Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަޑުބަރޭއަށް ފިޔަވަޅު އެޅުން

އަޑުބަރޭގެ އަމަލާ މެދު ހިތާމަކުރަން، އެކަމަކު ފިޔަވަޅު އަޅާނީ ވުޒާރާއަކުން ނޫން: މަޚްލޫފް

އެ މައްސަލައިގައި ފިޔަވަޅު އަޅާނީ ފީފާ ނުވަތަ އޭއެފްސީން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 ނޮވެމްބަރު 2021 | ބުދަ 06:21
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ގައުމީ ޓީމުގެ ޖާޒީގައި

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ގައުމީ ޓީމުގެ ޖާޒީގައި

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި އަންގާރަ ދުވަހު ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ސީޝެލްސް ކުޅުންތެރިއަކަށް ބޯޅަ ނެތީސް ހަމަލާ ދިނުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި، އެކަމަކު އޭނާއާ މެދު ފިޔަވަޅު އަޅާނީ ވުޒާރާއިން ނޫން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފު ވިދާޅުވެއްޖެއެވެ.

އެ މެޗުގައި ސީޝެލްސްއާ ލަނޑެއް ނުޖެހި އެއްވަރުވުމުން ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ. އެ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޑުބަރޭ ވަނީ ބޯޅަ ނެތީސް ސީޝެލްސް ކެޕްޓަނުގެ މޫނުމަތީގައި ވަރަށް ބާރަށް އުޅަބޮށިން ޖަހާފައެވެ. އެއާއެކު އޭނާއަށް ރެފުރީ ވަނީ ވަގުތުން ރަތް ކާޑެއް ދައްކާފައެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި އޮތް ސުވާލުކުރުމުގެ ދަންފަޅީގައި އަޑުބަރޭގެ އެ އަމަލާ ބެހޭގޮތުން ބިލެތްދޫ ދާއިރާގެ މެންބަރު އަދި ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަޙްމަދު ހަލީމް (ދޮންބިލެތް) ސުވާލުކުރެއްވުމުން މަޚްލޫފް ވިދާޅުވީ ފުޓްބޯޅަ މެޗަކުން ދިމާވާ ކަމެއްގައި ކުޅިވަރާ ބެހޭ ވަޒީރު ފިޔަވަޅު އެޅުން ވާނީ ޖޯކަކަށް ކަމަށާއި، މިއީ ފީފާ އެޕްރޫވް މުބާރާތަކަށްވާތީ ފިޔަވަޅު އަޅާނީ ފީފާ ނުވަތަ އޭއެފްސީން ކަމަށެވެ. އަދި އަޑުބަރޭ ގައުމީ ޓީމަށް ކުޅެނީ ކުޅިވަރާ ބެހޭ ވުޒާރާ ތަމްސީލުކުރަން ނޫން ކަމަށްވާތީ، އެއީ އެ ވުޒާރާއިން ފިޔަވަޅު އަޅަން ޖެހޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު މަޚްލޫފް ވިދާޅުވީ އެ މެޗުގައި ފެނިގެން ދިޔަ ކަންތަކާ މެދު ހިތާމަކުރައްވާ ކަމަށާއި އެކަން ދިމާވާން މެދުވެރިވި ސަބަބެއް ނޭގޭ ކަމަށެވެ. އެކަމަކު އެއީ ފެނިގެންވާނެ މަންޒަރެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފޯ ނޭޝަންސް ކަޕުގައި ފެނިގެންދިޔަ ހުތުރު އަމަލާ ގުޅިގެން އަޑުބަރޭއަށް ފާޑުކިޔުން އަމާޒުވިއިރު، މިދިޔަ މަހު މާލޭގައި ބޭއްވި "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައިވެސް އަޑުބަރޭއަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން މީގެ ކުރިން 2018 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ގައުމީ ޓީމުން ރިޓަޔާކުރުމަށްފަހު މިހާރު އުމުރުން 34 އަހަރުގެ އަޑުބަރޭ އަލުން ގައުމީ ޓީމަށް ނެގުމާއެކުވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެ ފަހަރު އޭނާ ގައުމީ ޓީމުން ރިޓަޔާކުރީ އޭރުގެ ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓުގެ ކުއްލި ނިންމުމަކާ މެދު ހިތްހަމަނުޖެހިގެންނެވެ.

އަޑުބަރޭ އަލުން ގައުމީ ޓީމުގައި ހިމެނިގެން ކުޅެމުން އަންނައިރު، 2018 ވަނަ އަހަރު ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އޭނާ ކުޅުމާ ދުރުގައި ހުއްޓެވެ. އެއަށްފަހު އަޑުބަރޭ ވަނީ މިދިޔަ ސީޒަނުގެ މެދުތެރެއިން ކުލަބު އީގަލްސްއާ ގުޅެފައެވެ. ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުތަކުގައި އަޑުބަރޭ ފުރަތަމަ އެގާރައިގައި ހިމެނި ނަމަވެސް، މިހާރުގެ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ މި މުބާރާތުގައި އޭނާ ފުރަތަމަ އެގާރައިގައި ބޭނުންކޮށްފައެއް ނުވެއެވެ.

އަސްހަދު އަލީ (އަޑުބަރޭ)އަހުމަދު މަޚްލޫފްގައުމީ ފުޓްބޯޅަ ޓީމު

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
04 ޑިސެމްބަރު 2023

މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި

04 ޑިސެމްބަރު 2023
މަޚްލޫފް، ޔުއެފާގެ ރައީސް ޗެފެރިންނާ ބައްދަލުކުރައްވައިފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު