Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާޖެންޓީނާ ގައުމީ ކޯޗު

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

އާޖެންޓީނާގެ ކޯޗުކަމަށް ދެން ގެންނާނީ ކޯޗު ޖޯޖް ސަމްޕޯލީ ކަމަށް ރިޕޯޓްތައް ބުނޭ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 11 އެޕްރީލު 2017 | އަންގާރަ 07:55
އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު އެޑްގާޑޯ ބައުޒާ

އާޖެންޓީނާ ގައުމީ ޓީމުގެ ކޯޗު އެޑްގާޑޯ ބައުޒާ

އާޖެންޓީނާ ހޯދަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗު ކަމުން އެޑްގާޑޯ ބައުޒާ ވަކިކޮށްފި އެވެ.

ރަޝިއާގައި 2018 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ބައުޒާގެ އިރުޝާދުގެ ދަށުން އާޖެންޓީނާ 8 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން އެޓީމު މޮޅުވެފައި ވަނީ އެންމެ ތިން މެޗުންނެވެ. އެގޮތުން މުބާރާތަށް އާޖެންޓީނާ ކޮލިފައިވުމާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އާޖެންޓީނާ އެފްއޭގެ ރައީސް ކްލައުޑިއޯ ޓަޕިއާ ވިދާޅުވީ، އާޖެންޓީނާ ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗުކަމުން ބައުޒާ ވަނީ ވަކިކުރެވިފައި ކަމަށާއި، އެކަން މިހާރު އޭނާއަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ވޯލްޑްކަޕް ކޮލިފައިންގައި އާޖެންޓީނާ ހިމެނޭ ގްރޫޕްގައި އެޓީމު އޮތީ ފަސްވަނައިގައިގައެވެ. މި ނަތީޖާގައި އާޖެންޓީނާ ކޮލިފައިން ސްޓޭޖް ނިންމާލަންޖެހިއްޖެ ނަމަ، ދެން އެޓީމު ވާދަކުރަންޖެހޭނީ އޯޝެނިއާގެ ޕްލޭއޮފްގައެވެ.

ކޮލިފައިންގައި އާޖެންޓީނާ ކުރިޔަށް ކުޅޭ ތިން މެޗުގައި، ހަތަރު މެޗަށް ސަސްޕެންޑުކޮށްފައި ހުރި އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީއަށް ނުކުޅެވޭނެއެވެ. މެސީ ސަސްޕެންޑުކޮށްފައި ވަނީ މިދިޔަ މަހު ޗިލީ އަތުން 0-1 ގެ ނަތީޖާއިން އާޖެންޓީނާ ބަލިވި މެޗުގައި ލައިސްމަނާ މުހާތަބުކުރި ގޮތުންނެވެ. އެގޮތުން އޭނާ ވަނީ އެ ހަތަރު މެޗުގެ ތެރެއިން އެއް މެޗު ހަމަކޮށްފައެވެ. އެ މެޗުން އާޖެންޓީނާ ވަނީ ބޮލީވިއާ އަތުން 0-2 ގެ ނަތީޖާއިން ބަލިވެފައެވެ.

އާޖެންޓީނާގެ ކޯޗުކަން ބައުޒާއާ ހަވާލުކުރީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގެ ފައިނަލުގައި ޗިލީ އަތުން އެޓީމު ބަލިވުމާ ގުޅިގެން، ކޯޗު މާޓިނޯ ވަކިކުރުމަށް ފަހު އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އާޖެންޓީނާގެ ކޯޗުކަމަށް ދެން ގެންނާނީ ޗިލީގެ ކުރީގެ ކޯޗު ޖޯޖް ސަމްޕޯލީއެވެ. އެގޮތުން ކުރިޔަށް އޮތް ހަފްތާތަކެއްގެ ތެރޭގައި އޭނާ މަގާމާ ހަވާލުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު