Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޓަމިލާން

ޕިޔޯލީ މަޤާމުން ވަކިކޮށްފި

ވަގުތީ ގޮތުން ހުންނާނީ ޔޫތުޓީމުގެ ކޯޗު

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 10 މެއި 2017 | ބުދަ 14:33
އިންޓަމިލާންގެ މެޗެއްގައި ޕިއޯލީ އިރުޝާދު ދެނީ

އިންޓަމިލާންގެ މެޗެއްގައި ޕިއޯލީ އިރުޝާދު ދެނީ

މި ސީޒަނުގައި ނެރެމުންދާ ދަށް ނަތީޖާތަކާ ގުޅިގެން އިންޓަމިލާންގެ ކޯޗުކަމުގެ މަޤާމުން ސްޓެފާނޯ ޕިއޯލީ މަގާމުން ވަކިކޮށްފި އެވެ.

އިންޓަމިލާންގެ ކޯޗުކަމުން ޕިއޯލީ ވަކިކުރި އިޓަލިއަން ލީގުގައި އެޓީމަށް ބާކީ އޮތ އެންމެ ތިންމެޗެވެ.

ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާއާ ދުރުކުރުމަށްފަހު ޕިއޯލީއާ އިންޓަމިލާންގެ ކޯޗުކަން ޙަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަސް ތެރޭގައެވެ.

ބޮއާއާ ދުރުކުރީ އެ ކްލަބުން ހޯދަމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ. އަދި ޕިއޯލާ ޓީމާއި ޙަވާލުވެ، ކްލަބު ހަމައަކަށް އެޅުވިއެވެ.

އިންޓަމިލާން ކުރިން އޮތް ހާލަތަށްވުރެ ބޮޑުތަނުން ޓީމުގެ ފޯމް ރަނގަޅު ކުރިނަމަވެސް ޕިއޯލާއަށްވެސް މާ އެދެވޭ ނަތީޖާތަކެއް ނެރެވޭ ގޮތެއް ނުވިއެވެ.

އެހެން ކުލަބަށް މޮޅެއް ނުލިބި ހަތް މެޗުދިޔުމާއި އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް އިންޓަރ އަށް ދެވިދާނެ ކަމާއިމެދު އޮތޯ ސުވާލު އުފެދިފައެވެ.

ބާކީ ތިން މެޗު އޮތް އިރު އިންޓަމިލާން އޮތީ ލީގުގެ ހަތްވަނައިގައެވެ. ކުރިއަށް ހުރި މެޗުތަކުގައި އިންޓަރމިލާނަށް ކޯޗުކޮށްދޭނީ އެކުލަބުގެ ޔޫތު ޓީމުގެ ކޯޗު ސްޓެފާނޯ ވެޗީ އެވެ.

ޕިއޯލީ މަގާމުން ދުރުކޮށްފައިވާއިރު، އިންޓަރ އިން އަންނަނީ އަންނަ ސީޒަނަށް ޑިއޭގޯ ސިމިއޯނީ ނުވަތަ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެނައުމުގެ މަސައްކަތްކުރަމުންނެވެ.

ދެހާސް ދިހަވަނަ އަހަރު ހޯސޭ މޮރީނިއޯ އެޓީމާއި ވަކިވި ފަހުން އެ ޓީމަށް މިވަނީ ނުވަ ކޯޗުން ގެނެސްފަ އެވެ.

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2017

އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި

15 ނޮވެމްބަރު 2017
އިޓަލީގެ ކޯޗުކަމުގެ މަގާމުން ވެންޗޫރާ ވަކިކޮށްފި
06 ނޮވެމްބަރު 2017

ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ސްލެވަން ބިލިޗް ވަކިކޮށްފި

06 ނޮވެމްބަރު 2017
ވެސްޓް ހޭމްގެ ކޯޗުގެ މަގާމުން ސްލެވަން ބިލިޗް ވަކިކޮށްފި
18 އޮކްޓޯބަރު 2017

ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި

18 އޮކްޓޯބަރު 2017
ލެސްޓާ ސިޓީގެ ކޯޗުގެ މަގާމުން ކްރެއިގް ޝޭކްސްޕިއަރ ވަކިކޮށްފި
28 ސެޕްޓެމްބަރު 2017

ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި

28 ސެޕްޓެމްބަރު 2017
ބަޔާން މިއުނިކްގެ ކޯޗުގެ މަޤާމުން އަންޗެލޯޓީ ވަކިކޮށްފި
11 ސެޕްޓެމްބަރު 2017

ޕެލަސްގެ ކޯޗްކަމުން ފްރޭންކް ޑިބޯ ވަކިކޮށްފި

11 ސެޕްޓެމްބަރު 2017
ޕެލަސްގެ ކޯޗްކަމުން ފްރޭންކް ޑިބޯ ވަކިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު