Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިންގެ ދުވަސް

ބޮޑުކަންނެލީގެ މަސްވެރިކަމުން ނަފާވާނީ ރާއްޖޭގައި ޕްރޮސެސް ކުރުން އިތުރު ކުރެވިގެން - ރައީސް

10 ޑިސެމްބަރު 2021 | ހުކުރު 17:37

އޮއިވާލި ކަނދުފަނތި ވުޖޫދުވީ ހިސާބުން ފެށިގެން ރާއްޖޭގައި މިހާތަނަށް އެޅިފައިވަނީ 56 ކަނދުފަތި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 ޑިސެމްބަރު 2021 | ހުކުރު 17:37
ބޮޑު ކަންނެލި މަސްވެރިން ކުރިއަށްގެންދިޔަ މުޒާހަރާގައި ރައީސް ބައިވެރިވެވަޑައިގެންނެވުން

ބޮޑު ކަންނެލި މަސްވެރިން ކުރިއަށްގެންދިޔަ މުޒާހަރާގައި ރައީސް ބައިވެރިވެވަޑައިގެންނެވުން

ހަގީގަތުގައި ބޮޑުކަންނެލީގެ މަސްވެރިންނަށްވެސް ނަފާ އިތުރު ކުރެވޭނީ އެކުވި-އަގުގެ އުފެއްދުންތެރިކަން އިތުރުކުރެވިގެން ކަމަށާއި, ރާއްޖޭގައި ޕްރޮސެސް ކުރުން މަތިކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މަސް ޕްރޮސެސް ކުރުމަށްޓަކައި ކަނޑުއޮތްގިރި އިތުރަށް ތަރައްގީކޮށް، ސްޓޯރޭޖާއި ޕެކޭޖިންގ ކެޕޭސިޓީ އިތުރުކުރުމަށް އަންނަނީ ތައްޔާރުވަމުން ކަމަށާއި, މި މަސައްކަތް ނިމުމުން އަމިއްލަ ފަރާތްތަކަށް މި ފެސިލިޓީގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރުމަށް ޕެކޭޖިންގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. 

Advertisement - newsAdvertisement

މަސްނުކިރެނީ ކިރާމަސް ފިނިކޮށް ޕްރޮސެސް ކުރާނެ ޖާގަ ފުލްވާތީ ކަމަށް މަސްވެރިން ކުރަމުން އައި ޝަކުވާ މަދުވެގެންދާނެ ގޮތަކަށް މަސައްކަތް ބަށްޓަން ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ, ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާއިރު، ވަގުތީ ހައްލުތަކެއް ވެސް ގެނެވިއްޖެ ކަމަށާއި, މިފްކޯއަށް މަސް ގަތުމުގެ ކެޕޭސިޓީ މިހާރު ވަނީ އިތުރުކުރެވިފައި ކަމަށެވެ.

ދުވާލަކު 100 ޓަނު މަސްފިނި ކުރެވޭ، އަދި 300 ޓަނު މަސް ސްޓޯރ ކުރެވޭ ބޯޓެއް މުޅިން އަލަށް ހޯދާ ވަނީ ޚިދުމަތަށް ނެރެން ތައްޔާރުވެފައި ކަމަށާއި, އަދި މަސް އެކްސްޕޯރޓް ކުރުމަށް 2400 ޓަނުގެ ރީފާރ ކެރިއަރެއް ގަނެ، މިފްކޯއިން ވަނީ ދާދިފަހުން ރާއްޖެ ގެނެސްފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ, މިއަހަރުގެ ތިންވަނަ ކުއަރޓަރގެ ނިޔަލަށް މަހުގެ އެކްސްޕޯރޓް ވެސް މިވަނީ ބޮޑު ކުރިއެރުމެއް ހޯދާފައި ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ މި މިމުއްދަތާ އަޅާ ބަލާއިރު، ދިވެހިރާއްޖެއިން މަސް އެކްސްޕޯޓްކޮށްފައިވާ މިންވަރު 37.9 އިންސައްތައަށް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

އައިސް އަޅައިގެން ނުވަތަ ކޯލްޑް ސްޓޯރޭޖްގައި މަސްބެހެއްޓެނީ އަދި އެކްސްޕޯރޓް ކުރެވެނީ ވެސް މަސްބޭނިގެން ކަމަށާއި, މަސްބޭނުމަށްޓަކާ އޮއިވާލި ކަނދުފަތީގެ މުހިންމު ކަމާ، އެކަމަށް މަސްވެރިން އެދެމުންދާ ދިއުމަށް ސަރުކާރުން އިޖާބަދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ކަނދުފަތީގެ ފަސޭހަތަކާ އޭގެސަބަބުން ތެލަށް ކުރާޚަރަދު ލުއިވާ މިންވަރު ބޮޑު ކަމަަށެވެެ.

އޮއިވާލި ކަނދުފަނތި ވުޖޫދުވީ ހިސާބުން ފެށިގެން ރާއްޖޭގައި މިހާތަނަށް އެޅިފައިވަނީ 56 ކަނދުފައްޗެވެ. ރައީސް ވިދާޅުވީ, 56 ކަނދުފަތީގެ މިވިއުގައަށް 30 ކަނދުފަތި އިތުރުކޮށް، ޖުމްލަ 86 އޮއިވާލި ކަނދުފަތިން މަސްކަނޑުތައް ގަތާލާ ގުޅާލުމަކީ، އަމާޒެއް ކަމުގައެވެ. މި މަސައްކަތް އަންނަ އަހަރު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ދެމެހެއްޓެނިވި މަސްވެރި ދިވެހިރާއްޖެއަކަށް، ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށާއި, ކުރެވެން ހުރި ކަންކަމާ، އެކުވި-އަގުގެ އުފެއްދުންތައް ފުޅާކުރެވޭނެގޮތްތައް ދެނެގަތުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. މަސްވެރިކަން، އިތުރުކޮށް އައު މާކެޓްތަކަށް އުފުލާލާ ހުޅުވާލުމުގެ ފުރުސަތުތައް ހޯދުމުގެ މަސައްކަތްތައް ނޫ-ރާއްޖެ ޕްރޮގްރާމް މެދުވެރިކޮށް ކުރިޔަށްދާ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ކޯވިޑް-19 ގެ ޢާލަމީ ބަލިމަޑުކަމުން އާމްދަނީ ދަށްވި މަސްވެރި ފަރާތްތަކަށް އިންކަމް ސަޕޯރޓް އެލަވެންސް ސަރުކާރުން ދީފައިވާ ކަމަށާއި, ކަޅުބިލަ މަހާއި ބޮޑު ކަންނެލީގެ ސިނާޢަތުގެ 98 ފަރާތަކަށް 1.2 މިލިއަން ރުފިޔާގެ އެހީވެވުނު ކަމަށް ރައީސް ވިދާޅުވިއެވެ. ފަރުމަހުގެ މަސްވެރިކަން ކުރާ 1394 ފަރާތަކަށް ޖުމްލަ 30 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ސަރުކާރުން ދީފައިވެއެވެ. އަދި ހުއިފިލަނޑައާއި އިހީގެ ފަރުވެރިކަމުގައި އުޅުނު 362 ފަރާތަކަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ސަރުކާރުން ދޫކޮށްފައިވެއެވެ. މިއާއެކު 1854 ފަރާތަށް ޖުމްލަ 39.3 މިލިއަން ރުފިޔާގެ އެހީ ސަރުކާރުން ވަނީ ފޯރުކޮށްދީފައެވެ. ބޮޑުކަންނެލީގެ މަސްގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯން ސަރުކާރުން ދީފައިވެއެވެ.

އެސްޑީއެފްސީ މެދުވެރިކޮށް، މަސްވެރިކަމުގައި ހަރަކާތްތެރިވާ 102 ފަރާތަކަށް 144.3 މިލިއަން ރުފިޔާގެ ލޯން މިހާތަނަށް ސަރުކާރުން ވަނީ ދޫކޮށްފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވަނީ މިދިޔަ އަހަރު އެންމެ ގިނައިން ބޮޑު ކަންނެލި ކިރާފައިވާ ދޯނިތަކަށް ޚާއްސަ ހަނދާނީ ފިލާވެސް ދީފައެވެ.  

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
13 ފެބުރުއަރީ 2017

އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން

13 ފެބުރުއަރީ 2017
އެންމެ ރަނގަޅަށް ދުސްތޫރެއް ހިންގަނީ ރާއްޖޭގައި: ރައީސް ޔާމީން
12 ފެބުރުއަރީ 2017

ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ

12 ފެބުރުއަރީ 2017
ބްރިޓިޝް ކައުންސިލްގެ ކޮންސެޕްޓަށް ރާއްޖޭގައި އަރަބި ބަސް އުނގަނައިދިނުމުގެ މަޝްރޫޢުއެއް ފަށަނީ
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް