Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންއެފް ޖަލްސާ

މި ސަރުކާރާ ޔަހޫދީ ދައުލަތުގެ އިސް ފަރާތްތަކާ ގޮތް ނޭނގޭ ގުޅުމެއް އޮވޭ: ރައީސް ޔާމީން

އެގޮތުން އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ރާއްޖޭގެ އެމްބެސެޑަރު އިރުތިޝާމް އާދަމް، އިސްރާއީލްގެ ސަފީރާ އެކު އުޅުއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 މެއި 2025 | ހޮނިހިރު 08:08
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީއެންއެފްގެ ޖަލްސާގައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި، ޔަހޫދީ ދައުލަތުގެ އިސް ފަރާތްތަކާ ދެމެދު ގޮތް ނޭނގޭ ގުޅުމެއް އޮންނަ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން އުޅެނީ ދިވެހި ރާއްޖޭގެ ވަރަށް ކާމިޔާބު ޚާރިޖީ ސިޔާސަތެއް އޮވެގެން ކަމަށެވެ. އަދި އެއް އަހަރަށް ފަހު ނަމަވެސް އިސްރާއީލް ޕާސްޕޯޓު މަނާ ކުރުމަކީ، ޚާރިޖީ ދާއިރާ އިން ހޯދުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައިވާކަން ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް، އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަކީ ކިހާ ވަރަކުން ކުރެވުނު ކަމެއްކަން އިނގޭނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުޢިއްޒު އާއި ސަރުކާރުން ބޭނުންވީމަ އެންމެ ހައެއްކަ ގަޑިއިރުގެ ތެރޭގައި ޤާނޫނު އަސާސީ އެއްކޮޅުން އަނެއްކޮޅަށް ބަދަލުކޮށްލާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން "ނަގައި އެއްލާލަންވީމާ" ނަގަނީ ދެ ތިން މިނެޓު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމުގައި އިޖުރާއަތެއް ނުވަތަ އެހެން އެއްވެސް ކަމެއް ބެއްލެވުމެއް ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ.

އެކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، މިއަދުގެ ސަރުކާރާއި ޔަހޫދީ ދައުލަތުގެ އިސްވެރިންނާ ދެމެދު ގޮތް ނޭނގޭ ގުޅުންތަކެއް އޮންނަ ކަމަށް މީގެ ކުރިން ވެސް ޝައްކު ކުރެވުނު ކަމަށެވެ.

އެގޮތުން އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ރާއްޖޭގެ އެމްބެސެޑަރު އިރުތިޝާމް އާދަމް، އިސްރާއީލްގެ ސަފީރާ އެކު އުޅުއްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެގޮތުން އިރުތިޝާމް އިސްރާއީލްގެ ސަފީރާ ވެސް ބައްދަލު ކުރައްވައި އުޅުއްވަނީ، "ލައިފް އިސް ނޯމަލް" ގޮތެއްގައި ކަމަށް ރައީސް ޔާމީން ވިދާޅުވެ އެވެ.

އަޅުގަނޑުމެންގެ މުނާފިޤުކަން، ދެ ފުށް ދެ ގޮތް ހުންނަކަން މި ދެންނެވީ މިކަމުގައި. އެހެންވީމަ، ކުރިން ވެސް އަޅުގަނޑު ތުހުމަތު ކުރިން، ޝައްކު ކުރިން މި ބޭފުޅުންނާ ކޮންމެ ވެސް ކަަހަލަ ގޮތް ނޭނގޭ ގުޅުންތަކެއް ޔަހޫދީ ދައުލަތުގެ އިސް ފަރާތްތަކާ އެބަ އޮތޭ. އިހަށް ދުވަހު އިނގިރޭސިވިލާތުގައި އިރުތިޝާމް، އަޅުގަނޑުމެންގެ އެމްބެސެޑަރު އެތާ ހުންނަވައި. އިސްރާއީލްގެ ސަފީރާ އެކީ މި އުޅުއްވަނީ. ބައްދަލު ކުރައްވައި، ކަންތައްތަކެއް ކުރައްވައި، ހަމަ އޭޒް ލައިފް އިޒް ނޯމަލް އިނގޭތޯ.
ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް / ކުރީގެ ރައީސުލްޖުމްހޫރިއްޔާ

މި ސަރުކާރު ވެރިކަމަށް އައިއިރު، އެންމެ ބޮޑަށް ދެއްކި އެއް ވާހަކަ އަކީ އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމުގެ ވާހަކަ އެވެ. އެހެން ނަމަވެސް، މި ސަރުކާރުން އިސްރާއީލްގެ ޕާސްޕޯޓު މަނާ ކޮށްފައި ވަނީ އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ޕްރެޝަރު ބޮޑުވުމުންނެވެ.

މެއި މަހު ރައީސް މުޢިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނީ، އިސްރާއީލްގެ ޕާސްޕޯޓު މަނާ ކުރުމަކީ މި ސަރާކާރުގެ ޚާރިޖީ ސިޔާސަތުގެ ފުރިހަމަކަމެއް ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙުމަދު ނަސީމް ހުށަހެޅުއްވި އިސްރާއީލް ޕާސްޕޯޓުގެ ބިލުގައި ހިމަނާފައި ވަނީ، އިސްރާއީލް ޕާސްޕޯޓު މަނާކޮށް، އިސްރާއީލް ޕާސްޕޯޓާ އެކު ޑުއަލް ޕާސްޕޯޓު ގެން ގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރި އިރު، އިސްރާއީލް ޕާސްޕޯޓު އޮންނަ މީހަކަށް ވިޔަސް، އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ ރާއްޖޭ އެތެރެ ވެވޭނެ އެވެ. އަދި އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ހުއްޓާލައިފި ނަމަ. އިސްރާއީލްގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު