Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި ޚިޔާނާތުގެ މައްސަލަ

ސަން ކުންފުންޏަށް ކުރާ ދައުވާގެ ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަށް ގޮތެއް ނިންމުން ދެން އަންނަ އަޑުއެހުމެއްގައި

ސަން ކޮންސްޓްރަކްޝަންގެ ފަރާތުން ވަނީ 36 ހުށަހެޅުމެއް ހުށަހަޅާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2021 | ހޯމަ 06:34
ސަން ސިޔާމްގެ ސަން އިންވެސްޓްމަންޓްގެ ޝަރީއަތުގެ މީގެ ކުރީގެ އަޑުއެހުމެއްގެ ތެރެއިން

ސަން ސިޔާމްގެ ސަން އިންވެސްޓްމަންޓްގެ ޝަރީއަތުގެ މީގެ ކުރީގެ އަޑުއެހުމެއްގެ ތެރެއިން

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައިވާ ސަން އިންވެސްޓްމަންޓާއި، ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު ކުރިއަށް ގެންގޮސްފައިވަނީ އިބްތިދާއީ އަޑުއެހުމެއްގެ ގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައެވެ. އެގޮތުން ދައުލަތުން ވަނީ ދައުވާލިބޭ 2 ފަރާތާ ގުޅޭގޮތުން ވެސް އެއް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ މި މައްސަލައިގައި ހިމެނޭ މޯބައިލް ފޮރެންސިކް އަދި ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓު ހިމެނޭ ސީޑީގެ މައުލޫމާތުތައް ރައްކާތެރި ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ. އެގޮތުން އޭގައި ބައެއް މީހުންގެ ޒާތީ މައުލޫމާތުތަކާއި، މިހާރުވެސް ކުރިއަށްދާ ބައެއް ތަހުގީގުތަކާ ގުޅޭ މައުލޫމާތު ހުރިކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.

މި މައްސަަލައިގައި ސަން އިންވެސްޓްމަންޓުިގެ ފަރާތުން 37 ހުށަހެޅުމެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޕީޖީ އޮފީހުން 28 ޖޫން 2020 ގެ ދައުވާފޯމު އަލުން އިސްލާޙުކޮށް، ހުށަހެޅިއިރު އިތުރު 3 ކިތާބީ ހެއްކެއް ހިމަނާފައިވާކަން ދިފާއީ ވަކީލު ފާހަގަކުރެއްވިއެވެ. ވަކީލު ވަނީ އެ ހެކިން ބަލައިނުގަތުމަށް އެދިލައްވާފައެވެ. އަދި ދައުވާ ފޯމު އިސްލާޙުކޮށް 15 އޯގަސްޓުގައި އަލުން ހުށަހެޅީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް އެދިފައިވެއެވެ.

އޭގެ އިތުރުން، ދެވަނަ ފަހަރަށް ދައުވާ ފޯމު ހުށަހަޅައިގެން ކުރިއަށް ގެންދިޔައިރު ގަޒިއްޔާ ނަމްބަރު ބަދަލުވެފައި ނުވާ މައްސަލައާއި، މި މައްސަލައާ ގުޅިގެން 4 ފަރާތަކަށް ދައުވާކުރިއިރު، އެންމެންގެ ބައި އެއް ގަޒިއްޔާއެއްގައި ވަކިވަކިން ކުރިއަށް ގެންގޮސްފައިވާ މައްސަލަ ވެސް ދިފާއީ ވަކީލު އަލީ ޝާހު ހުށަހެޅުއްވިއެވެ.

އޭގެ އިތުރުން، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ވެސް އެދިފައިވެއެވެ. އަދި އޭގެ އިތުރުން ވެސް ބައެއް ޝަފަހީ ހެކިން ހެކީގެ ގޮތުގައި ބަލައިނުގަތުމަށް އެދިފައިވެއެވެ. އަދި މައްސަަލައާ ގުޅޭ ހުރިހާ ލިއެކިއުންތައް ނުލިބެނީސް ދައުވާލިބޭ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ނުކުރެވޭކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވެސް އެދިފައިވެއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން ވަކީލު ޝާހު ވިދާޅުވީ، ވަކި ލިއުމެއް ސިއްރު ކުރުމަށް ހުށަހެޅިދާނެކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށާއި، އެފަދަ ހެކި ހުރިނަމަ ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދެން ޖެހޭނެ ކަމަށެވެ. އަދި އެފަދަ އަމުރަކަށް ދައުލަތުން ކުރިން އެދިފައިނުވާކަން ވަކީލު ޝާހު ފާހަގަކުރެއްވިއެވެ.

ދައުވާލިބޭ ފަރާތުން ހުށަހަޅާފައިވާ 37 ނުކުތާއާ ގުޅޭގޮތުން ދައުލަތުން ވަނީ ޖަވާބުދާރީވެފައެވެ. އެގޮތުން ދައުލަތުން ދައުވާފޯމު އިސްލާހުކޮށް އަލުން ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވަނީ ޤާނޫނީ އެއްވެސް އަސާސެއް ނެތިކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ގަޒިއްޔާ ނަންބަރު ބަދަލުނުކޮށް މިހާރުވެސް ކުރިއަށްގެންދާ މައްސަލައެއްގައި ގަޒިއްޔާ ނަންބަރު ބަދަލުނުވާކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ ވެސް ޤާނޫނީ ގޮތުން އެއްވެސް ބުރަދަނެއް ނެތް ހުށަހެޅުމެއް ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. އަދި ދައުވާލިބޭ ފަރާތްތަކުގެ ބައި ކުރިއަށްދަނީ ވަކި ގަޒިއްޔާތަކެއްގެ ގޮތުގައިކަން ފާހަގަކޮށް ދައުލަތުން ވަނީ އެ ނުކުތާއަށް ޤާނޫނީ ބަހުސެއް ނެތްކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ވަކީލާ އިތުރަށް ވިދާޅުވީ، ޒިޔަތާއި އަދީބު ހެކީގެ ގޮތުގައި ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި އެއާ ގުޅުވައިގެން ހުށަހަޅާފައިވާ ސުޕްރީމް ކޯޓުގެ ގަޒިއްޔާއިން ހަގީގަތުގައި ބާރު ލިބިދެނީ ދައުލަތުގެ ނުކުތާތަކަށް ކަމަށެވެ. އަދި އެއް މުއްތަހަމު އަނެއް މުއްތަހަމާ ދެކޮޅަށް ހެކިބަސް ދިނުމަކީ ރާއްޖޭގެ ޤާނޫނުލްއުޤޫބާތު ވެސް ދަންނަ ކަމެއްކަން ވަކީލު ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް ދިފާއުން އެދިފައިވީނަމަވެސް، އެ ހެކިތައް ބަލައިނުގަތުމަށް ޤާނޫނީ އެއްވެސް ސަބަބެއް ބަޔާންކޮށްފައިނުވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދެން ކުރިއަށް ދިޔައީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިޔަރިންގ އިން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައެވެ. އެގޮތުން އެ ކުންފުނީގެ ވަކީލު ވެސް ވަނީ ދައުލަތުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްދު ދެއްވާފައެވެ. އެގޮތުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް އެދޭ ފޯމުން އެ ހުށަހެޅުން ހުށަހަޅާފައި އޮންނަންޖެހޭކަން ވަކީލު ފާހަގަކުރެއްވިއެވެ. ސަން ކޮންސްޓްރަކްޝަންގެ ފަރާތުން ވަނީ 36 ހުށަހެޅުމެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަން އިންވެސްޓްމަންޓުގެ ފަރާތުން ވެސް ހުށަހަޅާފައިވާ ހުށަހެޅުންތަކެވެ.

ސަން ކޮންސްޓްރަކްޝަން އިން ވަނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ލިއެކިއުންތައް ހަމަނުވާކަން ވެސް ފާހަގަކޮށްފައެވެ. މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޝަރީއަތުން ގޮތެއް ނިންމެވުމުގެ ބައެވެ. އަދި ދިފާއަށް ލިއެކިއުންތައް ލިބިފައިވޭތޯ ވެސް ކަށަވަރު ކުރައްވާނެކަން ގާޒީ ފާހަގަކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އިސްގާޒީ އަހުމަދު ޝަކީލެވެ.

މި މައްސަލައިގައި ސަން ކުންފުންޏަށް ދައުވާ ކޮށްފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

ކޭ ޕާކް މައްސަލަ: މަންޑޭ ކޯޓަށް ހާޒިރު ނުވުމުން ޙުކުމް ކުރުން ހޮނިހިރު ދުވަހަށް ފަސްކޮށްފި

25 ޑިސެމްބަރު 2025
ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

ޝަރުތުތަކާއެކު ޝަމްޢާން ބަންދުން ދޫކޮށްލައިފި

25 ޑިސެމްބަރު 2025
ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލައިގައި ހިމެނޭ ކުޑަ ކުއްޖެއްގެ މައްޗަށް ދައުވާ ސާބިތު ވެއްޖެ

25 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު