Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެވެށި އަނިޔާ

ގެވެށި އަނިޔާ ލިބޭ މީހުންގެ 75 އިންސައްތައަކީ އަންހެނުން

5 ޑިސެމްބަރު 2021 | އާދީއްތަ 07:36

ކޮންމެ ދުވަހަކީވެސް ކޮންމެވެސް މީހަކަށް މިފަދަ އަނިޔާތަކެއް ލިބެމުންދާ ދުވަހެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 5 ޑިސެމްބަރު 2021 | އާދީއްތަ 07:36
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އިބްރާހިމް ޠައްޔިބު

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އިބްރާހިމް ޠައްޔިބު

ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ނިސްބަތްވީތީ އަނިޔާ ލިބޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ މީހުންނަކީ އަންހެނުންނާ، އަންހެން ކުދިން ކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ސީއީއޯ އިބްރާހިމް ތައްޔިބު ވިދާޅުވެއްޖެއެވެ.

ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށް ނިސްބަތްވީތީ ލިބޭ އަނިޔާއާ ދެކޮޅަށް ހިންގާ ކެމްޕެއިނުގެ ޓްރެއިނަރުން ތަމްރީނުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ތައްޔިބު ވިދާޅުވީ ކޮންމެ ދުވަހަކީވެސް ކޮންމެވެސް މީހަކަށް މިފަދަ އަނިޔާތަކެއް ލިބެމުންދާ ދުވަހެއް ކަމަށެވެ. އަދި މިދިޔަ އަހަރާ، މިއަހަރުގެ މިހާތަނަށް ހެދިފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިފަދަ އަނިޔާ ލިބޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 75 އިންސައްތަ މީހުންނަކީ އަންހެނުންނާ، އަންހެން ކުދިން ކަމަށެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޒިފްނީނާ ހަސަން ވިދާޅުވީ އެފްޕީއޭއިން މިނިސްޓްރީއާ ގުޅިގެން މިފަދަ ޕްރޮގްރާމެއް ހިންގުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި މިފަދަ ޓްރެއިނިން ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީއާ، މިނިސްޓްރީގެ ދަށުން ހިނގާ އެކިއެކި އިދާރާތަކުގައި މަސައްކަތް ކުރައްވާ ކޭސް ވޯކަރުންގެ މައުލޫމާތާ ހުނަރު އިތުރުކުރުން ކަމަށެވެ. ހަމައެހެންމެ މި ޕްރޮގްރާމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން އަވަހަށް ފޯރުކޮށްދޭނެ އިންތިޒާމުތައް ތަރުތީބު ކުރެވިގެންދާނެ ކަމަށެވެ.

އެއީ އެ އަނިޔާ ތަހައްމަލުކުރާ މީހުނަށް ކުރާ އަސަރު އެންމެ ގާތުން ފެންނާނީ ނުވަތަ އަނިޔާ ލިބޭ ކަމުގެ ނިޝާންތައް ފާހަގަ ކުރެވޭނީ އެމީހުންނަށް ކަމަށް ވާތީ ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީއަށް ހުށަހެޅޭ ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށް އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ރައްކާތެރި ކުރުމުގެ އަމުރު ލިބުމުގައާ، ވަރިވުމަށް އެދޭ ހާލަތުގައި އެ މަސައްކަތް ދިގުދެމިގެން ދިއުން ކަމަށް ޒިފްނީން ފާހަގަކުރެއްވިއެވެ. އަދި މި ދިގުލައިދިއުމުގެ ސަބަބުން އަނިޔާވެރި އަމަލުތަކުގެ ތެރޭގައި އުޅުމަށް މަޖުބޫރު ވެގެންދާ ހާލަތުވެސް އަންނަ ކަމަށެވެ.

އެހެންކަމުން ގާނޫނު ތަންފީޒުކޮށް، އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ލިބޭނެ މަގު އަވަސް ކުރުމަށް ކޭސް ވޯކަރުންގެވެސް މުހިންމު ދައުރެއް އެބައޮތް ކަމަށް ޒިފްނީން ވިދާޅުވިއެވެ. ޚާއްސަކޮށް ރިސްކް ހުރި މިންވަރު ބެލުމާ، ރައްކާތެރިކަމުގެ ޕްލޭންތައް މިހާރަށްވުރެ ހަރުދަނާކޮށް އެކުލަވާލާ ތަންފީޒު ކުރެވޭނެ ގޮތް ހޯދުން މުހިންމު ކަމަށެވެ.

ޒިފްނީން ވިދާޅުވީ މި ޕްރޮގްރާމުގެ ތެރޭގައި މިފަދަ ކަންތައްތައް އިތުރަށް ހަރުދަނާ ކުރާނެ ގޮތްތަކެއް ކިޔަވައިދެވިގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން މި މަސައްކަތަށް ރަނގަޅު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީ

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''

24 ނޮވެމްބަރު 2025
''އަޅުގަނޑުގެ ދަރިން ހަލާކުކޮށްލި ފަރާތަކީ ޖެންޑާ މިނިސްޓްރީ''
28 ސެޕްޓެމްބަރު 2025

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ

28 ސެޕްޓެމްބަރު 2025
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 80ށް ވުރެ ގިނަ މައްސަލަ ރިޕޯޓުކޮށްފައިވޭ
18 މާރިޗު 2025

ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި

18 މާރިޗު 2025
ކުޑަކުއްޖެއްގެ ކަރާމާތް ނަގާލާފައިވާތީ ސާޖިދާ އާއި އާޒިމާގެ މައްސަލަ ޖެންޑަރ މިނިސްޓްރީ އަދި ފުލުހަށް ހުށަހަޅަން ނިންމައިފި
09 އޮކްޓޯބަރު 2024

ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ

09 އޮކްޓޯބަރު 2024
ސިޔާސީ ނިންމުންތަކަށް އެއްބަސްނުވާ ސިވިލް މުވައްޒަފުންނަށް އުދަނގޫތައް ކުރިމަތިކުރުވާ: ސޮބްރީ
04 އޮކްޓޯބަރު 2024

ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި

04 އޮކްޓޯބަރު 2024
ސޯޝަލް މިނިސްޓްރީން ފެއަރވަލް ޕާޓީތައް ނުބާއްވަން އެންގި އެންގުން އެ މިނިސްޓްރީން ދޮގުކޮށްފި
04 އޮކްޓޯބަރު 2024

މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''

04 އޮކްޓޯބަރު 2024
މިނިސްޓަރު އައިޝަތު ޝިހާމަށް ބޮޑެތި ތުހުމަތުތަކެއް ''ނަފްސާނީ ގޮތުން މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ދީފި''
24 ޖުލައި 2024

އއ އަތޮޅު ރަށެއްގެ ސްކޫލެއްގައި ހަނގާ ކުރުމުގެ ސިއްސައިގެން ދާވަރުގެ ބޮޑު މައްސަލައެއް، ޒިންމާ ނަގާނީ ކާކު؟

24 ޖުލައި 2024
އއ އަތޮޅު ރަށެއްގެ ސްކޫލެއްގައި ހަނގާ ކުރުމުގެ ސިއްސައިގެން ދާވަރުގެ ބޮޑު މައްސަލައެއް، ޒިންމާ ނަގާނީ ކާކު؟
30 ނޮވެމްބަރު 2023

މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ ރިޕޯޓުކޮށްފައިވޭ: އާއިލީ ވުޒާރާ

30 ނޮވެމްބަރު 2023
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 90 މައްސަލަ ރިޕޯޓުކޮށްފައިވޭ: އާއިލީ ވުޒާރާ
15 ނޮވެމްބަރު 2023

ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި

15 ނޮވެމްބަރު 2023
ގެވެށި ގުޅުން ކެމްޕޭނުގެ ދަށުން އުފެއްދި ފީޗަރ ފިލްމު "ޒޯޔާ" އިފްތިތާހުކޮށްފި
14 ސެޕްޓެމްބަރު 2023

ކުޑަކުއްޖަކު ބެލްކަންޏަށްލައި ތަޅުލި މައްސަލަ: ޖެންޑަރއިން ވަގުތުން މާހައުލަށް ގޮސް ފިޔަވަޅު އެޅި

14 ސެޕްޓެމްބަރު 2023
ކުޑަކުއްޖަކު ބެލްކަންޏަށްލައި ތަޅުލި މައްސަލަ: ޖެންޑަރއިން ވަގުތުން މާހައުލަށް ގޮސް ފިޔަވަޅު އެޅި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް