Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަޑުބަރޭއަށް ފިޔަވަޅު އެޅުން

އަޑުބަރޭއަށް 12000 ރުފިޔާގެ ޖޫރިމަނާއަކާއެކު ހަ މެޗުގެ ސަސްޕެންޝަނެއް

ފްރަސްޓޭޓުވީ ކުޅެން އަރަން ތައްޔާރުވެގެން 15 މިނެޓު ހުންނަން ޖެހުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2021 | ހޮނިހިރު 18:34
ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)

ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)

ސްރީ ލަންކާގައި ކުރިއަށްދިޔަ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގައި ސީޝެލްސް ކުޅުންތެރިއަކަށް ބޯޅަ ނެތީސް ހަމަލާދިން މައްސަލައިގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) 12،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މެޗަށް ސަސްޕެންޑުކޮށްފިއެވެ.

މިދިޔަ ނޮވެމްބަރު މަހު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެން ފައިނަލަށް ދިޔުމުގެ ފުރުސަތު އޮތް ނަމަވެސް، އެ މެޗުން ލަނޑެއް ނުޖެހި އެއްވަރުވުމުން ރާއްޖެ ވަނީ ކަޓާފައެވެ. އެ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޑުބަރޭ ވަނީ ބޯޅަ ނެތީސް ސީޝެލްސް ކެޕްޓަން ސްޓީވް ބެނޯއީ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ޖަހާފައެވެ. އެއާއެކު އޭނާއަށް ރެފުރީ ވަނީ ވަގުތުން ރަތް ކާޑެއް ދައްކާފައެވެ.

އެ މައްސަލަ އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން ބެލިއިރު، ކޮމިޓީއަށް ދިން ބަޔާނުގައި އުމުރުން 34 އަހަރުގެ އަޑުބަރޭ ބުނެފައިވަނީ އެ މެޗުގައި ސީޝެލްސް ކެޕްޓަނުގެ މޫނުމަތީގައި ޖަހާފައި ވަނީ "ފްރަސްޓޭޓް" ވެގެން ކަމަށެވެ. އަދި "ފްރަސްޓޭޓް" ވާން ދިމާވީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރަން ތައްޔާރުވެގެން ބެންޗު ކައިރީގައި 15 މިނެޓު ހުންނަން ޖެހުމުން ކަމަށާއި، އަދި އެގޮތަށް ހުންނަން ޖެހުމުން އެކަމުގެ ޝަކުވާ ކޯޗުން ކައިރީގައި ކުރި ކަމަށްވެސް ވަނީ ބުނެފައެވެ.

އެއާއެކު މައްސަލަ ބެލުމަށްފަހު އެފްއޭއެމުގެ ޑިސިޕްލިނަރީ ކޮމިޓީން މިހާރު ވަނީ އަޑުބަރޭ 12،000 ރުފިޔާއިން ޖޫރިމަނާކޮށް، ހަ މެޗަށް ސަސްޕެންޑުކޮށްފައެވެ. އެ ކޮމިޓީގެ ނިންމުމުގައިވާ ގޮތުން އެ ފިޔަވަޅު އަޅަން ނިންމީ އިދިކޮޅު ކުޅުންތެރިއެއްގެ ހަށިގަނޑަށް ގެއްލުންވާ ފަދަ ހަމަލާއެއް ދީފައިވާތީ އާއި ގައުމީ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައިހުރެ ގައުމު ތަމްސީލުކުރި މެޗެއްގައި އެފަދަ އަމަލެއް ހިންގާފައިވާތީއެވެ. އަދި ހަ މެޗުގެ ސަސްޕެންޝަނަކީ އެ މެޗުގައި ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ހިމެނޭ ގޮތަށް ކަނޑައަޅާފައިވާ ސަސްޕެންޝަނެއް ކަމަށްވެސް ވަނީ ނިންމާފައެވެ.

ފޯ ނޭޝަންސް ކަޕުގައި ފެނިގެންދިޔަ ހުތުރު އަމަލާ ގުޅިގެން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުވެސް އަދާކުރައްވަމުން އަންނަ އަޑުބަރޭއަށް ފާޑުކިޔުން އަމާޒުވިއިރު، އޮކްޓޯބަރު މަހު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައިވެސް އަޑުބަރޭއަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން މީގެ ކުރިން 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީމުން ރިޓަޔާކުރުމަށްފަހު އަޑުބަރޭ އަލުން ގައުމީ ޓީމަށް ނެގުމާއެކުވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ފަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އޭރުގެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓުގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އަޑުބަރޭ އަލުން ގައުމީ ޓީމުގައި ހިމެނިގެން ކުޅެމުން އަންނައިރު، ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން އަޑުބަރޭ ކުޅުނެވެ. އެކަމަކު ލަންކާގައި ބޭއްވި މުބާރާތުގައި މިހާރުގެ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ އަޑުބަރޭއަށް ފުރަތަމަ އެގާރައިން ފުރުސަތުދީފައެއް ނުވެއެވެ.

އަސްހަދު އަލީ (އަޑުބަރޭ)ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު