Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ބިލިއާޑް މުބާރާތް

ގައުމީ ބިލިއާޑް މުބާރާތުގެ ކުޅުން ފަށައިފި

މުބާރާތް ކުރިއަށްދާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2021 | ބުރާސްފަތި 14:47
ގައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ގައުމީ ބިލިއާޑް މުބާރާތުގެ ތެރެއިން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ގައުމީ ބިލިއާޑް މުބާރާތުގެ ކުޅުން ބުދަ ދުވަހުގެރޭ ފަށައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކުރާ މި މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތެވެ. "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2021" ގެ ނަމުގައި ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ ހަ އިވެންޓެއް ކުރިއަށްދެއެވެ. އެއީ ޓީމު އިވެންޓާއި، ފިރިހެން ފުރަތަމަ ޑިވިޝަނާއި، ފިރިހެން ދެވަނަ ޑިވިޝަނާއި، އަންހެން ޑިވިޝަނާއި، ޑަބަލްސްގެ އިތުރުން މިކްސް ޑަަބަލްސްއެވެ.

މި މުބާރާތުގެ ކުޅުން ބުދަ ދުވަހުގެރޭ ފެށިއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޗަމްޕީ ވިދާޅުވީ ނޮން އޮލިމްޕިކް ކުޅިވަރުތަކަށްވެސް ގައުމުތަކުގެ އޮލިމްޕިކް ކޮމިޓީތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ބާރުއަޅާއި އިންޓަނޭޝަނަލް ކުޅިވަރު އޮގަނއިޒޭޝަންތަކުގައި ވަކާލަތު ކުރަމުންދާ ކަމަށެވެ. އެހެންކަމުން ބިލިއާޑް އެސޯސިއޭޝަނަށްވެސް އެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 

މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ ބިލިއާޑް ސެންޓަރުގައި މި މުބާރާތް ކުރިއަށްދާއިރު، ފިރިހެން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ އިތުރުން އަންހެން ޑިވިޝަން ކުރިއަށްދަނީ ގައުމީ ރޭންކިންގެ އެންމެ ކުރީގައި އޮތް 32 ކުޅުންތެރިން ހިމެނޭ ގޮތަށް 9 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މި މުބާރާތުގެ ޑަބަލްސް އިވެންޓް ކުރިއަށްދަނީ އަންހެން އަދި ފިރިހެން ޑަބަލްސް ޕެއާތައް އެއްކޮށް 10 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. އަދި މިކްސްޑް ޑަބަލްސް އިވެންޓް ކުރިއަށްގެންދަނީ މުބާރާތުގައި ބައިވެރިވި ހުރިހާ މިކްސް ޑަބަލްސް ޕެއާތައް އެއްކޮށް 8 ބޯލްސް، ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މީގެ އިތުރުން މި މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ޓީމު އިވެންޓުގައި ވާދަކުރުމުގެ ފުރުސަތުދީފައި ވަނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޓީމުތަކަށެވެ. އަދި ކޮންމެ ޓީމެއްގައިވެސް ބިދޭސީ ކުޅުންތެރިޔަކު ޖެހުމުގެ ހުއްދަ އެމްޕީބީއޭއިން ވަނީ ދީފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ބިލިއާޑް މުބާރާތުގެ ގޮތުގައި މި މުބާރާތް ފާހަގަކޮށްލެވޭއިރު، ޖުމްލަ ހަ ކެޓަގެރީއަކުން އެތުލީޓުން ވާދަކުރާ މުމި ބާރާތުގެ އިނާމުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު 150،000 (އެއް ލައްކަ ފަންސާސް ހާސް) އަށްވުރެ މައްޗަށް އަރައެވެ.

ގައުމީ ބިލިއާޑް މުބާރާތްމޯލްޑިވްސް ޕޫލް ބިލިއަރޑް އެސޯސިއޭޝަން (އެމްޕީބީއޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި

އޭޝިއާ އަދި ދުނިޔޭގެ ރޭންކިން އަށް ވާދަކުރެވޭ "މޯލްޑިވްސް އޯޕަން 2023" ގެ ލޯގޯ ލޯންޗުކޮށްފިި

05 އެޕްރީލު 2023
ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު

ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ ބިލިއާޑް މުބާރާތް އޭޕްރީލް މަހު

07 ފެބުރުއަރީ 2023
އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި

އެންމެ ފަހުގެ ޗެމްޕިއަން އީގަލްސް ބަލިކޮށް ސިފައިން ތަށި އުފުލާލައިފި

20 ނޮވެމްބަރު 2022
ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް

ފިރިހެން ސިންގަލްސް ފައިނަލްގައި ޝާޒް އާއި ސާހިލް

06 ނޮވެމްބަރު 2022
ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި

ޤައުމީ ބިލިއާޑް މުބާރާތް އަންނަ މަހުގެ ތިނެއްގައި

17 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު