Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރުގުއޭއިން ޓަބަރޭޒް ވަކިކުރުން

15 އަހަރަށްފަހު އުރުގުއޭއިން ޓަބަރޭޒް ވަކިކޮށްފި

20 ނޮވެމްބަރު 2021 | ހޮނިހިރު 12:34

އުރުގުއޭ ވަނީ ފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 ނޮވެމްބަރު 2021 | ހޮނިހިރު 12:34
އުރުގުއޭގެ ކޯޗުގެ މަގާމުން ވަކިކުރި މަޝްހޫރު ކޯޗު އޮސްކާ ޓަބަރޭޒް

އުރުގުއޭގެ ކޯޗުގެ މަގާމުން ވަކިކުރި މަޝްހޫރު ކޯޗު އޮސްކާ ޓަބަރޭޒް

އުރުގުއޭ ގައުމީ ފުޓްބޯޅަ ޓީމަށް 15 އަހަރު ވަންދެން އިރުޝާދުދިން މަޝްހޫރު ކޯޗު އޮސްކާ ޓަބަރޭޒް މަގާމުން ދުރުކޮށްފިއެވެ.

އުމުރުން މިހާރު 74 އަހަރުގެ ޓަބަރޭޒް އެންމެ ފުރަތަމަ އުރުގުއޭގެ ކޯޗުގެ މަގާމު އަދާކޮށްފައިވަނީ 1988 ވަނަ އަހަރު ސެޕްޓެމްބަރު މަހުން ފެށިގެން 1990 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭގެ ފަހުން ބޮކަ ޖޫނިއާސް އާއޮ އޭސީ މިލާނަށްވެސް އިރުޝާދުދިން ޓަބަރޭޒް އަލުން އުރުގުއޭގެ ގައުމީ ޓީމާ ހަވާލުވީ 2006 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ޓަބަރޭޒްގެ ކޯޗުކަމުގައި އުރުގުއޭއިން ވަނީ 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ކުޅުމުގެ އިތުރުން 2011 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

އެކަމަކު ޓަބަރޭޒް މަގާމުން ވަކިކުރަން ހުކުރު ދުވަހު އުރުގުއޭ ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމީ އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަށް އުރުގުއޭ ކޮލިފައިނުވެދާނެ ކަމުގެ ބިރު ބޮޑުވުމުން، އައު ކޯޗަކާ ޓީމު ހަވާލުކުރުމުގެ ގޮތުންނެވެ. އެގޮތުން މި ފަހަރުގެ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި އުރުގުއޭގެ ނަތީޖާތަށް ދަށްވެފައިވާއިރު، އުރުގުއޭ ވަނީ ކޮލިފައިންގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުންވެސް ބަލިވެފައެވެ.

ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕުގެ ޖާގަ ލިބޭއިރު، އެއްވަނައިގައި އޮތް ބްރެޒިލާއި ދެވަނައިގައި އޮތް އާޖެންޓީނާއިން ވަނީ ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ތިންވަނައިގައި އޮތް އެކުއެޑޯއަށް 14 މެޗުން 23 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ކޮލަމްބިއާއަށް 14 މެޗުން ވަނީ 17 ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި ބާކީ ހަތަރު މެޗު އޮތްއިރު، އުރުގުއޭ އޮތީ ހަތްވަނައިގައި 14 މެޗުން 16 ޕޮއިންޓާއެކުއެވެ.

އުރުގުއޭއިން އެ ޓީމުގެ ކޯޗުގެ މަގާމުން ޓަބަރޭޒް ވަކިކުރިއިރު، އޭނާއަކީ ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު އިރުޝާދުދިނުމުގެ ރިކޯޑު އޮންނަ ކޯޗެވެ. އެގޮތުން އުރުގުއޭގެ ކޯޗުގެ މަގާމުގައި ހޭދަކުރި 15 އަހަރާއި 8 މަހުގެ ތެރޭގައި އޭނާ ވަނީ އުރުގުއޭއަށް 221 މެޗުގައި ކޯޗުކޮށްދީފައެވެ.

އޮސްކާ ޓަބަރޭޒް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
11 ސެޕްޓެމްބަރު 2017

ޕެލަސްގެ ކޯޗްކަމުން ފްރޭންކް ޑިބޯ ވަކިކޮށްފި

11 ސެޕްޓެމްބަރު 2017
ޕެލަސްގެ ކޯޗްކަމުން ފްރޭންކް ޑިބޯ ވަކިކޮށްފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
30 މެއި 2017

ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި

30 މެއި 2017
ޑޯޓްމަންޑްގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކޮށްފި
10 މެއި 2017

ޕިޔޯލީ މަޤާމުން ވަކިކޮށްފި

10 މެއި 2017
ޕިޔޯލީ މަޤާމުން ވަކިކޮށްފި
30 އެޕްރީލު 2017

ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ

30 އެޕްރީލު 2017
ޕްރިމިއާ ލީގު: 10 އަހަރަށްފަހު ސަންޑަލޭންޑް ރެލިގޭޓްވެއްޖެ
20 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް

20 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް
11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
24 ފެބުރުއަރީ 2017

ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި

24 ފެބުރުއަރީ 2017
ލެސްޓަރ މެނޭޖަރުކަމުން ރެނީރީ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް