Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ވޯލްޑް ޓްރެވަލް މާކެޓް ލަންޑަން

މަސައްކަތްކުރަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަތުރުވެރިކަން ކުރިއަރުވަން: ޑރ. މައުސޫމް

ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމެއް ކުރިއަރުވަން ސަރުކާރުން އެހީވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2021 | ބުރާސްފަތި 10:01
ވޯލްޑް ޓްރެވަލް މާކެޓުގެ މިނިސްޓަރުންގެ ސަމިޓުގެ ތެރެއިން

ވޯލްޑް ޓްރެވަލް މާކެޓުގެ މިނިސްޓަރުންގެ ސަމިޓުގެ ތެރެއިން

ރާއްޖެއިން މަސައްކަތްކުރަނީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަތުރުވެރިކަން ކުރިއަރުވަން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ހާމަކުރައްވައިފިއެވެ.

ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަންއާއި، ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލުން ބޭއްވި ވޯލްޑް ޓްރެވަލް މާކެޓް ލަންޑަން 2021 ގެ މިނިސްޓަރުންގެ ސަމިޓުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement - newsAdvertisement

މި ސަމިޓުގައި ބައިވެރިވެވަޑައިގެން މައިގަނޑުގޮތެއްގައި ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖެއިން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަސައްކަތްތައް ހިއްސާކުރައްވާފައިވާކަމަށެވެ. އެގޮތުން ރާއްޖެއަކީ ފެށުނީއްސުރެ ވެސް ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމެއް ހިންގަމުން އަންނަ ގައުމެއް ކަން ފާހަގަކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގައުމުތަކުގެ ފަތުރުވެރިކަން މައިގަނޑުގޮތެއްގައި ގުޅިފައި އޮންނަނީ ގުދުރަތީ ވަސީލަތްތަކަށް ކަމަށްވުމާއެކު، ރާއްޖެއިން ވެސް މި އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުން ރާއްޖޭގެ ގުދުރަތީ މާހައުލު ރައްކާތެރިކުރުމަށް މަސައްކަތްތަކެއް ކުރިއަށްގެންދަން ބޭނުންވާކަމަށެވެ. މިގޮތުން ރާއްޖޭގެ ގުދުރަތީ ނިޒާމު އިތުރަށް ފުރިހަމަކުރުމަށް މުރަކަ އާލާކުރުމުގެ މަސައްކަތްތައް ފަދަ ގިނަ ދުވަސް ނަގާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ލާމަސީލު ގައުމެއް ކަމަށާއި، މިކަން މިގޮތުގައި ކުރިއަށްގެންދަން ސަރުކާރުން މަގުދައްކާކަމަށް މިނިސްޓަރ ވަނީ މިނިސްޓަރުންގެ ސަމިޓުގައި ވިދާޅުވެފައެވެ. އެހެންކަމުން މިގޮތުން 2030 ވަނަ އަހަރުގެ ކުރިން ނެޓް ޒީރޯއަށް ވާސިލްވުމަށް ކަނޑައަޅުއްވާފައިވާކަމާއި، ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުންކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް ވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޑރ. މައުސޫމް ވިދާޅުވީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ހުރިހާ މިނިސްޓަރުން ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ފަތުރުވެރިކަން ގެންދިއުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަން ވަރަށް ބޮޑަށް ފާހަގަކުރެއްވިކަމަށެވެ.

ވޯލްޑް ޓްރެވަލް މާކެޓަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަގުވާމީ ފެންވަރުގައި ކުރިޔަށްގެންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ހަރަކާތެވެ. މިއަހަރު އެ ހަރަކާތް ކުރިޔަށްގެންދަނީ ހައިބްރިޑް ހަރަކާތެއްގޮތަށެވެ. މިގޮތުން މި ހަރަކާތުގެ އަމަލީ ބައި ކުރިޔަށްގެންދިޔައީ ނޮވެމްބަރު 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް އެކްސެލް ލަންޑަންގައެވެ. އަދި މި ހަރަކާތުގެ ވަރޗުއަލް ބައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު މުޅި ވޯލްޑް ޓްރެވަލް މާކެޓް ވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. މި އަހަރު ވޯލްޑް ޓްރެވަލް މާކެޓް ބްރޭންޑްކޮށްފައިވަނީ އަންނަން އޮތް ފަތުރުވެރިކަމުގެ ޖީލުތައް ކުރިއަރާނެގޮތަށް ވިސްނައިގެން، އާ ޚިޔާލުތަކާއި އާ ޓެކްނޮލޮޖީ އަދި ކުދިބޮޑު ހުރިހާ ކަމަކަށް ހައްލު ހޯދުމުގެ މައްޗަށެވެ.

ޑަބްލިއުޓީއެމް ލަންޑަންޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް

ކޮމެންޓް

އިތުރަށް ކިޔާލަން

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

ސަގާފަތް ތަޖުރިބާކޮށްލަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖޭގައި ފުރުސަތުތައް ފަހިކޮށްދެވިދާނެ - މިނިސްޓަރު

27 އޮކްޓޯބަރު 2023
1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

1.9 މިލިއަން ފަތުރުވެރިންގެ ޓާގެޓް ހާސިލްކުރުމުގެ އުންމީދު ބޮޑު - މިނިސްޓަރ .

26 އޮކްޓޯބަރު 2023
ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

ޑައިވިން ދާއިރާއިން މަންފާ ލިބެންޖެހޭ ވަރަށް ހާސިލް ނުވޭ: ޑރ. މައުސޫމް

26 އޮކްޓޯބަރު 2023
40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

40،000 ފޯމުން ދައްކައިދެނީ ރައީސް ޞާލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ރައްޔިތުން އިތުބާރުކުރާކަން - މައުސޫމް

25 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު