Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަންގްސަން ސޫކީ

އަންގްސަން ސޫކީގެ މައްޗަށް އިންތިޚާބުގައި އޮޅުވާލިކަމުގެ ދައުވާވެސް އުފުލައިފި

ސޫކީގެ އިތުރުންވެސް އިތުރު 15 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ނޮވެމްބަރު 2021 | ބުދަ 03:19
އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު

އަންގްސަން ސޫކީ / މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު

މަގާމުން ދުރުކޮށްފައިވާ މިޔަންމާގެ ލީޑަރު އަންގްސަން ސޫކީގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް އެގައުމުގެ އަސްކަރީ ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައިވަނިކޮށް، އިންތިޚާބުގައި އޮޅުވާލުމުގެ ދައުވާ އުފުލައިފިއެވެ.

އަންގާރަ ދުވަހު ސޫކީގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލާފައިވާއިރު، ސޫކީގެ އިތުރުންވެސް 15 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އަލަށް އުފުލި ދައުވާގައި ބުނެފައިވަނީ ނިމިދިޔަ އިންތިޚާބު ސޫކީ ކާމިޔާބު ކުރެއްވީ އޮޅުވާލައިގެން ކަމަށެވެ. އެހެންނަމަވެސް، އިންތިޚާބުގެ ކަންކަން މޮނިޓަރ ކުރެއްވި މިނިވަން އޮބްޒާވަރުން ވަނީ އިންތިޚާބުގެ ކަންކަން ދިޔައީ އެންމެ ފުރިހަމައަށްކަން ފާހަގަ ކުރައްވައި އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އަދި އޭނާގެ މައްޗަށް ވަނީ، ގާނޫނާ ޚިލާފަށް ވޯކީ ޓޯކީ ރޭޑިއޯ މިޔަންމާއަށް އެތެރެކޮށް ގެންގުޅުމުގެ ދައުވާގެ އިތުރުން، ޑިޒާސްޓަރ މެނޭޖްމަންޓް ގާނޫނުގެ ދަށުން ކޮވިޑާދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ޚިލާފުވި ކަމުގެ ދައުވާ ވެސް އުފުލާފައެވެ. މި ދައުވާތައް ކޮށްފައިވަނީ ވެރިރަށް ނައިޕިޓޯގައެވެ.

ޔަންގޮން ކޯޓުގައި، އޭނާގެ މައްޗަށްވަނީ، މިޔަންމާގެ އޮފިޝަލް ސީކްރެޓް ގާނޫނާ ޚިލާފުވުމުގެ ދައުވާވެސް ކޮށްފައެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އަންގްސަން ސޫކީގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ މި ހުރިހާ ދައުވާތަކަށް ވެސް އިންކާރުކޮށްފައެވެ.

ސޫކީގެ ދަރިންނާއި އަވަހާރަވެފައިވާ ފިރިކަލުންނަކީ، ގައުމުން ބޭރުގެ ރައްޔިތުކަން އޮންނަ ބަޔަކަށް ވާތީ އޭނާއަށް އެގައުމުގެ ރައީސްކަމަށް ވާދަކުރުމުގެ ފުރުސަތުވަނީ ގެއްލިފައެވެ. ބަޣާވާތަކުން ވެރިކަން ބަދަލުކޮށްލުމުގެ ކުރިން އޭނާވަނީ މިޔަންމާގެ ސްޓޭޓް ކައުންސިލަރުކަން އަދާ ކުރައްވާފައެވެ.

މިޔަންމާ މުޒާހަރާމިޔަންމާ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ

10 ނޮވެމްބަރު 2025
ރޮހިންޖާ ރެފިއުޖީން އުފުލި ބޯޓެއް އަޑިޔަށް ގޮސް އެތައް ބަޔަކު މަރުވެއްޖެ
20 މާރިޗު 2024

އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި

20 މާރިޗު 2024
  އައުންގ ސަން ސޫޗީ ގެ ގެ ނީލަން ކިއުމުން އެއްވެސް ފަރާތަކުން ބިޑް ނުކުރި
02 މާރިޗު 2023

މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ

02 މާރިޗު 2023
މިޔަންމާގެ ކާރިސާތަކުގެ އަސަރު މުޅި ސަރަހައްދަށް ކުރޭ: މެލޭޝިއާ
12 އޮކްޓޯބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް

12 އޮކްޓޯބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރ އައުންގ ސަންގ ސޫޗީގެ މައްޗަށް އިތުރު 6 އަހަރުގެ ޖަލު ހުކުމެއް
29 ސެޕްޓެމްބަރު 2022

މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ

29 ސެޕްޓެމްބަރު 2022
މިޔަންމާގެ ކުރީގެ ލީޑަރު ސޫކީގެ މައްޗަށް އިތުރު 3 އަހަރުގެ ޖަލު ހުކުމެއް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު