Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއަމާނާ ތަކާފުލް

އަމާނާ ތަކާފުލް އިން އަނެއްކާވެސް ސާޕްލަސް ފައިސާ ބެހުމަށް ނިންމައިފި

އަމާނާ ތަކާފުލްގެ ޢާމްދަނީ 2016 ވަނައަހަރު ވަނީ 19 ޕަސެންޓް އިތުރުވެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 8 ޖޫން 2017 | ބުރާސްފަތި 21:29
އަމާނާ ތަކަފުލްގެ އަހަރީ އާންމު ޖަލްސާ

އަމާނާ ތަކަފުލްގެ އަހަރީ އާންމު ޖަލްސާ

އަމާނާ ތަކާފުލްގެ އިސްލާމީ އިންޝުއަރަންސް ޢުސޫލުގެ ތެރެއިން ރިސްކް ފަންޑުގައި ބައިވެރިވެފައިވާ ފަރާތްތަކަށް 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހަށް 13 ޕަސެންޓް ސާޕްލަސް ބެހުމަށް ހަމަޖައްސައިފިއެވެ.

އެގޮތުން 2016 ވަނައަހަރު ކްލެއިމެއް ހުށަހަޅާފައިނުވާ ހުރިހާ ފަރާތްތަކަކަށް ސާޕްލަސް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ތަކާފުލްގެ ކޮންޓްރިބިއުޝަން ފަންޑު ހިންގުމުގައި އަމާނާ ތަކާފުލްއިން ގެންގުޅޭ ހަރުދަނާ ޢުސޫލުތަކަކީ ފަންޑުގެ ބައިވެރިންނަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށްވާއިރު، ވޭތުވެދިޔަ އަހަރު ބަދަލުގެ ގޮތުގައި 33.2 މިލިއަން ދިވެހި ރުފިޔާ ރިސްކް ފަންޑުގެ ބައިވެރިން ތެރެއިން އެކިއެކި ހާދިސާތަކުގައި ގެއްލުންވި ފަރާތްތަކަށް ދޫކޮށްފައިވާ ކަމަށް އަމާނާ ތަކަފުލްއިން ބުންޏެވެ.

އެހެނިހެން އިންޝުއަރަންސް އާއި ތަކާފުލްގެ އެންމެ ބޮޑު ތަފާތަކީވެސް ތަކާފުލް ކޮންޓްރިބިއުޝަން ފަންޑެވެ. އެގޮތުން ރިސްކު ފަންޑުގެ ބައިވެރިންގެ މެދުގައި ބަހާލައިގެން ގެއްލުންލިބޭ ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ތަކާފުލް ފަންޑުގެ އެއް އަސާސެވެ.

ރިސްކު ފަންޑު ހިންގާ ކުންފުނިން ތަކާފުލް ފަންޑު ތެރެއިން ފައިސާ މެނޭޖުކޮށް ޝަރިޢާ ހުއްދަކުރާ ކަންކަމުގައި އިންވެސްޓުކޮށް، ގެއްލުންލިބޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ އަދި، އިތުރުވާ ފައިސާ ސާޕްލަސްގެ ގޮތުގައި ފަންޑުގެ ބައިވެރިންނަށް ތަކާފުލް ކޮންޓްރިބިއުޝަންގެ ނިސްބަތުން ބަހަމުން ގެންދާނެއެވެ.

ފަންޑު ހިންގާ ކުންފުންޏަށް ލިބޭ އުޖޫރައަކީ ތަކާފުލް ކޮންޓްރިބިއުޝަން ދައްކާއިރު ކަނޑައަޅާފައިވާ ފީއެކެވެ. މިފީއަކީ ކުންފުނީގެ ހިއްސާދާރުންގެ ފަންޑުގެ ތެރެއަށް ހިމަނަމުންގެންދާ ފައިސާއެކެވެ. އުޖޫރައިގެ ގޮތުގައި ނަގާ ފައިސާ އަކީ ރިސްކް ފަންޑާއި ވަކިން ބަލަހައްޓާ ފަންޑެކެވެ. އަދި، މިފަންޑުގެ ތެރެއިން ކުންފުނީގެ ހުރިހާ ޚަދަރަދެއް ބަލަހައްޓަމުން ގެންދާނެއެވެ.

އަމާނާ ތަކާފުލްގެ ޢާމްދަނީ 2016 ވަނައަހަރު ވަނީ 19 ޕަސެންޓް އިތުރުވެފައެވެ. އަދި، މިއީ އަމާނާ ތަކާފުލްގެ ތާރީޚުގައި 100 މިލިއަން ރުފިޔާގެ ޢާމްދަނީ އެއްއަހަރު ދުވަހުގެ ވިޔަފާރިން ހޯދުނު ފުރަތަމަ އަހަރުވެސް މެއެވެ.

އަމާނާ ތަކާފުލް މޯލްޑިވްސް (ޕލކ) އަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިސްލާމީ އިންޝުއަރަންސް ތަޢާރަފުކޮށް އަދި ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްގެން ޚިދުމަތް ދެމުންދާ ހަމައެކަނި އިންޝުއަރަންސް ކުންފުންޏެވެ.

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި

02 އޮކްޓޯބަރު 2017
އެލް މޯބައިލްގެ އައު ފިހާރައެއް އަނެއްކާވެސް ހުޅުމާލޭގައި ހުޅުވައިފި
25 ޖޫން 2017

ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!

25 ޖޫން 2017
ޕްރޮމޯޝަންގެ ނަމުގައި އޮޅުވާލައިގެން ބޭންކު އެކައުންޓުގެ މަޢުލޫމާތާއި ފައިސާ ހޯދާ މައްސަލަ ފެންމަތިވެއްޖެ!
23 މެއި 2017

ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި

23 މެއި 2017
ދެ ރުފިޔާގެ އާ ލުއި ފައިސާ ފޮތި ޖަހައިގެންގެނެސް ހަޒާނާގައި ރައްކާކޮށްފި
23 މެއި 2017

އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި

23 މެއި 2017
އަޔާދީ ތަކާފުލްގެ އޮންލައިން ހިދުމަތް ތައާރަފުކޮށްފި
16 މެއި 2017

އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި

16 މެއި 2017
އަމާނާ ތަކާފުލްގެ "ކަށަވި" އިންޝުއަރެންސް ޕްރޮޑަކްޓް ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު