Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ޓީމު ލަންކާއަށް ފުރުން

ފޯ ނޭޝަންސް ކަޕުގައި ވާދަކުރުމަށް ގައުމީ ޓީމު ލަންކާއަށް

މުބާރާތް ކުރިއަށްދާނީ މި މަހުގެ 8-17 ވަނަ ދުވަހުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ނޮވެމްބަރު 2021 | ބުރާސްފަތި 11:30
ލަންކާއަށް ފުރި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން

ލަންކާއަށް ފުރި ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން

މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް) ގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ސްރީ ލަންކާއަށް ފުރައިފިއެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. މި މުބާރާތް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުބާރާތުގައި ވާދަކުރުމަށް ބުރާސްފަތި ދުވަހުގފެ މެންދުރުފަހުގެ ވަގުތެއްގައި ގައުމީ ޓީމު ވަނީ ލަންކާއަށް ފުރާފައެވެ.

ލަންކާ މުބާރާތާކީ ދާދި ފަހުން ގައުމީ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވި އުމުރުން 52 އަހަރުގެ ޓަލީގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯގެ ފުރަތަމަ މުބާރާތެވެ. ގައުމީ ޓީމުގެ އައު ކޯޗަކަށް މޮރިއޭރޯ ހަމަޖެއްސިއިރު، އޭނާ ވެފައިވަނީ މި އަހަރު ތެރޭގައި ގައުމީ ޓީމަށް ކޯޗުކަންކޮށްދޭ ތިންވަނަ ކޯޗަށެވެ. އެގޮތުން މީގެ ކުރިން ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ފަހުން ނިމުނު "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނެވެ.

ރާއްޖޭގެ ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިއިރު، މިއީ ގައުމީ ޓީމަކަށް މޮރިއޭރޯ އިރުޝާދުދޭނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭޝިއާގައި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ފަހަރުވެސްމެއެވެ. ލަންކާއަށް ފުރުމުގެ ކުރިން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި މޮރިއޭރޯ ބުނީ ގައުމީ ޓީމާ ހަވާލުވެ މިވީ ކުރު މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމަކު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ބަދަލުކޮށްލަން އޭނާއަކީ ޖާދޫ ހަދާ މީހެއް ނޫން ކަމަށެވެ. ނަމަވެސް މުބާރާތަށް ތައްޔާރުވާން ކުރިއަށްގެންިދޔަ ފަރިތަކުރުންތަކުގައި ޓީމުގެ ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި، އެގޮތުން ކުޅުންތެރިން 100 އިންސައްތަ ދެމުން އަންނަ ކަމަށްވެސް ބުންޏެވެ.

ލަންކާ މުބާރާތުގައި ވާދަކުރުމަށް ގައުމީ ޓީމު ފުރިއިރު، މި މުބާރާތުގައި އަނިޔާގެ ސަބަބުން ގޯލްކީޕަރު މުޙައްމަދު ފައިސަލް ނުކުޅޭނެއެވެ. އަދި އާއިލީ ކަމަކާ ގުޅިގެން މި ފަހަރުގެ ސްކޮޑުގައި ޑިފެންޑަރު މޫސާ ޔާމީން (ޔާމްބެ) ވެސް ބައިވެރިވެފައެއް ނުވެއެވެ. އެއާއެކު ގައުމީ ޓީމުގެ ސްކޮޑަށް ޒުވާން ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ އާއި މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ނަގާފައެވެ.

ލަންކާގައި ކުރިއަށްދާ ފޯ ނޭޝަންސް ކަޕުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ އަށްވަނަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ. މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.

ގައުމީ ފުޓްބޯޅަ ޓީމުފޯ ނޭޝަންސް ކަޕް

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2025

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި
11 އޮކްޓޯބަރު 2023

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!
31 އޯގަސްޓު 2023

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ
28 މެއި 2023

ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް

28 މެއި 2023
ޕެލޭ ސްޓޭޑިއަމް ހުޅުވި މެޗުން ގައުމީ ޓީމަށް މޮޅެއް
22 މެއި 2023

ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!

22 މެއި 2023
ޤައުމީ ޓީމުގެ ފިޓްނަސް ކޯޗަކަށް މުއީނާ، އަނެއްކާވެސް ތާރީޚުގެ ތެރެއަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު