Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ތިއާގޯ ހޯދުން

ތިއާގޯ އަލުން ބާސާއަށް ގެންދަން ޒަވީ ބޭނުންވޭ

14 ނޮވެމްބަރު 2021 | އާދީއްތަ 13:34

ޒަވީގެ އެދުމަކަށް އަލްވޭސް ވަނީ އެނބުރި ބާސާއާ ގުޅިފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 14 ނޮވެމްބަރު 2021 | އާދީއްތަ 13:34
ތިއާގޯ މީގެ ކުރިން ބާސާއަށް ކުޅުނު ދުވަސްވަރު

ތިއާގޯ މީގެ ކުރިން ބާސާއަށް ކުޅުނު ދުވަސްވަރު

މީގެ ކުރިން ބާސެލޯނާއަށް ކުޅުނު ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާ އަލުން އަނބުރާ އެ ޓީމަށް ގެންދަން ބާސާގެ އައު ކޯޗު ޒަވީ ހެނާންޑޭޒް ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދާދި ފަހުން ބާސާއިން ވަނީ ޒަވީގެ އެދުމުގެ މަތިން މީގެ ކުރިން އެ ޓީމަށް ކުޅުނު ބްރެޒިލުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސްގެ ސޮއި ހޯދާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އަލްވޭސް ގެންނަން ޒަވީ ބޭނުންވި އެންމެ ބޮޑު ސަބަބަކީ އެ ކުލަބުގެ އެންމެ ކާމިޔާބު ދުވަސްވަރު ޓީމަށް ކުޅުނު ކުޅުންތެރިއަކު އަލުން ގެނެސް، މިހާރު އޮތް ޒުވާން ސްކޮޑަށް ނަމޫނާ ދައްކާނެ ލީޑަރެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޒަވީ ދެން ބޭނުންވާ ކުޅުންތެރިއަކީ މިހާރު ލިވަޕޫލަށް ކުޅެމުން އަންނަ މިޑްފީލްޑަރު ތިއާގޯއެވެ. ބާސާއިން 2009 ވަނަ އަހަރު ސީނިއާ ކެރިއަރު ފެށި ތިއާގޯ ވަނީ 2013 ވަނަ އަހަރާ ހަމައަށް އެ ޓީމަށް ކުޅެފައެވެ. އެހެންކަމުން އުމުރުން މިހާރު 41 އަހަރުގެ ޒަވީ އާއި އުމުރުން 30 އަހަރުގެ ތިއާގޯ އަކީ މީގެ ކުރިން އެކުގައި ބާސާއަށް ކުޅުނު ދެ ކުޅުންތެރިންނެވެ.

މީގެ ކުރިން ބާސާއަށް ކުޅެދިން 101 މެޗުގައި ތިއާގޯ 11 ލަނޑު ޖަހާފައިވާއިރު، އޭނާ ވަނީ ބާސާއާއެކު 10 ތަށި ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކާމިޔާބުކުރުން ހިމެނެއެވެ.

ބާސާއަށް ކުޅުމަށްފަހު 2013 ވަނަ އަހަރު ތިއާގޯ ބަދަލުވީ ބަޔާން މިއުނިކަށެވެ. އަދި އެ ޓީމުގައި ކާމިޔާބު ހަތް ސީޒަން ހޭދަކުރުމަށްފަހު، މިދިޔަ އަހަރު ތިއާގޯ ވަނީ ލިވަޕޫލަށް ބަދަލުވެފައެވެ. އެކަމަކު ލިވަޕޫލަށް ބަދަލުވި ފަހުން ތިއާގޯއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އޭނާއަށް އެ ޓީމުގައި އެންމެ އެދެވޭ ކުޅުމެއް އަދި މިހާތަނަށް ދެއްކިފައެއް ނުވެއެވެ.

ތިއާގޯ އަލްކަންޓާރާބާސެލޯނާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް

17 ޑިސެމްބަރު 2025
ރަޝްފޯޑުގެ ލަނޑުން މޮޅުވެ، ބާސެލޯނާ ގަދަ 16 އަށް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް