Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

އަނެއްކާވެސް ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު، އައު ރެކޯޑެއް

7 ޑިސެމްބަރު 2021 | އަންގާރަ 12:12

މިމަހުގެ 5 ވަނަ ދުވަހު 6،269 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 ޑިސެމްބަރު 2021 | އަންގާރަ 12:12
ފަތުރުވެރިން

ފަތުރުވެރިން

މިމަހުގެ 5 ވަނަ ދުވަހު ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 5 ވަނަ ދުވަހު 6،269 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށެވެ. މިއީ 2020 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން, އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ދުވަސް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މި ރެކޯޑު މުގުރާލުމުގެ ކުރިން އެންމެ ގިނަ ފަތުރުވެރިން އައިސް ރެކޯޑު ހަދާފައިވަނީ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަހު 6،172 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 1،177،905 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިމަހުގެ 1އިން 4އަށް ރާއްޖެ އައިސްފައިވަނީ 20،252 ފަތުރުވެރިންނެވެ.

މިއަހަރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ނޮވެމްބަރު މަހުއެވެ. އެއީ 144،725 ފަތުރުވެރިންނެވެ. ނޮވެމްްބަރު މަހު ދުވާލަކު 4،824 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮގަސްޓު މަހުއެވެ. އެއީ 143،599 ފަތުރުވެރިންނެވެ. އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 4،632 ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެ އިތުރުން އޮކްޓޯބަރު މަހު 142،066 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އެމަހު ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 4،583 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަމުންދަނީ އިންޑިއާ މާކެޓުންނެވެ. އިންޑިއާ މާކެޓުން އަންނަ ފަތުރުވެރިންގެ 22.5 އިންސައްތަ ހިއްސާ އޮންނައިރު، ކޮވިޑް-19ގެ ކުރިން އިންޑިއާ މާކެޓުގެ އޮތީ ލިސްޓުގެ ދެވަނައިގައެވެ. ކޮވިޑް-19ގެ ފަހުން ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދަނީ ރަޝިއާ މާކެޓުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. ރަޝިއާ މާކެޓުން އަންނަ ފަތުރުވެރިން 17.6 އިންސައްތަ ހިއްސާކުރާއިރު، ކޮވިޑް-19ގެ ކުރިން ރަޝިއާ އޮތީ ހަވަނައިގައެވެ. މިވަގުތު ތިންވަނައިގައި އޮތީ ޖަރުމަނު މާކެޓެވެ. އެ މާކެޓުން އަންނަ ފަތުރުވެރިންގެ 7.2 އިންސައްތަ ހިއްސާ އޮތްއިރު، ކޮވިޑް-19ގެ ކުރިން މި މާކެޓު އޮތީ 4 ވަނައިގައެވެ.

މީގެ އިތުރުން ފަތުރުވެރިންގެ އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން 911 ތަނަކުން ގެންދަނީ ޚިދުމަތް ދެމުންނެވެ. އެއީ 597 ގެސްޓްހައުސްއާއި، 144 ސަފާރީއާއި، 160 ރިސޯޓު އަދި 10 ހޮޓެލްއެވެ. މި 911 ތަނުގައި ޖުމްލަ 52،024 ބެޑް ކެޕޭސިޓީ އެބަހުރި ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

20 އޯގަސްޓު 2017

ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!

20 އޯގަސްޓު 2017
ކަލިނަރީ ޗެލެންޖުގެ އެންމެ ގިނަ އެވޯޑް ބަރޮސް މޯލްޑިވްސްގެ ޝެފުންނަށް!
18 ޖުލައި 2017

ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ

18 ޖުލައި 2017
ވެމްކޯގެ ސަބަބުން ގިނަ ފަރާތްތަކަކަށް ދަނީ އޮޅުން އަރަމުން: ވީއޭއެމްކޯ
11 ޖޫން 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!

11 ޖޫން 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވްގައި 50 ވުރެ ގިނަ މީޑިއާ އަދި ޑައިވް އޮޕަރޭޓަރުން!
08 ޖޫން 2017

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

08 ޖޫން 2017
އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
31 މާރިޗު 2017

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
12 ފެބުރުއަރީ 2017

ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ

12 ފެބުރުއަރީ 2017
ބީއެމްއެލް ގިފްޓް ކާޑެއް ހޯދާލަން ފަސޭހަ ވެއްޖެ، ގިނަ ފިހާރަތަކުން ލިބޭނެ
12 ފެބުރުއަރީ 2017

އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި

12 ފެބުރުއަރީ 2017
އެންމެ ގިނަ ޑޭޓާ ހިމެނޭ ދެ ޕެކޭޖް ދިރާގުން ތައާރަފުކޮށްފި
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް