Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

ރާއްޖެ ކަޓުވާލައި ސީޝެލްސް ފައިނަލަށް

ތާވަލުގެ އެއްވަނައަށް ސީޝެލްސް ޖެހިލީ ފަސް ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2021 | އަންގާރަ 12:34
ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އާއި ސީޝެލްސް ބައްދަލުކުރި މެޗުގެ ތެރެއިން

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" ގައި އަންގާރަ ދުވަހު ކުޅުނު މެޗުން ރާއްޖެއާ އެއްވަރުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ސީޝެލްސްއިން ހޯދައިފިއެވެ.

ކޮލޮމްބޯގެ ރޭސްކޯސް ސްޓޭޑިއަމުގައި ކުޅުނު މި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން މި މެޗު ރާއްޖޭން ފަށާފައިވަނީ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) ބެންޗުގައި ބައިންދައިގެންނެވެ. އަދި ރާއްޖޭގެ ފުރަތަމަ އެގާރައިގައި ނާއިޒް ހަސަން (ދާދު) ހިމެނި ނަމަވެސް، މެޗަށް ތައްޔާރުވާން ކުރިއަށްގެންދިޔަ ވާމްއަޕުގައި ލިބުނު އަނިޔާއަކާ ގުޅިގެން ހަސަން ރާއިފު އަޙްމަދު (ހަންނަ) އަށް ވަނީ ފުރުސަތު ދީފައެވެ. މިއީ ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ހަންނަ ކުޅުނު ފުރަތަމަ މެޗެވެ. 

މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި ރާއްޖެއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބިފައެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ހަންނަ ބޮލުން ފޮނުވާލި ހަމަލާއެއް ސީޝެލްސްގެ ގޯލްކީޕަރު ދިފާއުކުރިއިރު، އޭގެ ތިން މިނެޓު ފަހުން އޭރިއާ ތެރެއިން ހުސެއިން ނިހާން (ނިހާޓް) ފޮނުވާލި ހަމަލާއެއް ގޯލު ރޮނގުމަތިން ސަލާމަތްކުރީ ސީޝެލްސްގެ ޑިފެންޑަރުންނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ސީޝެލްސްއިން ކުޅުން ރަނގަޅުކުރި ނަމަވެސް، މި ހާފުގެ ކުރީކޮޅު ރާއްޖޭގެ އިބްރާހީމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އަށް ވަނީ ލަނޑެއް ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ސީޝެލްސްގެ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އަދި ރިބައުންސް ބޯޅައިގައި އަސަދުﷲ އަބްދުﷲ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

އޭގެ ފަހުން ދެ ޓީމަށްވެސް މި މެޗުގައި ނުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު، މެޗުގެ 77 ވަނަ މިނެޓުގައި ސީޝެލްސްގެ ޖުނީނިއޯ މެތިއަޓަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ކުޅެން އެރި ރާއްޖޭގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ބޯޅަ ނެތިސް ސީޝެލްސް ކުޅުންތެރިއަކަށް ފައުލުކުރުމުން ސީދާ ރަތް ކާޑެއް ދައްކާފައެވެ.

ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމު މި މުބާރާތުގެ ފައިނަލަށްދާއިރު، ތާވަލުގެ އެއްވަނައަށް ސީޝެލްސް ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. ތާވަލުގެ ދެވަނައިގައި މި ވަގުތު އޮތް ބަންގްލަދޭޝަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ރާއްޖެއަށް ތިން މެޗުން ލިބުނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ލަންކާއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގެ ފައިނަލަށް ސީޝެލްސް ދަތުރުކުރިއިރު، ފައިނަލުގައި ސީޝެލްސް ވާދަކުރަން ޖެހޭނީ އަންގާރަ ދުވަހުގެރޭ ބަންގްލަދޭޝް އާއި ލަންކާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މިހާރު އޮތް ގޮތުން އެ މެޗު އެއްވަރުކޮށްލައިގެންވެސް ބަންގްލަދޭޝަށް ފައިނަލުގެ ޖާގައެއް ލިބިގެންދާނެއެވެ. އެކަމަކު ލަންކާއަށް ފައިނަލުގެ ޖާގައެއް ލިބޭނީ އެ މެޗުން ބަންގްލަދޭޝް ބަލިކޮށްގެންނެވެ.

އަންނަ ހުކުރު ދުވަހު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭއިރު، އެ މެޗުގެ ޚާއްސަ މެހެމާނަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއެވެ.

ފޯ ނޭޝަންސް ކަޕްގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު