Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމް

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

އިއްޒަތު މަގާމުން ދުރުކުރީ އެސޯސިއޭޝަންގެ އާންމު ޖަލްސާގައި ފާސްވެގެން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 3 އެޕްރީލު 2017 | ހޯމަ 20:20
ވީއޭއެމުން ބޭއްވި ނޫސްވެރިންގެ ވައްދަލު ވުމެއްގެ ތެރެއިން

ވީއޭއެމުން ބޭއްވި ނޫސްވެރިންގެ ވައްދަލު ވުމެއްގެ ތެރެއިން

ވޮލީބޯލް އެސޯސޮއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި އެވެ.

ވީއޭއެމްއިން މިކަން އިއުލާންކޮއްފައިވަނީ ހޯމަ ދުވަހު ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަމުން އެއިދާރާގެ ޓެކްނިކަލް ޑިރެކްޓަރު އަދި ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗް މުހަންމަދު ޝަރަފް ބުނެފައިވަނީ، އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެސޯސިއޭޝަންގެ އާންމު ޖަލްސާއެއްގައި އިއްޒަތު ވަހީދު މަގާމުން ވަކިކުރަން ފާސްވެފައި ވާކަމަށެވެ. ޝަރަފް ބުނެފައިވަނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އާންމު ޖަލްސާގައި މެމްބަރު ތިން ކުލަބުގެ ތެރެއިން ދެކުލަބު ހާޒިރުވެފައިވާ ކަމަށާ، އިއްޒަތު މަގާމުން ވަކުރަން ފާސްވީ ޖަލްސާގެ ފުރިހަމަ އަގުލަބިއްޔަތުން ކަމަށެވެ.

އިއްޒަތަކީ ވީއޭއެމްގެ ރައީސް ލަތީފް އެމަގާމަށް ހޮވައިދިނުމަށް އެންމެ ގިނަ މަސައްކަތް ކޮއްފައިވާ އެއް ފަރާތެވެ. ނަމަވެސް ފާއިތުވި ކުރު މުއްދަތުގައި އެސޯސިއޭޝަނާ އިއްޒަތާ ދެމެދު އޮތް ގުޅުން ކުޑަވެފައި ވާކަން ފާހަގަ ކޮއްލެވެ އެވެ. ފާއިތުވި މަހު ރާއްޖޭގައި ބޭއްވުނު އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތް ކުރިއަށް ގެންދިއުމުގައި އިއްޒަތު ވަހީދުގެ ފަރާތުން ގިނަ ގޮންޖެހުންކެށް ކުރިމަތި ވެފައި ވާހަކަމަށް އެސޯސިއޭޝަނުން ވަނީ ތުހުމަތު ކޮށްފަ އެވެ.

އެސޯސިއޭޝަނުން ބުނެފައިވަނީ، މުބާރާތް ރާއްޖޭގައި ބޭއްވިޔަ ނުދިނުމަށް އިއްޒަތު އާއި އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހަންމަދު ރިޔާޒް ގުޅިގެން ގިނަ މަސައްކަތްތަކެށް ކޮއްފައިވާ ކަމަށެވެ. އެގޮތުން އެ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ކަމާމެދު ސުވާލު އުފެދޭ ވަރަށް ގޮންޖެހުންތަށް ކުރިމަތިވި ކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

އެސޯސިއޭޝަންގެ ޓެކްނިކަލް ޑިރެކްޓަރު މުހަންމަދު ޝަރަފް ބުނެފައިވަނީ، ސެންޓްރަލް ޒޯން މުބާރާތުގައި މަދުވެގެން ހައެކަ ޓީމު ބައިވެރި ވާނެކަމަށް ބެލެވުނު ކަމަށާ، ނަމަވެސް އެންމެ ހަތަރު ޓީމު މުބާރާތުގައި ބައިވެރި ވުމުން މުބާރާތް އެންމެ ފުރިހަމަ ވެގެން ނުދާކަމަށެވެ. ޝަރަފް ބުނެފައިވަނީ މިކަންކަމުގެ ސަބަބުން ރާއްޖެ ޓީމުގެ ކުޅުމަށް އަސަރެށް ނުކުރެއެކޭ ނުބުނާނަން ކަމަށެވެ. އަދި ވޮލީބޯޅަ އަށް ގިނަ ދުވަސްތަކެށް ވަންދެން ޙިދުމަތް ކޮއްދެއްވާފައިވާ ބޭފުޅެއްގެ ފަރާތުން މިފަދަ ޢަމަލުތަކެށް ފެނުމުން އެއީ ބަލައިގަނެވޭނެ ކަމެށް ނޫން ކަމަށްވެސް ޝަރަފް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ އެކްސްކޯގެ ސައްހަ ކަމާމެދު ސުވާލު އުފައްދައި، ސެންޓްރަލް ޒޯން މުބާރާތް ރާއްޖޭގައި ބޭއްވިޔަ ނުދިނުމަށްޓަކާ އިއްޒަތު ވަހީދު އާއި މުހަންމަދު ރިޔާޒް ގުޅިގެން އޭވީސީއަށް ދޮގު ވާހަކަތަކެށް ހިއްސާކޮއްފައި ވާކަމަށްވެސް އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އެއިދާރާގެ ކުރީގެ ރައީސް ރިޔާޒަކީ އޭވީސީގެ މެންބަރެށް ކަންވެސް ފާހަގަ ކޮއްލެވެ އެވެ.

އެސޯސިއޭށަނުން ބުނެފައިވަނީ ރިޔާޒަށް ދެމުން އައި ސަޕޯޓް އަނބުރާ ގެނައުމައްފަހު އެ ގޮނޑި މިހާރުގެ ރައީސް ލަތީފަށް ދެއްވުމަށް އޭވީސީގައި އެދިފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
04 ފެބުރުއަރީ 2017

ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް

04 ފެބުރުއަރީ 2017
ވޮލީ އެސޯސިއޭޝަންގެ ރަސްމީ ލިޔެކިޔުމެއްގައި ސޮއިކުރެވޭނީ ރައީސް އާއި ޖެނެރަލް ސެކެޓްރީ އަށް
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު