Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫ

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

ކުއިކް ކައުންޓަރތަކެއް ވަނީ ޤާއިމްކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 އެޕްރީލު 2017 | ބުރާސްފަތި 22:59
އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވުން

އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވުން

އުރީދޫ މޯލްޑިވްސް އިން މުޅިން އައު އެކްސްޕީރިއަންސް ސެންޓަރ އެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ނިރޮޅުމަގުގައި އަލަށް މި ހުޅުވި އުރީދޫ އެކްސްޕީރިއަންސް ސެންޓަރ (އޯއީސީ) ފަރުމާކުރެވިފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް، ހުޅުމާލޭގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށް ކަމަށް އެކުންފުނިން ބުންޏެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އުރީދޫގެ އާ އޯއީސީ ހުޅުމާލެ ހުޅުއްވައިދެއްވީ އުރީދޫގެ އެމްޑީ ވިކްރަމް ސިންހާ އާއި އުރީދޫގެ ސީއީއޯ ނަޖީބް ޚާން އަދި އުރީދޫގެ ކަސްޓަމަރ ކެއަރ ހެޑް ގުލްނާޒް މާހިރުއެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކަށް އެކަށޭނެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫގެ އާ އެކްސްޕީރިއަންސް ސެންޓަރ ހުޅުމާލޭގައި ހުޅުވުމަކީ، ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫގެ މި ފިހާރައިގައި، ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ފޯރުކޮށްދޭ ސެލްފް-ކެއާ ޕޯޓަލްތަކެއް ހިމެނޭނެ އެވެ. އަދި ކަސްޓަމަރުންނާ މަޝްވަރާކޮށްގެން ސީދާ ޚިދުމަތް ފޯރުކޮށްދިނުމަކީ މުހިއްމު ކަމެއްކަމުގައި ޤަބޫލުކުރުމާއެކު، އެންމެ ފުރިހަމައަށް މިޚިދުމަތްވެސް ފޯރުކޮށްދެވެމުން ދާނެ ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

މި އައު އެކްސްޕީރިއެންސް ސެންޓަރ އިން، އުރީދޫގެ ކަސްޓަމަރ ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ އުރީދޫ ވެދުން އިން ލިބިގެންދާ ޕޮއިންޓްތައް ރިޑީމްކުރުމުން، އޭގެ ބަދަލުގައި ވަރަށް ޚާއްޞަ، ފައިދާހުރި އިނާޔަތްތައް ހޯދޭނެއެވެ.

އަދި ކުދި ކުދި ކަންކަމުގައި، އެއްވެސް ކިއު އެއްގައި މަޑުކުރުމަކާއި ނުލާ ޚިދުމަތް ފޯރުކޮށްދޭ ކުއިކް ކައުންޓަރތައް ހިމެނެއެވެ.

މީގެ އިތުރުން "އެކްސްޕީރިއަންސް ޒޯން" ގައި އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ޓެސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އޯއީސީ ހުޅުމާލޭގައި، ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރީމިއަމް ލައުންޖެއްވެސް ވަނީ ގާއިމްކުރެވިފައި ކަމަށް އުރީދޫއިން ބުންޏެވެ.

އެހެނިހެން އޯއީސީތަކާއި އެއްފަދައިން، ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު ނުވަގަޑި ސުންމިނިޓުން ފެށިގެން، ރޭގަނޑު ދިހައެއްގެ ނިޔަލަށް ޚިދުމަތްލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
31 މެއި 2017

އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި

31 މެއި 2017
އުރީދޫގެ ހިއްސާ ވިއްކުން ހުއްޓާލައިފި
28 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި

28 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ މުއްދަތު އިތުރުކޮށްފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު