Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފޯ ނޭޝަންސް ކަޕް

އަމާޒަކީ ފޯ ނޭޝަންސް ކަޕް ކާމިޔާބުކުރުން: މޮރިއޭރޯ

މުބާރާތް ކުރިއަށްދާނީ މި މަހުގެ 8-17 ވަނަ ދުވަހުގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2021 | ބުދަ 13:08
ޖެންގައި ބޭއްވި އިވެންޓުގެ ތެރެއިން މޮރިއޭރޯ ވާހަކަ ދައްކަނީ

ޖެންގައި ބޭއްވި އިވެންޓުގެ ތެރެއިން މޮރިއޭރޯ ވާހަކަ ދައްކަނީ

މި މަހު ސްރީ ލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" އަށް ކުރިމަތިލާނީ މުބާރާތް ކާމިޔާބުކުރުމުގެ އަމާޒުގައި ކަމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދާދި ފަހުން ހަވާލުވި އިޓަލީގެ ކޯޗު ފްރެންސެސްކޯ މޮރިއޭރޯ ބުނެފިއެވެ.

ލަންކާގައި ބާއްވާ ފޯ ނޭޝަންސް ކަޕުގައި ހަތަރު ގައުމު ވާދަކުރާއިރު، އެ ގައުމުތަކަކީ ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސްއެވެ. މުބާރާތް ކުރިއަށްގެންދިޔުމަށް ނިންމާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުބާރާތާ ކުރިމަތިލާއިރު، ދާދި ފަހުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ގައުމީ ޓީމުގެ ކޯޗުގެ މަގާމަށް އުމުރުން 52 އަހަރުގެ މޮރިއޭރޯ ހަމަޖައްސާފައެވެ. މައުލޫމާތު ލިބޭ ގޮތުން މޮރިއޭރޯ ރާއްޖޭގެ ގައުމީ ޓީމާ ހަވާލުވީ އެއް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރާއްޖޭގެ ގައުމީ ޓީމާ މޮރިއޭރޯ ހަވާލުވިއިރު، މިއީ ގައުމީ ޓީމަކަށް މޮރިއޭރޯ އިރުޝާދުދޭނެ ފުރަތަމަ ފަހަރެވެ. އަދި މިއީ އޭޝިއާގައި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ފަހަރުވެސްމެއެވެ.

ގައުމީ ޓީމުގެ އައު ކޯޗަކަށް މޮރިއޭރޯ ހަމަޖެއްސިއިރު، އޭނާ ވެފައިވަނީ މި އަހަރު ތެރޭގައި ގައުމީ ޓީމަށް ކޯޗުކަންކޮށްދޭ ތިންވަނަ ކޯޗަށެވެ. އެގޮތުން މީގެ ކުރިން ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެއިން ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން ނެދަލެންޑްސްގެ މާޓިން ކޫޕްމަން ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި މި ފަހުން ނިމުނު "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގައި ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވީ އެސިސްޓަންޓް ކޯޗު އަލީ ސުޒޭނެވެ.

ލަންކާ މުބާރާތުގައި ވާދަކުރުމަށް ފުރުމުގެ ކުރިން ގައުމީ ޓީމަށް ހިތްވަރުދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ އަންގާރަ ދުވަހު ހޮޓެލް ޖެންގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މޮރިއޭރޯ ބުނީ އޭނާ ރާއްޖޭގައި ކުރާ ކޮންމެ މަސައްކަތެއްގައި 100 އިންސައްތަ ފޯކަސް އަކީ ރާއްޖޭގެ ފުޓްބޯޅަ މިހާރަށް ވުރެ މައްޗަށް ގެންދިއުން ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް މުބާރާތަށް ދާނީ އެ މުބާރާތް ކާމިޔާބުކުރުމުގެ އަމާޒުގައި ކަމަށެވެ.

އަދި ގައުމީ ޓީމާއެކު މިވީ ކުޑަ ދުވަސްކޮޅުތެރޭގައި ފެނިގެންދިޔަ މަންޒަރަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅައިގެ މާހައުލާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް މޮރިއޭރޯ ވަނީ ބުނެފައެވެ.

ލަންކާ މުބާރާތަށް ތައްޔާރުވުމަށް މޮރިއޭރޯއާއެކު ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު، އެ މުބާރާތުގައި ރާއްޖޭން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ އަށްވަނަ ދުވަހުގެރޭ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އަދި އޭގެ ފަހުން 11 ވަނަ ދުވަހު ހަވީރު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ލީގު ބުރުގެ ފަހު މެޗުގައި ސީޝެލްސްއާ ކުޅޭނީ 14 ވަނަ ދުވަހެވެ. މި މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ.

ގައުމީ ފުޓްބޯޅަ ޓީމުފްރެންސެސްކޯ މޮރިއޭރޯފޯ ނޭޝަންސް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023
ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

ސުޒޭންގެ އެހީތެރިންނަށް މުހައްމަދު އާދަމާއި ޝާކިއްޓޭ

31 އޯގަސްޓު 2023
ގައުމީ ކޯޗު މޮރިއޭރޯއާއި މުވައްޒަފުންނަށް މުސާރަ ނުދެވޭކަމަށް އެފްއޭއެމުން އެއްބަސްވެއްޖެ!

ގައުމީ ކޯޗު މޮރިއޭރޯއާއި މުވައްޒަފުންނަށް މުސާރަ ނުދެވޭކަމަށް އެފްއޭއެމުން އެއްބަސްވެއްޖެ!

18 ޖުލައި 2023
ޤައުމީ ކޯޗު މޮރިއޭރޯ އަށް ދިހަ މަސް ދުވަހުގެ މުސާރަ ނުދޭ ކަމުގެ ތުހުމަތު!

ޤައުމީ ކޯޗު މޮރިއޭރޯ އަށް ދިހަ މަސް ދުވަހުގެ މުސާރަ ނުދޭ ކަމުގެ ތުހުމަތު!

26 ޖޫން 2023

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު