Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބަޔާން މިއުނިކް

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

އަންޗެލޯޓީ ވަކި ކުރުމަށް ނިންމީ ކްލަބުން ބޭނުންވާ ނަތީޖާ ނެރެދެވިފައިނުވާތީ: ރުމެނިގާ

މުޙައްމަދު ޒާހިރު
މުޙައްމަދު ޒާހިރު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2017 | ބުރާސްފަތި 16:55
ބަޔާންގެ މިއުނިކަށް އިރުޝާދުދިން ކޯޗު ކާލޯ އަންޗެލޯޓީ

ބަޔާންގެ މިއުނިކަށް އިރުޝާދުދިން ކޯޗު ކާލޯ އަންޗެލޯޓީ

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން ކާލޯ އަންޗެލޯޓީ ވަކިކޮށްފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމައިން (ޕީއެސްޖީ) އަތުން ލަދުވެތި ނަތީޖާއަކުން ބަލިވި މެޗަށްފަހު 24 ގަޑިއިރުވެސް ނުވަނީސް، ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކުރިކަން އެކްލަބުން ހާމަކޮށްފައި ވަނީ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ މިސީޒަނުގެ ފެވަރިޓުންގެ ތެރޭގައި ހިމެނުނު ބަޔާން، ރަށުން ބޭރުގައި ޕީއެސްޖީ އަތުން ބަލިވީ ތިން ލަނޑު ސުން ލަނޑުންނެވެ.

ފާއިތުވި ސީޒަނުގައި ޖަރުމަނު ބުންޑަސްލީގާގެ ތަށި ހޯދައިދިން ކޯޗު މަޤާމުން ވަކިކުރިކަން ހާމަކުރުމަށް ފަހު ކްލަބުގެ އެގްޒެކެޓިވް ޗެއަރމަން ކާލް ހެއިންޒް ރުމެނިގާ ބުނީ، ސީޒަނުގެ ކުރީކޮޅުން ފެށިގެން މެނޭޖްމަންޓުން އުއްމީދުކުރި ނަތީޖާއެއް ނެރެވިފައިނުވާ ކަމަށެވެ.

އަންޗެލޯޓީގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ސީޒަނުގައި ބަޔާން އިން ލީގު ކާމިޔާބު ކުރި ނަމަވެސް، މިސީޒަނުގައި އެދެވޭ ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އެގޮތުން ލީގުގައި މިހާތަނަށް ކުޅުނު ހަމެޗުގެ ތެރެއިން ބަޔާން ވަނީ އެއް މެޗުން ބަލިވެ، އެއް މެޗުން އެއްވަރުވެފައެވެ. ބަޔާން މިވަގުތު އޮތީ ވާދަވެރި ބޮރޫޝިއާ ޑޯޓްމުންޑަށް ވުރެ ތިން ޕޮއިންޓް މަދުން ލިބިގެން، ބުންޑަސްލީގާ ތާވަލްގެ ތިން ވަނާގައެވެ.

އަދި ޕެރިހުގައި ކުޅުނު މެޗަށް ފަހު، ކްލަބުގެ ސްޕޯޓިންގ ޑިރެކްޓަރާއެކު އަންޗެލޯޓީ އާ ބައްދަލުކޮށް، ކްލަބުގެ ނިންމުމާއިމެދު މަޝްވަރާ ކޮށްފައިވާ ކަމަށް ރުމެނިގާ ބުންޏެވެ.

އަދި ބަޔާން އަށް އަންޗެލޯޓީ ކޮށްދިން ޚިދުމަތަށް ޝުކުރު އަދާކުރާ ކަމަށާއި، މިއީ ކްލަބުގެ މަސްލަހަތަށްޓަކައި ނިންމި ނިމްމެއް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ރުމެނިގާ ވަނީ މިކަމަށް ކްލަބުގެ ކުޅުންތެރިން އިޙްތިރާމްކޮށް މިސީޒަނަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލްވުމަށް ކުޅުންތެރިންގެ ކިބައިން އެދިފައެވެ.

ބަޔާންގެ ކޯޗުގެ މަޤާމާއި ދެން ހަވާލުވާނެ ކަމަށް ބެލެވެނީ ހޮފެންހެއިމްގެ ކޯޗު ޖޫލިއަން ނަގެލްސްމަން ނުވަތަ ބަޔާންގެ ކުރީގެ ކޯޗު ވިލީ ސެންޔޯލް އެވެ. ދާއިމީ ކޯޗެއް ހަމަޖެހެންދެން އެކްލަބަށް އިރުޝާދު ދޭނީ ސެންޔޯލް އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބުންޑަސްލީގާ: ބޮޑުތަފާތަކުން ވޮލްފްސްބާގް ބަލިކޮށް ބަޔާން ލީގު އުފުލާލައިފި

ބުންޑަސްލީގާ: ބޮޑުތަފާތަކުން ވޮލްފްސްބާގް ބަލިކޮށް ބަޔާން ލީގު އުފުލާލައިފި

30 އެޕްރީލު 2017
ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

ބަޔާން ބަލިކޮށް ޑޯޓްމަންޑް ޖަރުމަން ކަޕްގެ ފައިނަލަށް

27 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

ބަޔާން މެޗަށް މިހުރީ ސަމާލުވެ: ޒިދާން

19 މާރިޗު 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު