Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިވިލް ސަރވިސް މުވައްޒަފުން

ސިވިލް ސަރވެންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް - ރައީސް

10 ނޮވެމްބަރު 2021 | ބުދަ 17:42

ސިވިލް ސަރވެންޓުންނަކީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮއްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން

މަޚްތޫމް
މަޚްތޫމް | 10 ނޮވެމްބަރު 2021 | ބުދަ 17:42
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ސިވިލްސަރވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެވެ.

ސިވިލް ސަރވިސް ގަވާއިދުގައިވާ މުވައްޒަފުން ސިޔާސީ މަސައްކަތްކުރާނަމަ ވަޒީފާއިން ވަކިކުރާ މައްދާ އިތުރަށް ތަފްސީލު ކުރުމާއި ގުޅިގެން އެކަމުގެ ފާޑުކިއުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވެންޓެއް ރާއްޖޭގައި ހުންނާކަށް އެދިވަޑައިނުގަންނަވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ސިޔާސީ ވަކިކަމެއްގައި ނޫޅެގެން ފިޔަވަޅު އެޅި، އެކަހެރި ކުރެވި، މަގާމުން ވަކި ކުރުމުގެ ފުރުޞަތު އޮވެގެން ނުވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ސިވިލްސަރވަންޓުންނަކީ އެމީހަކު ގަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރެވޭނެ މިނިވަނެއް ކަމަށެވެ. އެއީ ސިޔާސީ މަސައްކަތުގައި ވަކި ބަޔަކަށް ގުލާނުކޮއްދިނުން މަޖުބޫރު ސިޔާސީ ބައެއް ނޫން ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ ސިޔާސީ ކަންކަމުގައި ބައިވެރިވެގެން ވަޒީފާއިން ވަކިކުރާ ގޮތަށް ނިންމާފައިވަނީ ކުރިން ހަދާފައި އޮތް ގަވާއިދުގައި ކަމަށާއި، ނަމަވެސް ގާނޫނުގައިވާ ގޮތަށް އެއަށް ބަދަލު ގެނެސް މުވައްޒަފުންނަށް ވަޒީފާގެ ބިރުވެރިކަމެއް ނެތި އުޅެވޭނެ ގޮތަށް ގަވާއިދަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ސިޔާސީ ކަންކަމުގައި ބައިވެރިވެގެން ސިވިލް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ގާނޫނުގައި ހިމެނީ 2014  ވަނަ އަހަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.  ސިވިލްސަރވިސްގެ ގާނޫނަށް ބަދަލު ގެނެސް, އޭރު ސަރުކާރާ ދެކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދިޔައެވެ. އަދި ގަވާއިދުގައި ބުނެފައިވަނީ، އެ ގަވާއިދާ ޚިލާފަށް ސިޔާސީ ހަރަކާތެއް ހިންގުން ނުވަތަ ބައިވެރިވުން ކަމުގައި ބުނެފައިވެއެވެ.

އަދި މި ގަވާއިދުގެ ދަށުން, ސަރުކާރާ ދެކޮޅު ނުވަތަ ސަރުކާރުގެ ވެރިކަން ކުރި ޕާޓީގެ ޚިޔާލާ ތަފާތު ޚިޔާލު ގެންގުޅުނު މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ގެންދިޔައެވެ. މިއީ 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ވަނީ ހިމަނާފައެވެ.

ނަމަވެސް ނަމަވެސް އަލުން ގަވާއިދަށް އިސްލާހު ގެނެސް ގާނޫނުގައި ބުނާ ގޮތަށް އެބައި ވަނީ ތަފްސީލުކޮށްދީފައެވެ. އަލުން ގެޒެޓް ކުރި ގަވާއިދުގައި ބުނެފައިވަނީ ސިވިލް ސަރވިސް މުވައްޒަފަކު އޭނާ ރަސްމީ މަސައްކަތުގެ ގަޑީގައި, އަދި ރަސްމީ މަސައްކަތާ ގުޅުންހުރި އެހެންކަމެއްގައި އުޅެނިކޮށް ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށެވެ. ނަމަވެސް ރަސްމީ މަސައްކަތާއި ރަސްމީ މަސައްކަތާ ގުޅުންހުރި ގަޑިތައް ނޫން އެހެން ގަޑިތަކުގައި އެ މުވައްޒަފަކަށް ސިޔާސީ ޚިޔާލު ފާޅުކުރުމާއި ސިޔާސީ ކަންކަމުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި ރަސްމީކަންކަމުގައި ފިޔަވައި އެހެން ވަގުތަކު މުވައްޒަފަކު ސިޔާސީ ހަރަކާތެއްގައި އުޅެގެން ވަޒީފާއިން ވަކި ނުކުރާނެ ކަމަށެވެ.

މިހާރު ގެނެވިފައިވާ ބަދަލުތަކަކީ މުވައްޒަފުން ކުރާ ކުށްތަކަށް އިސްލާހީ ފިޔަވަޅު އެޅުމުގައި ހަރުދަނާ ކަމާއެކު، ވަކި ނިޒާމެއްގެ ތެރެއިން ފިޔަވަޅު އެޅުމާއި، މުވައްޒަފުންނަށް ވާނުވާ ނޭނގޭ ގޮތަށް ކުދި ކުދި ކުށްތަކަށްވެސް އާދައިގެ ފިޔަވަޅު ނޭޅޭނެކަން ކަށަވަރުކޮށްދީ، އިދާރާތައް އަދި އިދާރާތަކުގެ ސިވިލް ސަރވިސްގެ ވެރިން ޒިންމާދާރު ކުރުވުމުގެ ގޮތުން ގެނެވިފައިވާ މުހިންމު ބަދަލުތަކެކެވެ. އަދި މުވައްޒަފުންގެ ހައްގުތައް ކަށަވަރުކޮށްދީ، އިންސާފުން މުވައްޒަފުންނާ މެދު ޢަމަލުކުރެވޭކަން މި ގަވާއިދުން ކަށަވަރުކޮށްދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުސިވިލް ސަވިރސް ކޮމިޝަން ސިވިލް ސާވިސް މުވައްޒަފުންޖުމްހޫރީ ދުވަސް

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

4

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

5

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2026

އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް

15 ސެޕްޓެމްބަރު 2026
އޮފީހުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދޭން ސިވިލް މުވައްޒަފުން ޕީއެންސީގެ ކޮންގްރެސްގެ މަސައްކަތަށް ނެރެވޭނެ: ސީއެސްސީގެ ރައީސް
15 ސެޕްޓެމްބަރު 2026

ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި

15 ސެޕްޓެމްބަރު 2026
ޕީއެންސީގެ ކޮންގްރެސްއާ ދިމާކޮށް، މިނިސްޓްރީތަކުގެ ސިވިލް މުވައްޒަފުން ގަޑިބަހައިގެން ކޮންގްރެސްގެ މަސައްކަތަށް ނުކުންނަން މަޖުބޫރުކޮށްފި
13 އޯގަސްޓު 2026

ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ

13 އޯގަސްޓު 2026
ރާއްޖޭގެ ކޮންމެ ފަސް މީހަކުން އެކަކީ ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލުކުރާ މީހެއް، މަސައްކަތުގެ މާހައުލުގައި ދިމާވާ ތަފާތުކުރުންތައް ނައްތާލަން ޖެހޭ: ސާޖިދާ
26 ޖުލައި 2026

ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި

26 ޖުލައި 2026
ރައީސުލްޖުމްހޫރިއްޔާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑޮކްޓަރ މުޙައްމަދު ލަތީފަށް އަރުވައިފި
22 ޖުލައި 2026

އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް

22 ޖުލައި 2026
އަތޮޅު ކައުންސިލްތައް އުވާލުމަކީ ޤާނޫނުއަސާސީގެ ރޫހާ ޚިލާފަށް ކުރި ކަމެއް، އެމްޑީޕީން ކޯޓަށް ދާން ނިންމީ އެ ސަބަބާހުރެ: ނިޔާޒް
22 ޖުލައި 2026

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި

22 ޖުލައި 2026
ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޕާމަނަންޓް ސެކްރެޓަރީންގެ މުސާރަ ކުޑަކުރަން ނިންމައިފި
12 ޖުލައި 2026

މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި

12 ޖުލައި 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކުން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި، ޚާއްސަ އިނާމު ދިނުމާ ގުޅޭ އުސޫލު ގެޒެޓް ކޮށްފި
03 ޖުލައި 2026

ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި

03 ޖުލައި 2026
ސިވިލް ސާވިސް މުވައްޒަފުންނަށް ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ "ބަފާ ޓައިމް" އެއް ދީފި
16 ޖޫން 2026

އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ

16 ޖޫން 2026
އެހެން މީހެއްގެ ނަމުގައި މުސާރައަށް 1.5 މިލިއަން ރުފިޔާ ނެގި 3 މުވައްޒަޒުންގެ މައްސަލަ އޭސީސީން ބަލަނީ
13 ޖޫން 2026

މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް

13 ޖޫން 2026
މުވައްޒަފުންގެ މަަސައްކަތުގެ ފެންވަރު މަތިކުރުމުގެ ގޮތްތައް ހޯދުމަށް ދިރާސާކުރަން ޖެހޭ: ސީއެސްސީގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް