Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އއ.މަތިވެރި

މަތިވެރީ ގައި އެއަރޕޯޓެއް ތަރައްގީ ކުރަނީ

ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދެއަހަރާއި ބައި ތެރޭގައި ނިންމާނެ

ރާއްޖެ އެމްވީ | 19 އޯގަސްޓު 2025 | އަންގާރަ 20:32
އއ. މަތިވެރި

އއ. މަތިވެރި

އއ. މަތިވެރީގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާ މަޝްރޫއު ގައި އަންގާރަ ދުވަހުގެ ރޭ ސޮއިކޮށްފިއެވެ.

އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި މަތިވެރީގައި ތަރައްޤީކުރާ އެއާޕޯޓް ވެގެން ދާނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ފައިދާ ކުރާނެ އެއާޕޯޓަކަށް ކަމަށެވެ.

Advertisement - newsAdvertisement

އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ރަށާއި ގުޅިގެން ރަށުގެ އެކި ކަންކަމަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިންހިއްކުމާއި އެކު އެއާޕޯޓް ތަރައްޤީ ކުރުމަށް ހަމަޖަހިފައިވާ ކަމަށެވެ.

އަންގާރަ ދުވަހުގެ ރޭ އޮތް މި ބައްދަލުވުމުގައި މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމް.އޭ.ސީ.އެލް އާއެވެ.

މި މަޝްރޫއަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވީ މި އެއާޕޯޓް ވެގެންދާނީ ފުރިހަމަ އަށް ދެކޮޅުޖެހޭ ސަތޭކަ ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށެވެ. ބިންހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގެ ހުރިހާ މަސައްކަތާއި އެކު މުޅި ޕްރޮޖެކްޓް ދެއަހަރާއި ބައި ތެރޭގައި ނިންމާ އެއާޕޯޓް ހުޅުވާނެ ކަމުގެ ޔަޤީންކަން ރައީސް މުއިއްޒު މަތިވެރީ ރައްޔިތުންނަށް ދެއްވި އެވެ.

ރަށުގެ އެހެން މަޝްރޫއު ތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ސްކޫލްގެ މަޝްރޫޢު ދިރާސީ އައު އަހަރަށް ނިންމާ ބޭނުން ކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި، ޞިއްހީ މަރުކަޒުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވީ ނަމަވެސް މަސައްކަތް ހަވާކުރި ފަރާތުން އެއްކޮށް މަސައްކަތް ނިންމުމުގައި ލަސްވަމުން ދާތީ އެމަސައްކަތް އެހެން ބަޔަކާއި ޙަވާލު ކޮށްގެން މަސައްކަތް ނިންމާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން ޞިއްހީ މަރުކަޒުގެ ޖާގަ އިތުރު ކޮށްގެން މިހާރު ޚިދުމަތްދެވޭ ފެންވަރަށް ވުރެ އިތުރަށް އަޕްގްރޭޑް ކޮށްގެން، އިތުރު ޚިދުމަތް ދެވޭގޮތަށް ތަރައްޤީ ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ މައި މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވާނޭ ކަމަށާއި، ހޭންޑް ބޯލް ކޯޓެއް މިއަހަރު މަތިވެރީގައި ހެދުމަށް ތާވަލުކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މަތިވެރީ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން މަތިވެރި ކައުންސިލާ ވަނީ ހަވާކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރީ އިޚްތިސާސްގެ ތެރޭގައި ހިމަނާފައިވާ ފިނޮޅުގައި ސިޓީ ހޮޓަލެއް ކައުންސިލުން އިއުލާން ކޮށްގެން ކުރިއަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސް މުއިއްޒުއެމްއޭސީއެލްއެއަރޕޯޓްމަތިވެރި

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު