Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު

ޕެލަސްގެ ކޯޗްކަމުން ފްރޭންކް ޑިބޯ ވަކިކޮށްފި

ޑިބޯ ޕެލަސްގެ ކޯޗުކަމުގައި ހޭދަކުރީ 3 މަސްދުވަސް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 11 ސެޕްޓެމްބަރު 2017 | ހޯމަ 14:39
ފްރެންކް ޑިބޯ

ފްރެންކް ޑިބޯ

އިނގިރޭސި ޕްރިމިއާ ލީގްގައި ކްރިސްޓަލް ޕެލަސް ކުޅުނު ހަތަރު މެޗުން ވެސް ބަލިވުމުން، އެ ޓީމުގެ ކޯޗް ހޮލެންޑްގެ ފްރޭންކް ޑިބޯ ކޯޗުކަމުގެ މަގާމުން ވަކިކޮށްފިއެވެ.

އެންމެ ފަހުން ލީގުގައި ކުޅުނު މެޗަށްފަހު ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ވަކި ގޮތެއް ނިންމާނެ ކަމަށް އިނގިރޭސި މީޑިއާތައް ބުނިތާ 48 ގަޑިއިރުވެސް ނުވަނީސް ޑިބޯއާ ޕެލަސްގެ ކޯޗުކަމުން މިވަނީ ވަކިކޮށްފައެވެ.

ބީބީސީން ރިޕޯޓް ކުރިގޮތުގައި ފްރޭންކް ޑިބޯ މަގާމާ މެދު ގޮތެއް މި ނިންމީ އެ މަގާމު ފޫބައްދާނެ އެހެން ކޯޗަކު ޕެލަސްއަށް ހަމަޖެއްސުމަށް ފަހުގައެވެ. އެހެން ނަމަވެސް ޑިބޯގެ ބަދަލުގައި ޕެލަސްގެ ކޯޗަކަށް ހަމަޖެއްސީ ކޮން ފަރާތެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ބައެއް ރިޕޯޓްތަކާއި ހަވާލަދީ ބީބީސީން ބުނެފައި ވަނީ، ޑިބޯގެ ބަދަލުގައި ޕެލަސްއިން އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް ރޯއީ ހޮޖްސަން ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. ޑެއިލީ ޓެލެގްރާފްގައި ބުނެފައިވަނީ، ޑިބޯގެ ބަދަލުގައި، ކޯޗަކަށް ހަމަޖައްސާނެ ކަމަށް ބެލެވޭނީ ޕެލަސްގެ ސްޕޯޓިން ޑައިރެކްޓާ ޑަގީ ފްރީޑްމަން ކަމަށެވެ. ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޑިބޯއާއާ ކޯޗް ކަން ހަވާލު ކުރީ މި އަހަރު ޖޫން މަހު އެވެ. އޭގެ ކުރިން ކޯޗަކަށް ހުރީ އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ކޯޗް ސޭމް އަލަޑައިސް އެވެ.

އަލަޑައިސް މަގާމުން ވަކިކޮށް ޑިބޯ ޕެލަސްގެ ކޯޗުކަމަށް ގެނައީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެން ނަމަވެސް އޭނާއަށް ޕެލަސްގެ ކޯޗު ކަމުގައި ހުރެވުނީ 3 މަސް ދުވަހުއެވެ. 3 މަސް ދުވަހައް ފަހު މަގާމު ގެއްލުމުން އެކަމާއި ބެހޭ ގޮތުން މީޑިއާއިން ސުވާލު ކުރުމުން ޑިބޯ ބުނީ އޭނާ އިތުރަށް މި ކަމާ ވާހަކަ ދައްކަން ބޭނުން ނުވާކަމަށާއި އެހެން ނަމަވެސް ބޭނުންވަނީ އިތުރަށް ކޯޗުކަމުގައި ކުރިޔައްދާން ކަމަށެވެ.

" ދެން އިތުރަށް އެމައްސަލަ އާއި ގުޅޭގޮތުން ވާހަކަދެއްކުމަކީ ކުރާ ހިއްވާ ކަމެއް ނޫން. އެހެން ނަމަވެސް އަދިވެސް ކޯޗިންދާއިރާއިން އިތުރަށް ކުރިޔަށް ދާން ބޭނުންވޭ." ޑިބޯއާ ބުންޏެވެ.

ޕެލަސް މިހާތަނަށް ލީގުގައި ކުޅެފައިވާ ތިން މެޗުންވެސް ވަނީ ބަލިވެފައެވެ. އެގޮތުން ޕްރިމިއާ ލީގްގައި މުޅިން އަލަށް ވާދަ ކުރާ ހަޑާސް ފީލްޑް އަތުންވެސް ޕެލަސް ވަނީ 3-0 ން ބަލިވެފަ އެވެ.

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2017

ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ސްލެވަން ބިލިޗް ވަކިކޮށްފި

06 ނޮވެމްބަރު 2017
ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ސްލެވަން ބިލިޗް ވަކިކޮށްފި
18 އޮކްޓޯބަރު 2017

ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި

18 އޮކްޓޯބަރު 2017
ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި
28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
12 ސެޕްޓެމްބަރު 2017

ޕެލަސްގެ ކޯޗްކަމަށް ރޯއި ހޮޖްސަން އައްޔަނު ކޮށްފި

12 ސެޕްޓެމްބަރު 2017
ޕެލަސްގެ ކޯޗްކަމަށް ރޯއި ހޮޖްސަން އައްޔަނު ކޮށްފި
24 ޖޫން 2017

ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި

24 ޖޫން 2017
ޕާފޯމެންސް މެދު ހިތްހަމަނުޖެހޭ ކަމަށް ބުނެ ނިއުގެ ކޯޗު މަގާމުން ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު