަށް ކުދިން ނުފޮނުވާނެ ކަމަށާއި، އަރަބިއްޔާގެ ދަރިވަރުންނަށް އިހުމާލުވެ މަގުމަތިކޮށްފައިވާ ކަމަށެވެ. އިނގިރޭސި މީޑިއަމަށް ކިޔަވައިދޭ ސްކޫލެއްގެ ތެރޭގައި އަރަބި މީޑިއަމްގެ ދަރިވަރުން ކިޔެވައިދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެކަމުގެ ސަބަބުން ދަރިވަރުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ނަމަވެސް އިއްޒުއްދީންގެ ދަރިވަރުން އެހެން ސްކޫލަކަށް ބަދަލު ކުރުމަށްފަހު އިމާރާތް އެއްކޮށް އަރަބިއްޔާއަށް ޚާއްސަކޮށްފިނަމަ ދަރިވަރުން ފޮނުވާނެކަމަށް ބެލެނިވެރިން ބުނެއެވެ.

ޖެނުއަރީ މަހުގެ 16ގައި ފަށާ ދިރާސީ އަހަރުގެ ދެ ވަނަ ޓަރމް ފެށޭއިރު، ދާއިމީ ހައްލެއް ލިބެންދެން "ސޭވް އަރަބިއްޔާ"ގެ ކެމްޕެއިން ކުރިއަށްދާނެކަމަށް ބެލެނިވެރިން ބުނެއެވެ.

އަރަބިއްޔާ ސްކޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

22 ނޮވެމްބަރު 2023
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

20 ނޮވެމްބަރު 2023
ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ބުނެފައި ނުވާނެ، ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: އަރަބިއްޔާ ސްކޫލު

ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ބުނެފައި ނުވާނެ، ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: އަރަބިއްޔާ ސްކޫލު

08 އެޕްރީލު 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު