Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް އައްޔަން ކުރަނީ ޑީލެއްގެ ދަށުން ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވައިފި

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ހައި ކޯޓުގައި އެމަނިކުފާނުގެ މައްސަލަ އޮތްއިރު، ދޮޅު މަސް ދުވަސް ވަންދެން ފަނޑިޔާރު ސަލީމް ޗުއްޓީގައި ހުންނެވި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ޖޫން 2025 | ހޯމަ 07:11
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުވާފައިވާ، ހައި ކޯޓުގެ ފަނޑިޔާރު ސަލީމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް މަޖިލީހަށް ނަން ފޮނުވާފައިވާ، ހައި ކޯޓުގެ ފަނޑިޔާރު ސަލީމް

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް، ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ސަލީމް އައްޔަން ކުރައްވަނީ ޑީލެއްގެ ދަށުން ކަމަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ތުހުމަތު ކުރައްވައިފި އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ހައި ކޯޓުގައި އެމަނިކުފާނުގެ މައްސަލަ އޮތްއިރު، ދޮޅު މަސް ދުވަސް ވަންދެން ފަނޑިޔާރު ސަލީމް ޗުއްޓީގައި ހުންނެވި ކަމަށެވެ. އަދި މިއަދު ފަނޑިޔާރު ސަލީމް އެ ހުންނެވީ ސުޕްރީމް ކޯޓުގެ ބެންޗަށް "ދޮންކޮށްފައި" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ، ހަމަ އެކަމުގެ ތެރެއިން ފަނޑިޔާރު ސަލީމްގެ ބޭބެ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކޮށްދީފައި ހުރި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަޙުމަދު އަސްލަމް އަކީ، ފަނޑިޔާރު ސަލީމްގެ ބޭބެ އެވެ. ރައީސް ޔާމީން ވިދާޅުވީ، މި ހުންނަ ކަންކަމަކީ އިއްތިފާގުން ހިނގާ ކަންތައް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުވި އެއް ބޭފުޅަކީ ސަލީމް އެވެ. ރައީސް ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒު ބޭނުންފުޅު ވަނީ އުއްތަމަ ފަނޑިޔާރަކަށް ވެސް ސަލީމް ގެންނަވަން ކަމަށެވެ.

އެހެން ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފާހަގަވެގެން ދިޔައީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމްގެ ޝަރުތު ވެސް ހަމަ ނުވާ ކަމުގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ފަނޑިޔާރު ސަލީމްގެ ޝަރުރު ހަމަވުމާ ގުޅޭ ގޮތުން ޖޭއެސްސީ ގައި ބޮޑު ބަހުސެއް ކުރިއަށް ދިޔައިއިރު، ޖޭއެސްސީ އިން އެންމެ ފަހުން ނިންމީ ވަކީލު ކަމުގެ ހުއްދަ އަށް ހަތް އަހަރު ވެއްޖެ ނަމަ، ޝަރުތު ހަމަވާނެ ކަމަށެވެ.

އިއްތިފާގުގެ ލިސްޓު އަޅުގަނޑަށް ހީވަނީ އެ ބޮޅު ތަކުގެ ތެރޭގައި ދާނެ ކަން ނޭނގެ، ހައި ކޯޓުގައި އަޅުގަނޑުގެ މައްސަލަ އޮތްއިރު ދޮޅު މަސް ދުވަސް ވަންދެން ޗުއްޓީގައި ހުރި މީހާ، މިއަދު އެ ހުރީ ދޮން ކޮށްފައި ސުޕްރީމް ކޯޓުގެ ބެންޗަށް. އަނެއްކާ ހަމަ އޭގެ ތެރެއިން އޭނާގެ ބޭބެ ނުނީ އޭނާގެ އެއްބަފާ މީހާ އަށް އެ ހުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ހޯދައިދީފައި. މި ހުންނަނީ އިއްތިފާގުތައް. ބުނާ އަޑު އިވޭ އިނގޭތޯ މުޢިއްޒު ބޭނުންފުޅު ވަނީ އުއްތަމަ ފަނޑިޔާރަކަށް ވެސް މި ދަންނަވާ ސަލީމް ގެންނަން.
ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް / ކުރީގެ ރައީސުލްޖުމްހޫރިއްޔާ

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންގެ ތެރޭގައި ހުންނެވި އެންމެ ނާޤާބިލު މީހާ އަކީ ފަނޑިޔާރު ސަލީމް ކަމަށެވެ. އަދި ފަނޑިޔާާރު ސަލީމްގެ ހަމައެކަނި ޝަރުތަކީ ރައީސް ޔާމީންގެ ކެނޑިޑެންސީ ގެއްލޭ ވަރަށް ޝަރީއަތް ލަސްކޮށްލާފައި ފުރައިގެން ގޮސް ދޮޅު މަސް ދުވަސް ވަންދެން ހުރުން ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމުން ޑޮކްޓަރު އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛް މަހާޒް އަލީ ޒާހިރު ވަކި ކުރެއްވުމަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް ގެންނަވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަލީމް ގެންނަވަނީ، ވަރުގަދަ ދެ ފަނޑިޔާރުން ބޭރު ކޮށްލުމަށް ފަހު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަަގާމަށް ކުރިމަތިލައްވައި، އަދި ރައީސް މުޢިއްޒު މަޖިލީހަށް ނަން ފޮނުއްވާފައިވާ ފަނޑިޔާރު ސަލީމް ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ 2022 ވަނަ އަހަރު އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

ސިވިލް ސާރވިސް ކޮމިޝަނަށް ޝަފީގު އައްޔަން ކުރުމަށް މަޖިލީހުން ފާސްކޮށްފި

15 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު