Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤައްޒާފީގެ ދަރިކަލުން ރައީސް ކަމަށް ވާދަކުރެއްވުން

ލީބިޔާގެ ކުރީގެ ރައީސް ޤައްޒާފީގެ ދަރިކަލުން އެގައުމުގެ ރައީސްކަމަށް ވާދަކުރައްވަނީ

15 ނޮވެމްބަރު 2021 | ހޯމަ 18:06

ސައިފުލް އިސްލާމް ވެގެންދާނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ އިސް އެއް ބޭފުޅާއަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ނޮވެމްބަރު 2021 | ހޯމަ 18:06
ޤައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަލް ޤައްޒާފީ

ޤައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަލް ޤައްޒާފީ

ލީބިޔާގެ ކުރީގެ ރައީސް މުޢައްމަރުލް ޤައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަލް ޤައްޒާފީ ޑިސެމްބަރ މަހު ލީބިޔާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ފާއިތުވި ދިހަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް ސައިފުލް އިސްލާމް އާންމުންނަށް ފެނިފައިވަނީ އާދިއްތަ ދުވަހު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރަޖިސްޓްރީވެވަޑައިގަތުމުގެ ތެރޭގައި، އިލެކްޝަން ކޮމިޝަންގެ ތެރެއިންނެވެ. ދެކުނުގެ ޓައުނެއް ކަމުގައިވާ ސާބާގައި އިލެކްޝަން ސެންޓަރަށް ވަޑައިގެން އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ޑޮކިޔުމެންޓްތަކުގައި އޭނާ ވަނީ ސޮއިކުރައްވާފައެވެ.

ސައިފުލް އިސްލާމް ވެގެންދާނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެންމެ އިސް އެއް ބޭފުޅަކަށެވެ. މީގެއިތުރުން ދެން އިންތިޚާބުގައި ވާދަކުރައްވަނީ އިރުމަތީ އަސްކަރިއްޔާގެ ކޮމާންޑަރ ޚަލީފާ ހަފްތާރު، ބޮޑުވަޒީރު ޢަބްދުލްޙާމިދު އަލް ބެއިބާ، އަދި ގާނޫނު ހަދާ މަޖިލީހުގެ ރައީސް އަގުއިލާ ސަލާހްއެވެ.

2011 ވަނަ އަހަރު ޤައްޒާފީގެ ވެރިކަން ނިމުމާ ހަމައަށް ސައިފުލް އިސްލާމް ވަނީ ލީބިޔާގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ފެނިގެންގޮސްފައެވެ. ނަމަވެސް ޤައްޒާފީގެ ވެރިކަން ނިމުމަކަށް އައުމަށްފަހު ފާއިތުވި ދުވަސްތަކުގައި ސައިފުލް އިސްލާމް ފެނިފައިވަނީ ވަރަށްވެސް މަދުންނެވެ. އެންމެފަހުން ސައިފް ފެނިފައިވަނީ ވީޑިއޯއަކުންނެވެ. އެއީ ޓްރިޕޮލީގެ ކޯޓަކުން އޭނާއަށް މަރުގެ ހުކުން އިއްވުމުގެ ކުރިންނެވެ.

އެހުކުމަށްފަހުވެސް ސައިފް، ޒިންޓަން ސަރަހައްދުގެ ފަރުބަދަތައް ދޫކޮށް ގޮސްފައެއްނުވެއެވެ.

ސައިފްގެ ކެންޑިޑެންސީ ގަބޫލުކުރުމާމެދު ވެސް އަންނަނީ ސުވާލުތަކެއް އުފައްދަމުންނެވެ. އެގޮތުން ލީބިޔާގެ އަސްކަރީ ޕްރޮސެކިޔުޓަރ ވަނީ، އިލެކްޝަން ކޮމިޝަނަށް ސައިފްގެ ކެންޑިޑެންސީ ބަލައިގަތުން މަޑުޖައްސާލުމަށް އަންގާފައިކަމަށް ލީބިޔާގެ ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ލީބިޔާގައި ރިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުއެވެ. ލީބިޔާގައި އުފެދިފައިވާ އެކި ފެކްޝަންތަކުގެ މެދުގައި އިންތިޚާބުގެ ކަންކަން ކުރިޔަށްދާނެ ގޮތަކާއި، ވާދަކުރެވޭނެ މީހުން އަދިވެސް ކަނޑައަޅާފައެއްނުވެއެވެ. ހުކުރު ދުވަހު ޕެރިސްގައި ކުރިޔަށް ގެންދިޔަ ކޮންފަރެންސްގައި އެއްބަސްވެފައިވަނީ ވޯޓަށް ހުރަސް އަޅާ ކޮންމެ ބަޔަކަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. ނަމަވެސް އަދިވެސް ސަރުކާރު ހިންގާނެ ބަޔަކާއި ރައީސް ކަމަށް ވާދަކުރެވޭނެ މީހުން ކަނޑައެޅުމުގައި އެއްބަސްވުމަކާ ހަމައަށް އާދެވިފައެއްނުވެެވެ.

ލީބިޔާ

އިތުރަށް ކިޔާލަން

05 ޖޫން 2025

12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި

05 ޖޫން 2025
12 ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރާ އަމުރެއްގައި ޓްރަމްޕް ސޮއި ކުރައްވައިފި
05 އޮކްޓޯބަރު 2023

"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"

05 އޮކްޓޯބަރު 2023
"ދެބަފައިންގެ ހިލަމެއް، ނިޝާނެއް ނެތް... ދެމައިން އަދިވެސް އެތިބީ ރޯލަރޯލާ، ދިރި ތިއްބާ ފެންނާނެކަމުގެ ޢުއްމީދުގަ"
19 ސެޕްޓެމްބަރު 2023

"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"

19 ސެޕްޓެމްބަރު 2023
"ލޯ ކުރިމަތިން އަމިއްލަ މަރު ފެނި، އުމުރުދުވަހު ދުށް ހުވަފެން ވިއްސިވިހާލި ވެއްޖެ"
17 ސެޕްޓެމްބަރު 2023

ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް

17 ސެޕްޓެމްބަރު 2023
ތޫފާން "ޑެނިއަލް" ގައި މަރުވި މީހުންގެ އަދަދު 11000ށްވުރެ މައްޗަށް
16 ސެޕްޓެމްބަރު 2023

ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި

16 ސެޕްޓެމްބަރު 2023
ތޫފާން ޑެނިއަލްގައި ގިނަ އަދަދެއްގެ ބަޔަކު މަރުވީ ގޭގައި މަޑުކުރަން އެންގުމުގެ ސަބަބުންކަމަށް ކުރާ ތުހުމަތު، އޮފިޝަލުން ދޮގުކޮށްފި
16 ސެޕްޓެމްބަރު 2023

އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!

16 ސެޕްޓެމްބަރު 2023
އިޒްރޭލުގެ އުދުވާންތަކާހެދި ފަލަސްތީނުން ފޭބި އަބޫ އަމްރާގެ އާއިލާއާ ލީބިޔާއިން ބައްދަލުކުރީ މަރު!
16 ސެޕްޓެމްބަރު 2023

ލީބިޔާގައި ބިރުވެރިކަމުގެ އިންޒާރު! "އިންސާނީ ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ"

16 ސެޕްޓެމްބަރު 2023
ލީބިޔާގައި ބިރުވެރިކަމުގެ އިންޒާރު! "އިންސާނީ ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ"
14 ސެޕްޓެމްބަރު 2023

ލީބިޔާގެ ޑެރްނާގައި ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 20،000ށް އަރާނެ!

14 ސެޕްޓެމްބަރު 2023
ލީބިޔާގެ ޑެރްނާގައި ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު 20،000ށް އަރާނެ!
14 ސެޕްޓެމްބަރު 2023

ވަގުތީ ހޮސްޕިޓަލްތައް ގާއިމުކުރަން ތުރުކީން ލީބިޔާއަށް އެހީގެ ގާފިލާއެއް ފޮނުވަނީ

14 ސެޕްޓެމްބަރު 2023
ވަގުތީ ހޮސްޕިޓަލްތައް ގާއިމުކުރަން ތުރުކީން ލީބިޔާއަށް އެހީގެ ގާފިލާއެއް ފޮނުވަނީ
13 ސެޕްޓެމްބަރު 2023

ލީބިޔާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 5،000ށް ވުރެ މައްޗަށް އަރައިފި

13 ސެޕްޓެމްބަރު 2023
ލީބިޔާގައި ފެންބޮޑުވެ މަރުވި މީހުންގެ އަދަދު 5،000ށް ވުރެ މައްޗަށް އަރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް