Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުރީގެ ރައީސް ޢަބްދުﷲ ޔާމީން

ސަރުކާރުން މި ގައުމުގައި ޓާޝަރީ ފެންވަރުގައި ދަނީ ކޮރަޕްޝަން ހިންގަމުން: ޔާމީން

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފެށިގެން ދިޔައީ ވެސް ކޮރަޕްޝަނުން

އަމްނާ އިމާދު
އަމްނާ އިމާދު | 15 ފެބުރުއަރީ 2025 | ހޮނިހިރު 08:23
ޕީއެންއެޗް ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ

ޕީއެންއެޗް ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މި ގައުމުގައި ޓާޝަރީ ފެންވަރުގައި ކޮރަޕްޝަން ކުރިއަށް ގެންދާ ކަމަށް ކުރީގެ ރައީސްގެ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފެށިގެން ދިޔައީ ވެސް ކޮރަޕްޝަނުން ކަމަށާއި، އޮނަވިހި މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެވަރު ހަރަދު ކުރަން ނުޖެހޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ނުވަތަ ދަރުބާރުގޭގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އިދާރީ ގޮތުން ހަރަދުކޮށް، 2 މިލިއަން ނުވަތަ 1.5 މިލިއަން ރުފިޔާއިން ރަސްމިއްޔާތު ބޭއްވޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މިސަރުކާރުގެ ކޮރަޕްޝަނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ކޮރަޕްޝަން ގައުމުގައި ހިންގަމުންދަނީ ޓާޝަރީ ފެންވަރަށް ކަމަށާއި، ރައީސް މުއިއްޒުގެ ލަގަަސީގައި އެނޫން ކަމެއް ނެތް ކަމަށެވެ.

މީގެ އިތުރުން ޔާމީން ވަނީ މިސަރުކާރުން ސަމާއޯ އެގްރީމެންޓްގައި ސޮއިކޮށްފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

މިއީ ދެއްކުންތެރިކަން ހުންނަވަރު ރައްޔިތުންގެ ހައްގުތަކަށް އެއަމާނާތާއި ހަވާލުވާއިރު ފުރަތަމަ ފެށީ މިދެންނެވީ ފެށީ ކޮރަޕްޝަންގެ ބޮޑު އަމަލަކުން. މިހާރު ކުރިއަށް އެގެންދަނީ ހަމަ ޓާޝަރީ ފެންވަރުގައި ގެންދަނީ ކޮރަޕްޝަން. އެހެންވީމަ ލެގަސީގެ ތެރޭގައި ހުންނަންޖެހޭނީ ހަމައެކަނި ފާލަން ރޫޅާލާފައި ނޭޅުމެއް ނޫން އެނގޭތޯ. ލެގަސީއެއް ފަށަންވާނީ ރައްޔިތުންނަށް އެންމެ ދަތިވަނީ މިއަދު އެމީހުންނަށް ހަގީގަތުގައި ވެސް އެމީހުންނަށް އާމްދަނީ ލިބޭނެ ވަސީލަތެއް ނެތީމަ. ދެން އޮތް ލެގަސީއަކީ ކޮބައިތޯ. ދީނީ ބޭފުޅުން ގައިހިރުވާތީ އެއުޅެނީ ކޮންކަމެއްތޯ. އެލްޖީބީޓީގެ ލެގަސީ ވެސް އޮތީ މުއިއްޒުގެ. ދެން އަންނަ މީހަކު ޔަގީން ކަށަވަރު މީތި އުވާލާނެ.
ކުރީގެ ރައީސްގެ އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ މި ސަރުކާރުން ދަނީ ޒުވާނުންނަށް ވެސް ދުއްތުރާ ކުރަމުން ކަމަށާއި، ވިޔަފާރިތައް ހަލާކު ކުރަމުން ކަމަށެވެ. އަދި ސަރުކާރުގެ ނިންމުންތަކުގައި ރައްޔިތުންނަށް ދެކޮޅުޖެހޭ ޖަސްޓިފިކޭޝަނެއް ސަރުކާރަށް ނުދެވޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

ސިނގިރޭޓް ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ދުންފަތަކީ ސިއްހަތަށް ގެއްލުންވާ އެއްޗެެއް ކަމަށާއި، ނަމަވެސް ސަރުކާރުން މި މަސައްކަތް ކުރަނީ ސިއްހަތަށް ގެއްލުންވާތީ އެކަމުން ޒުވާނުން ސަލާމަތް ކުރުމަށް ނޫން ކަމަށެވެ. ވަކިވަކި ކުންފުނިތަކަށް ސިނގިރޭޓް ގެނައުމުގެ ހުއްދަދީގެން ސަރުކާރުން ކުރާ ބޮޑު ވިޔަފާރިއެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު