Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތިވެރީގައި ހިންގި ހަމަނުޖެހުން

ޖާބިރުގެ ގެސްޓްހައުސްގައި މީހަކަށް އަނިޔާކުރުން: ''ނޭފަތް ފަޅާލި، އިތުރު އެކްސްރޭއެއް ނަގަން ޖެހޭ''

5 ނޮވެމްބަރު 2021 | ހުކުރު 09:54

ހާދިސާ ހިނގުމާއެކު އެރަށުން ޖާބިރު ފޭބި

އަމްނާ އިމާދު
އަމްނާ އިމާދު | 5 ނޮވެމްބަރު 2021 | ހުކުރު 09:54
އއ. މަތިވެރި،

އއ. މަތިވެރި،

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރީގައި ހިންގަމުންދާ ކާޒާ މިއާ ގެސްޓްހައުސްއަށް ގަދަކަމުން ވައްދައި އަނިޔާކުރި މީހާގެ ބަޔާން ނަގައިފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން މަތިވެރި ކައުންސިލްގެ ރައީސް އަހުމަދު އަސްލަމް ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:30އާ 4:20 ހާއިރު ކަމަށެވެ. ގާތްގަނޑަކަށް 40 އަހަރުގެ އެ ފިރިހެން މީހާ އެ ގެސްޓްހައުސްއަށް ގަދަކަމުން ވައްދައި، ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެމީހާގެ ނޭފަތް ފަޅާލައި، ލޯމަތި ވެސް ދުޅަ ކޮށްލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޑޮކްޓަރަށް ދައްކާ ބޭސް ނަގާފައިވާ ކަމަށާއި، އިތުރު އެކްސްރޭއެއް ހެދުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އެރަށުން އެކްސްރޭ ހެދެން ނެތުމުން އިތުރު ފަރުވާއަށް މާލެއަށް ދިއުމަށް ތައްޔާރުވަމުންދާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

އަސްލަމް ވިދާޅުވީ މައުލޫމާތު ލިބޭ ގޮތުގައި އެމީހާ ގެސްޓްހައުސްއަށް ވައްދާފައިވަނީ ޖާބިރާއެކު އެރަށަށް އައިސް އުޅުނު ގުރޫޕަކުން ކަމަށެވެ. އަސްލަމް ވިދާޅުވީ އެމީހާއާ އަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާ މީހަކަށްވާތީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތު އެ ގެސްޓްހައުސްއަށް ގޮސް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ. އަނިޔާކުރީ ކޮން ކަހަލަ މައްސަލައެއްގައި ކަމެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހާއަށް އަނިޔާކުރި މައްސަލަ ފެންމަތިވުމާއެކު ޖާބިރު އެރަށުން ފޭބިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ އެކަމުގެ ޒިންމާ ޖާބިރު ނަގަން ޖެހޭ ކަމަށާއި، އެއީ ޖާބިރާއެކު އައި ބައެއް ކަމަށެވެ. ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދައި، ރަށުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، އަނިޔާ ލިބުނު މީހާގެ ބަޔާން ނަގާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މާރާމާރީ ހިންގިކަމުގެ މައްސަލައެއް ބުރާސްފަތި ދުވަހުގެ ހަވީރު 4:50 ހާއިރު ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. މި މާރާމާރީގައި މީހަކަށް އަނިޔާވި ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.

ޖާބިރުގެ ގެސްޓްހައުސްގައި މީހަކަށް އަނިޔާކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާއިރު، މަތިވެރި ކައުންސިލަށް ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ބުނެ، ސެޕްޓެންބަރު މަހުގެ 21 ވީ އަންގާރަ ދުވަހު ޖާބިރު އެ ރަށަށް އަރަން މަސައްކަތް ކުރުމުން އެ ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.

މަތިވެރިއަބްދުﷲ ޖާބިރު

އިތުރަށް ކިޔާލަން

19 އޯގަސްޓު 2025

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ
09 ޑިސެމްބަރު 2024

މިއަންނަ އަހަރު މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ: ރައީސް މުއިއްޒު

09 ޑިސެމްބަރު 2024
މިއަންނަ އަހަރު މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ: ރައީސް މުއިއްޒު
05 ފެބުރުއަރީ 2024

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

05 ފެބުރުއަރީ 2024
މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި
05 ޑިސެމްބަރު 2023

މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

05 ޑިސެމްބަރު 2023
މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް
21 ނޮވެމްބަރު 2023

ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

21 ނޮވެމްބަރު 2023
ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު
15 ސެޕްޓެމްބަރު 2023

މުއިއްޒު އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނަނީ ވޯޓު ހޯދަން، އެކަމެއް ނުކުރައްވާނެ - ޖާބިރު

15 ސެޕްޓެމްބަރު 2023
މުއިއްޒު އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނަނީ ވޯޓު ހޯދަން، އެކަމެއް ނުކުރައްވާނެ - ޖާބިރު
15 ސެޕްޓެމްބަރު 2023

"އެއްބުރުން ރައީސް ޞާލިހު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން، ދެން ރަނގަޅުވާނެ"

15 ސެޕްޓެމްބަރު 2023
"އެއްބުރުން ރައީސް ޞާލިހު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން، ދެން ރަނގަޅުވާނެ"
15 ސެޕްޓެމްބަރު 2023

"މުއިއްޒު އަކީ ޔާމީނަށް ވުރެ އަނިޔާވެރި ހީލަތްތެރި މީހެއް، މަޖިލީހުގެ ތެރެއިން ބާރުވެސް ގަންނާނެ"

15 ސެޕްޓެމްބަރު 2023
"މުއިއްޒު އަކީ ޔާމީނަށް ވުރެ އަނިޔާވެރި ހީލަތްތެރި މީހެއް، މަޖިލީހުގެ ތެރެއިން ބާރުވެސް ގަންނާނެ"
01 ޖުލައި 2023

ޔޫނިއަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އާރުބީޖީ ސްޕޯރޓްސް ކްލަބް ހޯދައިފި

01 ޖުލައި 2023
ޔޫނިއަން ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އާރުބީޖީ ސްޕޯރޓްސް ކްލަބް ހޯދައިފި
25 ޖޫން 2023

ވެރިޔަކު ދެވަނަ ދައުރަކަށް ހޮވުމަކީ އަޅުގަނޑުގެ ހުވަފެނެއް، ރައިީސް ޞާލިހު ހޮވޭނެ - ޖާބިރު

25 ޖޫން 2023
ވެރިޔަކު ދެވަނަ ދައުރަކަށް ހޮވުމަކީ އަޅުގަނޑުގެ ހުވަފެނެއް، ރައިީސް ޞާލިހު ހޮވޭނެ - ޖާބިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް