Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަތިވެރީގައި އެއާޕޯޓު އެޅުމުގެ މަޝްރޫއު

މިއަންނަ އަހަރު މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ: ރައީސް މުއިއްޒު

މަތިވެރީގައި އެއަރޕޯޓެއް ތަރައްގީކުރުމުން މި ސަރަހައްދުގެ އެހެން ރަށްތަކަށްވެސް އެކަމުގެ ފައިދާކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2024 | ހޯމަ 03:43
މަތިވެރީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މަތިވެރީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ

މިއަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއަރޕޯޓް މަޝްރޫއުތަކުގެ ތެރޭގައި މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ އާދިއްތަ ދުވަހުގެ ރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Advertisement - newsAdvertisement

ރައީސް މުއިއްޒު ވިދާޅުވީ މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިގްތިސާދީ ގޮތުން ދެކޮޅުޖެހޭ 'އެކޮނަމިކަލީ ވައިބަލް' ކަމެއް ކަމަށާއި، މިއަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއަރޕޯޓް މަޝްރޫއުތަކުގެ ތެރޭގައި މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ މަތިވެރީގައި އެއަރޕޯޓެއް ތަރައްގީކުރުމުން މި ސަރަހައްދުގެ އެހެން ރަށްތަކަށްވެސް އެކަމުގެ ފައިދާކުރާނެ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ވީއެންމެ އަވަހަކަށް ކައުންސިލާއި، ކަމާ ބެހޭ ވުޒާރާ ގުޅިގެން ރައްޔިތުންނާ މަޝްވަރާކުރުމަށްފަހު އެއަރޕޯޓުގެ ޕްލޭން ނިންމެވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ މަތިވެރީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމާއި، ރަށަށް ބޭނުންވާ ބިން އިތުރުކުރުމަށް މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއަންނަ އަހަރުގެ ވަކި ހިސާބެއްގައި އާ މިސްކިތެއް އެޅުމުގެ މަސައްކަތާއި، ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަން ފާހަގަކުރެއްވިއެވެ.

މަތިވެރީގެ ސާޅީސް އެތައް ހާސް އަކަފޫޓުގެ ބިމަކުން މިވޭތުވި އަށެއްކަ އަހަރުވެސް ރަށަށް ފައިދާއެއް ނުލިބި އޮތްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ ގާނޫނީ ހަމަތަކުގެ މަތީން މިކަމުން ނުކުމެވޭނެގޮތެއް ބައްލަވައިދެއްވުމަށް އެޓަރނީ ޖެނެރަލް އަރިހުން އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވަނީ މަތިވެރީގެ މި ބިމާމެދު މިހާރު ވެފައިވާ އެއްބަސްވުން ގާނޫނީ ހަމަތަކުގެ މަތީން ރޫޅާލާ ރަށުގެ ރައްޔިތުންނާ ބިން ހަވާލުކުރުމުގެ މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކުރިއަށްއޮތް ދެއަހަރު ގައުމުގެ ތަރައްގީގެ ކަންކަމަށް އިސްކަން ދެއްވާނެ ތަރުތީބަށް އަލިއަޅުއްވާލައްވައި ރައީސް މުއިއްޒު ވިދާޅުވީ މިއަންނަ އަހަރު އެންމެ އިސްކަމެއް ދޭނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށްކަމަށެވެ. އަދި އެއަށްފަހު ތައުލީމީ ދާއިރާ ތަރައްގީކުރުމަށް އިސްކަންދޭނެ ކަމަށާއި އެއަށްފަހު ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް އަމާޒު ހިފާނެ ކަމަށެވެ. މި ދާއިރާތަކަށްފަހު ދެން އެންމެ އިސްކަމެއް ދޭނީ ފެނާއި ނަރުދަމާގެ ކަންކަން ކުރިއަށްގެން ދިއުމަށް ކަމަށާއި، އެއަށްފަހު މަގު ހެދުމާ އަދި ދެންވެސް ހުރި އިޖުތިމާއީ ތަރައްގީގެ ކަންކަމަށް މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސް ވަނީ އއ މަތިވެރީގެ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ މަރުކަޒުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

މަތިވެރިއަށް އެމަނިކުފާނު އިތުރު ވައުދުފުޅުތަކެއް ވެވަޑައިގެންނެވިއިރު، ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި އެއްވެސް ތަރައްގީގެ މަޝްރޫއެއް އެރަށުގައި ހިންގާފައިނުވެއެވެ. އަދި މިއަންނަ އަހަރު އެންމެ އިސްކަމެއްދީގެން އަލަށް ފަށާ އެއަރޕޯޓް މަޝްރޫއުތަކުގެ ތެރޭގައި މަތިވެރީގެ އެއަރޕޯޓް އެޅުން ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ކުރީ ސަރުކާރުގައި ފަށާފައިވާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ވެސް އޮތީ ހުއްޓިފައެވެ.

މަތިވެރިރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

19 އޯގަސްޓު 2025
ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އައު ބާޒާރުތައް ހޯދައިދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

28 ޖޫން 2025
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

20 މާރިޗު 2025
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްތީގު ނުކުރުމަށް ރައީސް މުއިއްޒުގެ އަރިހުން އެދިއްޖެ

26 ފެބުރުއަރީ 2025
އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

އުންމީދުން ފުރިގެންވާ ރިޔާސީ ބަޔާން އާޚިރުގައި ވެގެން ދިޔައީ ސަޅިބައިސާ އަށް

05 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު