Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ޑޯޓްމަންޑް ކަޓުވާލާ 13 އަހަރަށްފަހު މޮނާކޯ ސެމީއަށް

ޗެމްޕިއަންސް ލީގުގައި މޮނާކޯ ވަނީ 45 ލަނޑު ހަމަކޮށްފަ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 20 އެޕްރީލު 2017 | ބުރާސްފަތި 08:17
ޑޯޓްމަންޑް ބަލިކޮށް މޮނާކޯ އިން އުފާފާޅުކުރަނީ

ޑޯޓްމަންޑް ބަލިކޮށް މޮނާކޯ އިން އުފާފާޅުކުރަނީ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮރޯޝިއާ ޑޯޓްމަންޑް ކަޓުވާލާ، 13 އަހަރަށްފަހު ފްރާންސްގެ އޭއެސް މޮނާކޯ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު އެޓީމުން 1-3 ގެ ނަތީޖާއިން ކާމިޔާބުކޮށްފައިވާއިރު، މި ދެޓީމު ބައްދަލުކުރި ފުރަތަމަ ލެގު ޑޯޓްމަންޑް ދަނޑުގައި މޮނާކޯ ވަނީ 2-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެގޮތުން މޮނާކޯ ސެމީއަށް ދަތުރުކުރީ 3-6 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މޮނާކޯ ދަނޑުގައި ކުޅުނު މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިބާޕޭ އެވެ. މީގެއިތުރުންވެސް އެޓީމަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

މޮނާކޯ އަށް މެޗުގެ ލީޑު ފުޅާކޮށްދިނީ 17 ވަނަ މިނެޓުގައި ރަޑަމެލް ފަލްކާއޯ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ފަލްކާއޯ ކާމިޔާބުކުރި 45 ވަނަ ލަނޑެވެ. މި ލަނޑާއެކު ޑޯޓްމަންޑުން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، ލަނޑު ޖެހުމަށްވެސް އެޓީމުން ވަނީ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޑޯޓްމަންޑްގެ މައްޗަށް މޮނާކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން މޮނާކޯ އިން ރަނގަޅަށް ކުޅެފައިވާއިރު، ލީޑު ފުޅާކުރުމަށްވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މޮނާކޯ އިން ރަނގަޅަށް ކުޅެމުންދަނިކޮށް ޑޯޓްމަންޑުގެ މާކޯ ރެއުސް ވަނީ 48 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ.

މެޗުގައި މޮނާކޯ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު 81 ވަނަ މިނެޓޫގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޖާމިއަން އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

ލީގުގެ އެއްވަނައިގައި ޗެލްސީއަށް ހަތް ޕޮއިންޓްގެ ލީޑެއް

15 ޖެނުއަރީ 2017
ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

ކޭންގެ ހެޓްރިކާއެކީ ޓޮޓެންހަމް ލީގުގެ ދެވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު