Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އެވެރިންގެ ކުނި ސާފުކުރަން ޖެހުނީ މިވެރިންނަށެވެ.

ކުރީ ސަރުކާރުން ނެގި ބޮޑެތި ލޯނުތައް ދައްކަނީ މިސަރުކާރުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 11:50
ރައީސް ޔާމީނުގެ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ހުރިހާ ކަމެއް ސާފުކުރަން ވެސް ޖެހުނީ މިސަރުކާރަށް

ރައީސް ޔާމީނުގެ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ހުރިހާ ކަމެއް ސާފުކުރަން ވެސް ޖެހުނީ މިސަރުކާރަށް

މިސަރުކާރުގައި އޮތީ ދަރަނި ކަމަށާއި، މިއީ ވެރިކަން ކުރަން ނޭނގޭ ސަރުކާރެއް ކަމަށް އެވެރިން ބުނެއެވެ. އަދި މިސަރުކާރުން ދަރަނި ނެގި ނެގީނުން ގޮސް ދިވެހި ރައްޔިތުން ދަރަނިވެރިކޮށް ގައުމު ވެސް ވިއްކާ ހުސްކޮލި ކަމަށް އެވެރިން ދައުވާ ކުރެއެވެ. ނަމަވެސް ދަރަނި ހޯދައިގެން މަސައްކަތް ކުރަން ޖެހުނީ ކީއްވެގެންތޯ އެއްފަހަރުވެސް ނޭހުނެވެ.

މާޒީގައި ކަންކަން ހިނގާފައި ހުރި ގޮތަށް ބަލާލަން ހިނގާށެވެ. ސަރުކާރު ބަދަލުވި އިރު ޚަޒާނާގައި އާމްދަނީގެ ގޮތުގައި ހުންނަންޖެހޭ އެތައް ފައިސާއެއް ނެތެވެ. އެކަން އެހެން ދިމާވީ ކީއްވެގެންތޯއެވެ. ފަޅުތަކާއި ރަށްތައް ނުއަގުގައި އޮތީ ވިއްކާލާފައެވެ. އަދި ނުވިތާކަށް ނުއަގުގައި ތަންތަނަށް ލިބެންޖެހޭ ފައިސާއެއް ދިވެހި ދައުލަތަކަށް ނުވަދެއެވެ. އެކަން ވަރަށް ސާފުކޮށް އޮތީ ރިޕޯޓުތަކުން ފެންނާށެވެ. 2016 ވަނަ އަހަރުގެ އެމްއެމްޕީއާރުސީގެ ޚާއްސަ އޮޑިޓް ރިޕޯޓުން ފެންނަ ގޮތުގައި މިސަރުކާރަށް ލޯނު ނަގަން ޖެހުނު ސަބަބު ވަރަށް ރަނގަޅަށް އެބަ އެނގެއެވެ.

މާލިއްޔަތުގައި ހުންނަންޖެހޭ 65.01 މިލިއަން ޑޮލަރު ނުވަތަ 1.2 ބިލިއަން ރުފިޔާ މާލިއްޔަތަކު ނެތެވެ. އޭގެ ނަތީޖާއަކީ ސަރުކާރުން ކަންކަން ކުރަންޖެހުނީ ލޯނު ނަގައިގެންނެވެ. ސަރުކާރު ބަދަލުވިއިރު 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑު އޮތީ ގަނެފައެވެ. ދަރަނި އަދާކުރުމަށް އޭގެތެރެއިން 198 މިލިއަން ޑޮލަރު މިސަރުކާރުން ދެއްކީ މިދަތި ހާލުގައި، މިއުނދަގުލުގެ ތެރޭގައެވެ. މީގެ ބާކީ ބައި ދެއްކުމަށް ޓަކައި މިހާރު އެދަނީ ފިނޭންސް މިނިސްޓްރީން ތައްޔާރުވަމުންނެވެ.

ހިޔާ ފްލެޓުގެ ލޯނުގެ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކައެވެ. މިހާތަނަށް ހިޔާ ފްލެޓުގެ އިންޓްރެސްޓަށް އެކަނި މިސަރުކާރުން 1.2 ބިލިއަން ރުފިޔާ ދައްކައިފިއެވެ. ހިޔާ ފްލެޓުގެ ފައިސާ ދައްކަމުން ދަނީ މިސަރުކާރުނެވެ. 140 މިލިއަން ޑޮލަރު ލޯނު ނަގައިގެން ދަރުމަވަންތަ ހޮސްޕިޓަލް ކުރީ ސަރުކާރުން އެޅިއެވެ. އެލޯނު ވެސް އޮތީ މިސަރުކާރުގެ ބޮލުގައި އެޅިފައެވެ. ތަޖުރިބާކާރުން ބުނަނީ، އެއީ 80 މިލިއަނަށް ކުރެވިދާނެ މަސައްކަތެއް ކަމަށެވެ. ނަމަވެސް ފެންނަނީ އެތެރެއިން ވެސް ބޭރުން ވެސް ދަރަންޏެވެ.

ސަރުކާރު ބަދަލުވިއިރު މަސްވެރިންނަށް ދައްކަންޖެހޭ 39.5 މިލިއަން ރުފިޔާ އެބަހުއްޓެވެ. އެފައިސާ ދެއްކީ މިސަރުކާރުންނެވެ. އާސަންދައިން 321.6 މިލިއަން ރުފިޔާ ރާއްޖޭގެ ހޮސްޕިޓަލުތަކަށާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލުތަކަށް ނުދައްކާ ހުއްޓެވެ. އެ 321.6 މިލިއަން ރުފިޔާ ދެއްކީ މިސަރުކާރުން ލޯނު ނަގައިގެންނެވެ. ބޮޑު އަގުގައި ކަންކަން ކޮށް އޭގެ ކްރެޓިޑް ލިބިގަންނައިރު، ނަގާފައި ހުރި ހުރިހާ ލޯނުތަކެއްގެ ތަކުލީފު ވާރުތަވީ މިއަދުގެ މިސަރުކާރަށެވެ. އެންމެ ފަހުން ކޮވިޑްގެ ފަހުން ކިރިޔާވެސް ހިންދަމާލެވުނު ބަޖެޓުގައި ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާ އެއޮތީ ކުރީ ސަރުކާރުގެ ދަރަނިތައް ދައްކާށެވެ.

ވެރިކަން ބަދަލުވިއިރުގައި ދުނިޔޭގެ ރިޕޯޓުތަކުގައި ރާއްޖެއަކީ، އަޑިނޭނގޭ ފައިސާގެ މުޢާމަލާތް ހިންގާ ގައުމެއްގެ ގޮތުގައި އޮތީ ލިޔެވިފައެވެ. ކޮރަޕްޝަން އަތްނުފޯރާ ހިސާބުގައެވެ. މިއަދުގެ ސަރުކާރުން ކަންކަން ކުރަނީ ދެ ފުއް ފެންނަ ގޮތަށެވެ. ކުރިއާއި ޚިލާފަށް ދައުލަތުގެ ޚަރަދުތައް ކޮންމެ މަހަކު އެދަނީ އާންމުކުރަމުން ހާމަކުރަމުންނެވެ. ސީޕީއައި އިންޑެކްސްއިން ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން މިކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ އެދަނީ ފެންނަމުންނެވެ. އެކަން އެދަނީ ސާފުވަމުންނެވެ. 2020 އަށް ބަލާއިރު ކޮރަޕްޝަން ހުއްޓުވުމުގެ ރޮނގުން ރާއްޖެ އޮތީ ދުނިޔޭގެ 180 ގައުމުގެ ތެރެއިން 55 ދަރަޖައިގެ ކުރިއެރުން އޭގެ ކުރީ އަހަރާ ބަލާއިރު ހޯދާފައެވެ. މިއީ ސަރުކާރުން ހޯދާ ނަތީޖާއެވެ. މިއީ ސަރުކާރުން ފައިސާ މެނޭޖުކުރަމުންދާ ގޮތެވެ.

ލޯނު ނެގުމާއި ދަރަނި ނަގައިގެން ކަންކަން ކުރުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. އެހެންނަމަވެސް، ހަގީގަތަކީ 2012 އިން ފެށިގެން މިއަދާ ހަމައަށް މަޖިލީހަށް އަރަނި ބަޖެޓެއް ހުށަހަޅާފައި ނުވެސް ނެތެވެ. އަދި ބެލެންސް ބަޖެޓެއް ވެސް ހުށަހަޅާފައެއް ނެތެވެ. އެހެންވީމާ، ކޮވިޑުގެ ދަތި އުނދަގޫ ހާލަތުގައި ދަރަނި ނަގައިގެން ކަންކަން ކުރަން ބަޖެޓު ހުށަހެޅުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ވޭތުވެދިޔަ ސަރުކާރު ހިނގަމުން ދިޔައީ ދުނިޔޭގެ އިގްތިސާދު ރަނގަޅު ދުވަސްވަރެއްގައި، ތެލުގެ އަގު ހެޔޮ ދުވަސްވަރެއްގައެވެ. ދުނިޔެ މިދެކޭ ފަދަ މުސީބާތެއް އިރާދަކުރައްވައިގެން އެ 5 އަހަރުގެ ތެރޭގައި ފެނިފައެއް ނެތެވެ. އެހެންނަމަވެސް، ކަންކަން ކުރަމުން ދިޔައީ ބޮޑެތި ލޯނު ނަގައިގެންނެވެ. އެ ލޯނު އޮއްސަމުން ދިޔައީ ކޮން ތަންތަނަކަށްތޯ؟ މާލެ ސަރަހައްދަށެވެ. ހުޅުމާލެ ހިއްކަން، ވެލާނާ އިންޓަރނޭޝަނަލް ބޮޑުކުރަން، އައިޖީއެމްއެޗާ އިންވެގެން އިތުރު ހޮސްޕިޓަލެއް އަޅަން، މާލޭގެ ރިންގް ރޯޑް ހަދާށެވެ. މާލެ ސަރަހައްދު ތަރައްގީކުރުމުގެ ވިސްނުމުގައި ކުރި ކަންކަމުން މާލެ ރައްޔިތުންނަށްވީ ކޮން ފައިދާއެއްތޯ؟ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ލިބުނުތޯ؟ ނުލިބެއެވެ. ކުރީ ސަރުކާރުން ދަރަނި ނަގައިގެން ކުރުވީ ދަރަންޏެވެ.

މިދިޔަހާ ތާނގައި މިކުރިހާ ވެރިކަމަކުން ވީވަރަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން ނިންމުނީ 42 ރަށުގެ ފެނާއި، 69 ރަށުގެ ނަރުދަމާގެ މަސައްކަތެވެ. 189 ރަށުގެ ތެރެއިން. ބާކީ ހުރި ހުރިހާ ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރާނެ ކަމަށް ވައުދުވާން ކެރިވަޑައިގެންނެވި ހަމައެކަނި ރައީސަކީ ރާއްޖޭގެ ތާރީޚުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާއެވެ. އެކަން އެމަނިކުފާނު ކުރެއްވުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި އެއޮތީ އިތުރަށް ބޭނުންވާ 968 މިލިއަން ރުފިޔާ ނަރުދަމާއަށް އަދި 131 މިލިއަން ރުފިޔާ ފެނުގެ ނިޒާމަށް ހިމަނާފައެވެ. އެތައް ރަށެއްގައި އެހުރީ މިސްކިތްތައް ބިނާ ކުރަންޖެހިފައެވެ. ސިއްހީ ޚިދުމަތް ހޯދުމަށް ކުރާ އަގުބޮޑު، ދަތި އުނދަގޫ ދަތުރުތަކަށް ލުއި ހޯދައިދިނުމަށް 4 ރަށުގައި ޓަރޝަރީ ހޮސްޕިޓަލް އަޅަން 60 މިލިއަން އެއޮތީ ހިމަނާފައެވެ. 60 ރަށުގައި ހުރި ސިއްހީ މަރުކަޒުތަކުގެ ހާލަތު ރަނގަޅުކޮށް، އެ ތަންތަން ހޮސްޕިޓަލުތަކަށް ބަދަލުކުރުމަށް އަދި އެތައް ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ އޮތީ 448 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައެވެ.

ގަމުގައި ކެންސަރު ހޮސްޕިޓަލެއް ގާއިމުކޮށް، ކެންސަރަށް ރާއްޖެއިން ބޭރަށް ކުރަންޖެހޭ ޚަރަދުތައް ކުޑަކުރުމަށް މަގުފަހިވާނެ ގޮތަށް ބަޖެޓުގައި އެއޮތީ ހިމަނާފައެވެ. މި ކަންކަން ދެން ކުރާނީ ކޮންއިރަކުންތޯ؟ އަންނަ އަހަރުތޯ، ދެން އަންނަ ދައުރަކުންތޯ، ނޫނީ މިކަންކަން އަދި އެއަށްވުރެ ވެސް ފަސްކޮށްލާފައި ބާއްވާނީތޯއެވެ. މިއިން އެއްވެސް ކަމަކީ ފަސްކުރެވެން އޮތް ކަމެއް ނޫނެވެ. މި މުހިންމު އުމްރާނީ މަސައްކަތުގެ އިތުރުން ދެން ބަޖެޓުން އަޅުގަނޑުމެންނަށް މި ފެންނަނީ، އޯގާތެރި ސަރުކާރެއްގެ ސިފަތަކެވެ.

ނުއަގުގައި އެޅި ބުރިޖާއި 26 ބުރިއަށް ނެގި އިމާރާތަކާއި މިތަންތަން ހަދަން ނެގި ބޮޑެތި ލޯނުތައް ދައްކަނީ މިސަރުކާރުންނެވެ. ނޫމަޑި މައްސަލައިގައި މުއިއްޒު ހޭވި ހަޑި ސާފުކުރަނީ ވެސް މިސަރުކާރުންނެވެ. ހިޔާ ޓަވަރުގެ ނަމުގައި ނެގި 8 ބިލިއަން ރުފިޔާގެ ދަރަނި ވެސް ދައްކަނީ މިސަރުކާރުންނެވެ. މިސަރުކާރުން ދަރަނި ދައްކަން ޖެހި އެ ދައްކާތީ ޚަރަދު ބޮޑެވެ. އެއީ އެވެރިން ހޭވި ހަޑި މިސަރުކާރުން ސާފުކުރަން ޖެހުނީމައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުބަޖެޓް 2022

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު